Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

ހިމްނާ ރެެކޯޑް އައުކޮށްފައިވަނީ 56.24 ސިކުންތުން ރޭސް ނިންމައިގެން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 26 ޖޫން 2023 | ހޯމަ 10:59
އައިޝަތު ހިމްނާ ހަސަން

އައިޝަތު ހިމްނާ ހަސަން

އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ޖޫން މަހު ދެވަނަ ފަހަރަށް އައިޝަތު ހިމްނާ ހަަސަން އައުކޮށްފިއެވެ.

ޖޫން މަހުގެ މެދުތެރޭގައި ހިމްނާ ރެކޯޑް އައުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސް އަށް ތައްޔާރުވުމަށް ޖެމެއިކާގައި ކުރިޔަށްދިޔަ އިވެންޓެއްގައެވެ. އެ އިވެންޓުގައި ހިމްނާ ވަނީ 56.86 ސިކުންތުން ރޭސް ނިންމާފައެވެ.

ރެކޯޑް އައު ކުރިތާ ދެ ހަފްތާ ނުވަނީސް އަނެއްކާވެސް ހިމްނާ ވަނީ ރެކޯޑް އައުކޮށްފައެވެ. ހޯމަ ދުވަހު ޖަމައިކާގައި ކުރިޔަށްދިޔަ އިވެންޓެއްގައި ހިމްނާ ރެެކޯޑް އައުކޮށްފައިވަނީ 56.24 އިން ނިންމައިގެންނެވެ. މިއީ ހިމްނާ މި ރެކޯޑް އައުކުރި ތިން ވަނަ ފަހަރެވެ.

އަންހެނުންގެ 400 މީޓަރު، 200 މީޓަރު އަދި 100 މީޓަރު ދުވުމުގެ ރެކޯޑާއެކު ހިމްނާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާއެވެ. މިދިޔަ އަހަރު ބޭއްވި މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އަންހެން އެތުލީޓަކީވެސް ހިމްނާ އެވެ.

ހިމްނާ މިވަގުތު ހުރީ ސްކޮލާޝިޕްގެ ދަށުން 2024 ވަނަ އަހަރުގެ އޮލިމްޕިކްސްއަށް ތައްޔާރުވުމަށް ޖެމައިކާގައެވެ. އެއީ ޔޫތު މިނިސްޓްރީއާއި, އޮލިމްޕިކް ކޮމިޓީއާއި އެސޯސިއޭޝަން ގުޅިގެން ހޯދައިދީފައިވާ ފުރުސަތެކެވެ.

އާއިޝަތު ހިމްނާ ހަސަންއެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
27 މެއި 2023

800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި

27 މެއި 2023
800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު