Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ވިޔަފާރިވެރިޔާގެ މަރު

އައްޑޫ ވިޔަފާރިވެރިޔާގެ މަރު: ބަންދުގެ މުއްދަތު ޙުކުމުން އުނިކުރުމުން އިތުރަށް ތަންފީޒުކުރާނެ ޙުކުމެއް ނެތް

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ސޮފްވަތު ޙަބީބް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މާރިޗު 2022 | ބުރާސްފަތި 06:58
އައްޑޫ ސިޓީ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ

އައްޑޫ ސިޓީ ހިތަދޫގެ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ މަރާލި މައްސަލައިގައި ބައިވެރިވި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މުޙައްމަދު ޝިފާޒުގެ މައްޗަށެވެ. އެގޮތުން އޭނާ ދައުވާއަށް އިންކާރު ކޮށްފައިވީ ނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ހެއްކާއި ޤަރީނާއިން އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށް މައްސަލަ ބެއްލެވި ގާޒީ ބުދަ ދުވަހު ކަނޑައެޅުއްވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އޭނާ ތަހުގީގު މަރުޙަލާއިން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މުއްދަތު ޙުކުމުން އުނިކުރުމުން އިތުރަށް ތަންފީޒު ކުރަންޖެހޭ މުއްދަތެއް ނެތެވެ. ވުމާއެކު، އޭނާގެ މައްޗަށް ޙުކުމް ކުރެއްވި ދުވަހު މިވަނީ އޭނާ އަދަބު ތަންފީޒުކޮށް ނިމިފައިވާކަމަށް ކަނޑައަޅުއްވާފައެވެ. އެގޮތުން މިއީ 2 މާރޗު 2016 ގައި ހިނގި ޙާދިސާއެކެވެ.

މި މައްސަލައިގައި ޝިފާޒުގެ މައްޗަށް ދައުވާ އުފުލީ އަލީ އަބްދުﷲގެ ޤާތިލުގެ އެދުމަކަށް އޭނާ ސައިކަލުގައި އަލީ އަބްދުﷲ ގޮވައިގެން ވަކި ތަނަކަށް ގެންގޮސްދީފައިވާތީއެވެ. އެގޮތުން އަލީ އަބްދުﷲ އެ ސަރަޙައްދަށް ގެންދިޔުމުން އޭނާއަށް ބޮޑުބޭބެ ކިޔާ ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީ ވަނީ އޭނާގެ ކަރަށް ވާފަށެއް މަހާލުމަށްފަހު، ނޭވާ ހާސްކޮށްގެން މަރާލާފައެވެ. އެކަމާއި ގުޅިގެން އޭނާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށް ސާބިތުވެ، 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އެއީ 8 އޮކްޓޯބަރު 2020 ގައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ ސޮފްވަތު ޙަބީބެވެ.

އަލީ އަބްދުﷲގެ މަރު މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ސ. ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި، އެ ރަށު އައްޒާ، މުބާރިކު މުހައްމަދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2021 ވަނަ އަހަރުގެ މާރޗު މަހުގެ 28 ވަނަ ދުވަހު އެވެ.

2016 ވަނަ އަހަރު ހިނގި މި މައްސަލައާއި ގުޅޭ މައުލޫމާތު މީޑިއާތަކަށް ދެމުން އޭރު ފުލުހުން ބުނެފައިވަނީ، އަލީ އަބްދުﷲ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އެގޮތުން އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އައްްޑޫ ސިޓީކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު