Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުދިއްޖެ، ފުނޑިއްޖެ ލަވަ

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

އެމައްސަލަ ބަލާ ވަކި ގޮތެއް ކަނޑައަޅަންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ބްރޯޑްކޮމްއިން ވަނީ އެދިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 4 ފެބުރުއަރީ 2025 | އަންގާރަ 04:12
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން

"ފުދިއްޖެ، ފުނޑިއްޖެ" ޚާއްސަ ކަވަރޭޖަށް ރާއްޖެ ޓީވީން ތައްޔާރުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ރާއްޖެޓީވީއަށްް ބްރޯޑްކޮމްއިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ ރާއްޖެޓީވީން މިދިއަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ބްރޯޑްކާސްޓުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ ކޮންޓެންޓް ބެލުމަށް ފަހު މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެމައްސަލަ ބަލާ ވަކި ގޮތެއް ކަނޑައަޅަންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ބްރޮޑްކޮމްއިން ވަނީ އެދިފައެވެ.

ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް ފޮނުވި މި ލިޔުމުގައިވާ ގޮތުން މި ލަވައިގެ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ.

މި މައްސަލަ އެކޮމިޝަނަށް ދެވަނަ ދުވަހު ހުށަހެޅި ނަމަވެސް މި މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ބްރޯޑްކޮމްއިން ފޮނުވި ލިޔުމުގައި އެނގޭކަށް ނެތެވެ.

ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމް އިން ވަނީ 26 ޖެނުއަރީގައި ވެސް ރާއްޖެޓީވީ އަށް ސިޓީ އެއް ފޮނުވާފައެވެ.

"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންރައީސުލްޖުމްހޫރިއްޔާގެ އޮފީސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ރާއްޖެޓީވީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
10 ނޮވެމްބަރު 2025

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު