Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޔޫގެ ކާބޯތަކެތީގެ މައުރަޒު

އެމްއެންޔޫގެ ކާބޯތަކެތީގެ މައުރަޒު ފަށައިފި

24 މާރިޗު 2022 | ބުރާސްފަތި 14:31

މިއީ އެމްއެންޔޫއިން މިފަދަ މައުރަޒެއް ބާއްވާ ފުރަތަމަ ފަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މާރިޗު 2022 | ބުރާސްފަތި 14:31
އެމްއެންޔޫގެ ކާބޯތަކެތީގެ މައުރަޒު

އެމްއެންޔޫގެ ކާބޯތަކެތީގެ މައުރަޒު

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކާބޯތަކެތީގެ މައުރަޒު "ފަހި ސުފުރާ" ފަށައިފިއެވެ.

މި މައުރަޒު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ. މައުރަޒު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވަނީ އެކި ސްޓޯލްތައް ބައްލަވާލައްވާފައެވެ.

Advertisement - newsAdvertisement

އެމްއެންޔޫ ގެ ކާބޯތަކެތީގެ މައުރަޒު އޮންނާނީ މާރޗް 24ން 26 އަށް ޤައުމީ ޔުނިވަރސިޓީގެ އީދާރީ މަރުކަޒުގައެވެ. އަދި އެގްޒިބިޝަން ކުރިއަށްދާނީ މެންދުރު ފަހު 14:00ން ރޭގަނޑު 22:00އަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ރިސާޗް އެންޑް އެންޓަރޕްރައިޒްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝެނެލާޒް އާދަމް ވިދާޅުވީ ސްޓޯލްތައް ދޫކޮށްފައިވަނީ ހިލޭ ކަމަށެވެ. އަދި ކުދި ވިޔަފާރީތައް ކުރިއަރުވަން ބޭނުންވާ މީހުންނަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ އެމްއެންޔޫއިން މި މައުރަޒު ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު މި މައުރަޒު މެދުވެރިކޮށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މައުރަޒުގައި ވިއްކަން ހުރި ބައެއް ތަކެއްޗަށް ބަލާއިރު ދިވެހިވަންތަ ކެއުންތަކާއި އެކި ކަހަލަ ކުކީސްގެ އިތުރުން ހަވާދުގެ ބާވަތްތައް ވެސް އެބަހުއްޓެވެ.

މައިރަޒުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނީ މި މައުރަޒުގެ ސަބަބުން އެމީހުން އުފައްދާ ކާބޯތަކެތި އިޝްތިހާރު ކުރުމަށް އިތުރު ފުރުސަތެއް ހުޅުވިގެން ދިޔަ ކަމަށެވެ.

މިފަދަ ކާބޯތަކެތީގެ މައުރަޒުއެއް އެމްއެންޔޫއިން މިއަހަރު ބާއްވާފައިވާއިރު މިދިޔަ އަހަރު ވަނީ ފޮތް މައުރަޒެއް ވެސް ބާއްވާފައެވެ. އަދި ކުރިއަތް އޮތްތާނގައި ތަފާތު އެކި މައުރަޒުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެ ޔުނިވަރސިޓީ އިން މައުލޫމާތު ދީފައިވެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް