Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

ސާއިދަކީ މިދިޔަ ދެ އަހަރުވެސް، 100 މީޓަރުގެ ބައިން ރަން މެޑަލް ހޯދާފައިވާ އެތުލީޓް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 29 އޯގަސްޓު 2023 | އަންގާރަ 12:11
މިއަދު ކުރިޔަށް ދިޔަ ހީޓުގެ ތެރެއިން

މިއަދު ކުރިޔަށް ދިޔަ ހީޓުގެ ތެރެއިން

މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުގެ ފައިނަލުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދަށް ފުރުސަތު ގެއްލުނުއިރު، އަންހެން ފައިނަލަށް މަރިޔަމް ރޫޔާ އަލީ ދަތުރުކޮށްފިއެވެ.

ސާއިދަކީ މިދިޔަ ދެ އަހަރުވެސް، 100 މީޓަރުގެ ބައިން ރަން މެޑަލް ހޯދާފައިވާ އެތުލީޓެވެ. މިއަހަރު އޭނާއަށް ފައިނަލުން ފުރުސަތު ގެއްލުނީ އަންގާރަ ދުވަހު ކުރިޔަށްދިޔަ 100 މީޓަރު ދުވުމުގެ ހީޓުގައި އެކަށީގެންވާ ވަރުގެ ނަތީޖާއެއް ނުނެރެވުމުންނެވެ. 10.75 ސިކުންތުން ނިންމައި، ސާއިދަށް ލިބިފައިވަނީ ނުވަ ވަނައެވެ. ފައިނަލަށް ކޮލިފައި ވެފައިވަނީ ގަދަ އަށް އެތުލީޓުންނެވެ. ސާއިދުގެ އިތުރުން، ރާއްޖެއިން މި އިވެންޓުގައި ދުވެފައިވަނީ މުހައްމަދު މިންހާލް ޝާމިން އާއި އިބްރާހިމް ނާހިލް ނިޒާރުއެވެ.

ރާއްޖޭގެ ރޫޫޔާ ވަނީ ހަތަރުނައިގައި ރޭސް ނިންމައި، ފައިނަލުން ޖާގަ ހޯދާފައެވެ. އޭނާ ހީޓުގެ ހަތަރުވަނަ ހޯދާފައިވަނީ 12.45 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާގެ އިތުރުން، މި އިވެންޓުގައި ރާއްޖެއިން ވާދަކޮށްފައިވަނީ އަހުނާ ނިޒާރު އާއި މަރިޔަމް އަލްހާ ހުސައިން އެވެ.

އަންގާރަ ދުވަހު ކުރިޔަށްދިޔަ ބައެއް އިތުރު އިވެންޓުތަކަށް ބަލާއިރު، ޕެރަ އެތުލެޓިކްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުން، ފާތިމަތު އިބްރާހިމް ވަނީ ފައިނަލަށް ގޮސްފައެވެ. އޭނާ ފައިނަލަށް ދިޔައީ ވާދަކުރި ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. އަދި ޕެރަ އެތުލެޓިކްސްގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އަބްދުލް ރައްޒާގު ވާދަކުރަން އޮތް ހީޓަށް އެއް ބައިވެރިއަކު ހާޒިރުނުވުމުން ރައްޒާގަށް ފައިނަލުގެ ޖާގަ ލިބުނީ އެވެ.

މިއަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ އެތުލީޓުންވަނީ ރާއްޖޭގަ އާއި ރާއްޖެއިން ބޭރުގަ ގިނަ ފަރިތަކުރުންތަކެއް ފުރިހަމަކޮށްފައެވެ.

އައިއޯއައިޖީ 2023އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
01 ސެޕްޓެމްބަރު 2023

ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!

01 ސެޕްޓެމްބަރު 2023
ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!
30 އޯގަސްޓު 2023

އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް

30 އޯގަސްޓު 2023
އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް
30 އޯގަސްޓު 2023

ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

30 އޯގަސްޓު 2023
ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!
30 އޯގަސްޓު 2023

މޮޅުނުވެ، ވޮލީބޯޅައާއި ހޭންޑްބޯޅައަށްވެސް ގޭމްސް ނިމިއްޖެ

30 އޯގަސްޓު 2023
މޮޅުނުވެ، ވޮލީބޯޅައާއި ހޭންޑްބޯޅައަށްވެސް ގޭމްސް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު