Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް ޤައުމީ ޓީމު

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

14 ޖެނުއަރީ 2023 | ހޮނިހިރު 05:51

މި ތަމްރީނުތައް ކުރިއަށް ދާނީ މިމަހުގެ 16 ވަނަ ދުވަހުން މާޗު މަހުގެ 13 ވަނަ ދުވަހަށް އިންޑިއާގެ ބެންގަލޫރުގައި ހުރި ނެތާޖި ސުބާޝް ސްޕޯޓްސް އޮތޯރިޓީގަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2023 | ހޮނިހިރު 05:51
އެތުލީޓުންނާއެކު ބޭއްވި އިވެންޓުގެ ތެރެއިން

އެތުލީޓުންނާއެކު ބޭއްވި އިވެންޓުގެ ތެރެއިން

ތަމްރީނުތަކެއް ފުރިހަމަކުރުމަށް އަވަށްޓެރި އިންޑިއާ އަށް ފުރާ ރިލޭ ޓީމާ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފާއި، އިންޑިއާ ހައި ކޮމިޝަނަރު މުނޫ މަހާވަރު ބައްދަލު ކުރައްވައިފި އެވެ.

މި ތަމްރީނު ދަތުރަކީ މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމުގެ ގޮތުން ކުރާ ދަތުރެކެވެ. ތަމްރީނުގައި ބައިވެރިވާ ރާއްޖޭގެ 10 އެތުލީޓުންނާއެކު ވަނީ ހުކުރު ދުވަހުގެ ރޭ ސިންތެޓިކް ޓްރެކުގައި ޚާއްސަ އިވެންޓެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު މަޚްލޫފާއި، އިންޑިއާ ހައި ކޮމިޝަނަރު މުނޫ މަހާވަރުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ސަލީމް (ބޮޑުހީނާ) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ނައިބު ރައީސް އަޙުމަދު އިސްމާއީލް އާއި އެ ކޮމެޓީގެ ޖެނަރަލް ސެކްރެޓަރީ އަހުމަދު ސައީދު (ތަމޫ) އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލް ވެސް ވަނީ ބައިވެރިވެފަ އެވެ.

މި ތަމްރީނުތައް ކުރިއަށް ދާނީ މިމަހުގެ 16 ވަނަ ދުވަހުން މާޗު މަހުގެ 13 ވަނަ ދުވަހަށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ  ނެތާޖި ސުބާޝް ސްޕޯޓްސް އޮތޯރިޓީގަ އެވެ. ތަމްރީނުގައި ބައިވެރިވާ އަންހެން އެތުލީޓުންނަކީ އާމިނަތު ޖާއިޝާ ޖުނީޒް، ޒީވާ މޫސާ ޝަފީއު، ރިފާ މުހައްމަދު، މަރިޔަމް އަލްހާ ހުސެއިން އަދި އައިޝަތު ޝަބާ ސަލީމެވެ. ފިރިހެން އެތުލީޓުންނަކީ ހަސަން ސާއިދު، އަހުމަދު ނަޖުދާން އަބްދުﷲ، ހުސައިން ޒީކް ސުއާދު، ހުސައިން ރިޒާ އަދި އަބްދުއް ރަޝީދު އިސްމާއީލެވެ. މި ޓީމުގެ އޮފިޝަލުންނަކީ އަހުމަދު ފާއިލް، މަފާޒާ މުސްތަފާ އަދި ޝިފާޒް ރާޝިދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މަޚްލޫފް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާ އިން ދެމުން އަންނަ އެހީތެރިކަމާއި، އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިންޑިއާ އިން ފޯރުކޮށްދީފައިވާ 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ އުމުރާނީ ތަރައްޤީ އަށް ބޮޑު ބަދަލެއް ގެނެވިފައިވާ ކަމަށެވެ. އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވިދާޅުވީ، ތަމްރީނު ދަތުރަކީ ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމާއި، ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހިވަމުންދާ ކަމުގެ މިސާލެއް ކަމަށެވެ. މީގެ އިތުރުން މި ކޭމްޕުގެ ސަބަބުން އެތުލީޓުންގެ ހުނަރުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ފަހުން މިފަދަ ކޭމްޕެއް ހިންގާފައި ވަނީ 2019 ވަނަ އަހަރު އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްކުޅިވަރާ ބެހޭ ވުޒާރާއިންޑިއަން ހައި ކޮމިޝަންއަހުމަދު މަހުލޫފުމުނު މަހާވަރް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
03 ޑިސެމްބަރު 2025

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު
03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
26 ނޮވެމްބަރު 2025

ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

26 ނޮވެމްބަރު 2025
ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން
16 އޮކްޓޯބަރު 2025

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި
08 ސެޕްޓެމްބަރު 2025

ދައުލަތުގެ މަގާމަކަށް ދާން އެމްޑީޕީ މެމްބަރު ކަމުން މަޚްލޫފު ވަކިވެއްޖެ

08 ސެޕްޓެމްބަރު 2025
ދައުލަތުގެ މަގާމަކަށް ދާން އެމްޑީޕީ މެމްބަރު ކަމުން މަޚްލޫފު ވަކިވެއްޖެ
17 ޖުލައި 2025

ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި

17 ޖުލައި 2025
ކުރީ ސަރުކާރުން އުތީމުގައި މަސައްކަތް ފެށި ބޮޑު ފުޓުބޯޅަ ދަނޑު ނިންމައިފި
01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
09 ޑިސެމްބަރު 2024

ކުޅިވަރު ވުޒާރާ އިން ރިބަން ކެނޑި ހުރިހާ މަޝްރޫޢުތަކަކީ ކުރީގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކެއް

09 ޑިސެމްބަރު 2024
ކުޅިވަރު ވުޒާރާ އިން ރިބަން ކެނޑި ހުރިހާ މަޝްރޫޢުތަކަކީ ކުރީގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކެއް
06 ޑިސެމްބަރު 2024

ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

06 ޑިސެމްބަރު 2024
ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް