Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވައްކަމުގެ މައްސަލަ

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ވީޑިއޯ އާންމުވެގެން ދިޔުމާއެކު ގިނަ ބަޔަކު ގެންދަނީ ސާޖަންޓް މުސްއަދަށް ތައުރީފު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މާރިޗު 2022 | ބުރާސްފަތި 08:31
ސޯޝަލް މީޑިއާގައި މިފަހުން ދައުރުވި ވީޑިއޯ- ވީޑިއޯ އާންމުވެގެން ދިޔުމާއެކު ގިނަ ބަޔަކު ގެންދަނީ ސާޖަންޓް މުސްއަދަށް ތައުރީފު ކުރަމުން

ސޯޝަލް މީޑިއާގައި މިފަހުން ދައުރުވި ވީޑިއޯ- ވީޑިއޯ އާންމުވެގެން ދިޔުމާއެކު ގިނަ ބަޔަކު ގެންދަނީ ސާޖަންޓް މުސްއަދަށް ތައުރީފު ކުރަމުން

ސޯޝަލް މީޑިއާގައި މިފަހުން ދައުރުވި ވީޑިއޯއަކަށް ގިނަ ބައެއް ސަމާލުކަން ލިބިގެން ގޮސްފައިވާއިރު، އެ ވީޑިއޯއިން ފެނިގެންދަނީ ހއ ހޯރަފުށީ ސާޖަންޓް މުސްއަދު އަސްލަމް ވައްކަމުގެ ތުހުމަތުވާ މީހެއް އަތުލައިގަންނަ މަންޒަރެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްއަދަށް ފުރަތަމަ އޭނާ ފެނުނީ މާލޭތެރެ ޕެޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ހުރި ސަރަޙައްދުންނެވެ. އޭރު އެމީހާ އައީ ބިސްކޯދު ކޭހެއް ހިފައިގެންނެވެ.

އެހެންނަމަވެސް، އެމީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ސާޖަންޓް މުސްއަދު އޭނާއާ ސުވާލުކުރުމުން، އޭނާއަށް އެ ބިސްކޯދު ކޭސް ހޯދި ގޮތް ކިޔައެއް ނުދެވުނެވެ. އަދި އެހިސާބުން އޭނާ ބިސްކޯދު ކޭސް ބަހައްޓާފައި ވަގުތުން ދުއްވައިގަތީއެވެ. އެހެންނަމަވެސް، ސާޖަންޓް މުސްއަދު ދޫ ނުދީ އޭނާގެ ފަހަތުން ގޮސް، އެންމެ ފަހުން އަތުލައިގަތީއެވެ.

މިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އާއްމު މީހެއްގެ ފަހަތުން ވަރަށް ބާރަށް ދުވެފައި ސާޖަންޓް މުސްއަދު އަންނަ ތަނެވެ. ސާޖަންޓް މުސްއަދު އެމީހާއާއި އަރާ ހަމަކުރަނިކޮށް ގެއަކަށް އެމީހާ ވަދެއެވެ. ސިޑިން ވެސް ވަރަށް ބާރަށް ދުވެފައި އަރައެވެ.

އެކަމަކު ސާޖަންޓް މުސްއަދު ވެސް ހުއްޓުމެއް ނެތި ސިޑިން ދުވެފައި އަރައެވެ. ވަރުބަލިވި ނަމަވެސް ސާޖަންޓް މުސްއަދު ހުއްޓެނީ އެމީހާ އަތުލައި ގަތުމަށްފަހުއެވެ. ވައްކަން ކުރި ކަމަށް ތުހުމަތުވާ މިހާ ޓީޝާޓުގެ ގިރުވާނުގައި ހިފައި އަނެއްކާ ސިޑިން ތިރިއަށް ގެންދެއެވެ. އަދި އޭރު ދެ މީހުން ވެސް ތިބީ އިންތިހާއަށް ވަރުބަލިވެފައިކަން އެނގެއެވެ.

ވައްކަމުގެ ތުހުމަތުވާ މީހާ އަތުލައިގަންނަ ތަނުން ފުލުސް މީހާއާއި ވާހަކައެއް ދެކެވޭ ތަން ފެނެއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެވަގުތު ސާޖަންޓް މުސްއަދު ވަނީ ގަދަ ނުހަދައި ރީތިކޮށް ދިއުމަށް އޭނާ ގާތުގައި ބުނެފައެވެ. ބުނުމާއެކު އެމީހާ ވަނީ ނުކައި ހުރުމުގެ ސަބަބުން ނުހަނު ބޮޑަށް ބަނޑުހައިވެފައިވާކަމަށް ބުނެފައެވެ.

އެހިސާބުން ސާޖަންޓް ވަނީ ބަންދުގައި ހުއްޓަސް ކާން ލިބޭނެކަމަށް ބުނެފައެވެ. ބުނުމާއެކު، މައްސަލައެއް ނެތްކަމަށް ބުނެ ނުރުހުންވެފައި ހުރެ އެމީހާ އޭނާއާއެކު ދެއެވެ.

މިހާރު އޭނާގެ ބަންދަށް ވަނީ 7 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އެ މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ސާޖަންޓް މުސްއަދުގެ މަސައްކަތް ފާހަގަ ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ އޭނާއާއި ބައްދަލުކުރައްވާ ތައުރީފު ކުރައްވާފައެވެ. އަދި އޭނާއަށް ގިނަގުނަ ހިތްވަރު ދެއްވާފައިވެއެވެ.

އެ ވީޑިއޯ އާންމުވެގެން ދިޔުމާއެކު ގިނަ ބަޔަކު ގެންދަނީ ސާޖަންޓް މުސްއަދަށް ތައުރީފު ކުރަމުންނެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު