Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް: ރާއްޖެ ޓީމަށް ބަދަލެއް

24 މާރިޗު 2022 | ބުރާސްފަތި 06:46

ޔޫސުފްއަށް މުބާރާތުގައި ބައިވެރި ނުވެވެނީ އަނިޔާގެ ސަބަބުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 މާރިޗު 2022 | ބުރާސްފަތި 06:46
ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ރާއްޖޭއިން އެކުލަވާލާފައިވާ ޓީމު

ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ރާއްޖޭއިން އެކުލަވާލާފައިވާ ޓީމު

ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާ ޓީމަށް ބަދަލު ގެނެސްފިއެވެ.

މުބާރާތަށް ދިޔުމަށް ނަގާފައިވާ ޓީމުގައި މީގެ ކުރިން ހިމަނާފައިވާ ޔޫސުފް އިބްރާހީމްގެ ބަދަލުގައި މުބާރާތަށް ދާނީ މުޙައްމަދު ރަޝީދުއެވެ. މިބަދަލު ގެނައީ އަނިޔާގެ ސަބަބުން ޔޫސުފްއަށް މުބާރާތަށް ނުދެވޭތީކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.

މި ބަދަލާއެކު ރާއްޖޭގެ ޓީމުގެ ފިރިހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ނަސީރު ސްޕޯޓްސް ކްލަބްގެ ހުސައިން ފަޒީލް ހާރޫން އާއި މެރަތަން ރަނާސްގެ ދެ ދުވުންތެރިން ކަމަށްވާ އިރުފާން މުހައްމަދު އާއި މުހައްމަދު ރަޝީދުއެވެ. އަންހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ މެރަތަން ރަނާސްގެ ދެ ދުވުންތެރިން ކަމުގައިވާ އާއިޝަތު ރާނިޔާ އާއި އާއިޝަތު ރިޝްމީގެ އިތުރުން ކުޑަހުސައިން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ޢަބްދުލް ކަރީމްއެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމަށް ކޯޗުކަން ކޮށްދޭނީ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑު އޮތް ރާއްޖޭގެ ދުވުންތެރިޔާ ނަސްރުﷲ އަހުމަދުއެވެ. ރާއްޖޭގެ މެރަތަން ރަނާސްގެ ކޯޗަކީވެސް ނަސްރުއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ނާގަލެންޑުގައި މިމަހުގެ 26 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ރާއްޖެއިން އެކުލަވާލާފައިވާ ޓީމުގައި ހިމެނެނީ ތިން ފިރިހެން ބައިވެރިންނާއި ތިން އަންހެން ބައިވެރިންނެވެ.

އިންޑިއާގެ ނާގަލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފުރަތަމަ ތާވަލުކުރެވުނީ މިއަހަރުގެ ޖެނުއަރީ މަހަށެވެ. ނަމަވެސް އޮމިކްރޯން ވޭރިއެންޓާއެކު ކޮވިޑުގެ ކޭސްތައް އިތުރުވުމުން މުބާރާތް މާޗު މަހަށް ލަސްކުރީއެވެ. މިއީ ނާގަލެންޑުގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. މި މުބާރާތާއެކު އިންޑިއާގެ 56 ވަނަ ނެޝަނަލް ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްވެސް ކުރިއަށްދާނެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
27 މެއި 2023

800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި

27 މެއި 2023
800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި
11 މެއި 2023

އިންޓަރ ސްކޫލް އެތުލެޓިކްސް: 47 ސްކޫލަކުން 1500 ދަރިވަރުން ވާދަކުރާނެ

11 މެއި 2023
އިންޓަރ ސްކޫލް އެތުލެޓިކްސް: 47 ސްކޫލަކުން 1500 ދަރިވަރުން ވާދަކުރާނެ
08 އެޕްރީލު 2023

އިންޑިއާގައި މިމަހު އޮންނަ ގްރޯން ޕްރީގައި ވާދަކުރާ އެތުލެޓިކްސް ޓީމު އިއުލާންކޮށްފި

08 އެޕްރީލު 2023
އިންޑިއާގައި މިމަހު އޮންނަ ގްރޯން ޕްރީގައި ވާދަކުރާ އެތުލެޓިކްސް ޓީމު އިއުލާންކޮށްފި
05 ފެބުރުއަރީ 2023

800 އަށްވުރެ ގިނަ އެތުލެޓީނުންނާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފުވައްމުލަކު ސިޓީގައި ފަށައިފި

05 ފެބުރުއަރީ 2023
800 އަށްވުރެ ގިނަ އެތުލެޓީނުންނާއެކު އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފުވައްމުލަކު ސިޓީގައި ފަށައިފި
14 ޖެނުއަރީ 2023

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

14 ޖެނުއަރީ 2023
އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް