Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް

800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި

ފަސޫހާ ރޭސް ނިންމީ 2 މިނެޓު 27.92 ސިކުންތުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 27 މެއި 2023 | ހޮނިހިރު 09:23
ޒުވާން އެތުލީޓު، ފަސޫހާ

ޒުވާން އެތުލީޓު، ފަސޫހާ

ހުކުރު ދުވަހު ހަވީރު ކުރިޔަށްދިޔަ ޓައިމް ޓްރަޔަލްގައި 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފިއެވެ.

13 އަހަރު ދުވަހު އެއްވެސް މީހަކަށް މުގުރާނުލެވި އޮތް މި ރެކޯޑް މުގުރާލައި ފަސޫހާ ރޭސް ނިންމާފައިވަނީ 2 މިނެޓް 27.92 ސިކުންތުންނެވެ. މީގެ ކުރިން 800 މީޓަރުގެ ރެކޯޑު އޮތީ 2009 ވަނަ އަހަރު ޖަރުމަނުގެ ބަރލިންގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި އާއިޝަތު ރީޝާ އަތުގައެވެ. އޭނާ ރޭސް ނިންމާފައިވަނީ 2 މިނެޓު 28 ސިކުންތުންނެވެ.

ފަސޫހާ އަކީ އެތުލެޓިކްސްގައި ފިޔަޖަހަމުން އަންނަ ޒުވާން އެތުލީޓެކެވެ. 13 އަހަރު ވީއިރު މުުގުރާނުލެވި އޮތް ރެކޯޑެއް މުގުރާލެވުން ވާނީ ފަސޫހާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ދާދި ފަހުން އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެސޯސިއޭޝަނުންނާއި ހުރިހާ އެތުލީޓުންވެސް މިހާރު ތައްޔާރުވަމުންދަނީ އޮގަސްޓް މަހު މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްް (އައިއޯއައިޖީ) އާއި ސެޕްޓެމްބަރު މަހު ޗައިނާގެ ހަންޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްއަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު