Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިއްސެގެ މަރުގެ މައްސަލަ

އިއްސެގެ މަރު: ސުމޮންގެ މައްޗަށް ކުށް ސާބިތުވެއްޖެ

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މާރިޗު 2022 | ބުދަ 09:43
ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ

ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމޮން މިއާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ބުދަ ދުވަހުގެ އަޑުއެހުމުގައެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އިހަވަންދޫ އައިސް ޕްލާންޓުގެ ތެރޭގައި ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިއްސެގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ އިސްކޮށް އުޅުނުކަމުގެ ތުހުމަތު ދައުލަތުން ކޮށްފައިވަނީ ސުމޮން މިއާގެ މައްޗަށެވެ. އިއްސެ މަރާލާފައިވަނީ އޭނާ އެކޮމޮޑޭޝަން ބްލޮކްގައި ނިދާފައި އޮއްވައެވެ.

މައްސަލައިގެ ޚުލާސާ ބަޔާން:

މި މައްސަލައިގައި ދެ ފަރާތުން ޚުލާސާ ބަޔާން އިއްވާފައިވަނީ 3 މާރޗުގައެވެ.

މި މައްސަލައިގައި ސުމޮން މިއާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި އޭނާ ކުށަށް އިއުތިރާފުވިއެވެ. ނަމަވެސް އެ އިއުތިރާފުން އޭނާ ރެކުމުގެ ފުރުސަތު އޮތުމާއެކު ދައުލަތުން ވަނީ ހެކިންގެ ހެކިބަސް ނެގުމާއި، ކަން ހިނގާ ދިޔަ ގޮތް ސުމޮން މިއާގެ ފަރާތުން ކިޔާދިނުމަށް އެދިފައެވެ.

ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާ ލައްވާ މަސައްކަތް ކުރުވި ނަމަވެސް، އޭނާއަށް އޯޓީ ފައިސާ ދޭން އިއްސެ އެއްބަސް ނުވި ކަމަށާއި، ސުމޮން މިއާގެ އަންހެނުންނަށް ގުޅުމުގެ ފުރުސަތުވެސް ނުލިބޭ ކަމަށެވެ. އަދި ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރަންޖެހޭއިރު، އޭނާއަށް ޖިސްމާނީ އަނިޔާވެސް ބައެއް ފަހަރު އިއްސެގެ ފަރާތުން ލިބޭ ކަމަށެވެ. އަދި އިއްސެ މަރާލަން ނިންމީ، އޭނާގެ އަންހެނުންނަށް ގުޅުމުގެ ފުރުސަތު ނުލިބި، އޭނާ ވަރި ކުރަންޖެހޭ ހިސާބަށް ދިޔުމުންކަމަށް ޝަރީއަތުގައި ސުމޮން ވަނީ ބުނެފައެވެ.

ސުމޮން ބުނާ ގޮތުގައި އަންހެނުންނަށް ވަގުތު ނުދޭތީ އޭނާ ވަރިކުރުމަށް އަންހެނުންގެ މައިންބަފައިންވެސް ދިޔައީ އެދެމުންނެވެ.

އެހިސާބުން ސުމޮން މިއާ ފިލައިގެން ދިރިއުޅެނީ އެހެން ތަނެއްގައެވެ. އަދި އެއް ރޭ އިއްސެ ނިދާފައި އޮއްވައި ނައިލޯނު ވާގަނޑަކާއި 12 އިންޗީގެ ވަޅިއެއް ހިފައިގެން އެ ކޮޓަރިއަށް ދިޔަކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ބާލީސް ދަށަށް ވާގަނޑު ލައްވައިގެން ކަރުގައި އަޅުވަން އުޅެނިކޮށް އިއްސެއަށް ހޭލެވުމުން، ދެމީހުންގެ މެދުގައި މާރާމާރީ ހިނގައި، އޭނާއަށް ވަޅިން ޙަމަލާ ދިނީއެވެ.

އެއަށްފަހު އޭނާގެ ރައްޓެއްސެއް މެދުވެރިކޮށް ލޯންޗެއް ހަމަޖައްސައިގެން އެހެން ރަށަކަށް ދާން މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ. އަދި އަލުން އިއްސެ އޮތް ކޮޓަރިއަށް ގޮސް، އޭނާގެ ހަށިގަނޑު ދަމާފައި އެތަނުގައި ހުރި ލޮނުފެން ޓޭންކެއް ކައިރިއަށް ގެންގޮސް ބޭއްވީއެވެ. އެއަށްފަހު ކޮޓަރިތެރެއަށް ފެން ބާލިދީއެއް އަޅައި، އިއްސެގެ ދަބަހުގައި ހުރި ފައިސާ ނަގައިގެން އޭނާ ހަމަ އެވަގުތު ފުރައިގެން ދިޔައީއެވެ. ލޯންޗަށްވެސް ފައިސާ ދެއްކީ އިއްސެގެ ދަބަހުން ނެގި ލާރިންނެވެ.

އެއަށްފަހު އެ ލާރިން މާލެ އައުމަށްވެސް އޭނާ ފައިސާ ދެއްކިއެވެ. އަދި މާލެ އައުމަށް ތައްޔާރީތައް ވެފައި ހުއްޓައި، އޭނާ ހައްޔަރުކުރީއެވެ.

މި ހުރިހާ ވާހަކައެއް އޭނާ ކިޔާދީފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަން ފާހަގަކޮށް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ.

އިއްސެގެ ހަށިގަނޑު ބެލި ފުލުހުން ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި ބޮޑެތި ޒަޚަމްތައް ހުރި ކަމަށެވެ. އެގޮތުން ބުރަކައްޓާއި ކަރުގައި ބޮޑެތި ޒަޚަމްތަކެއް ހުއްޓެވެ. އޭރުވެސް ހަށިގަނޑު ދަމާފައި އައިސް ޕްލާންޓް ތެރެއަށް ވެއްދުމަށް ބޭނުންކުރި ވާގަނޑު ކަރުގައި އައްސާފައި އޮތެވެ. އަދި ޙަމަލާދިން ވަޅި ފެނުނީވެސް އައިސް ޕްލާންޓް ތެރޭގައި ހުރި އައިސް ބޮކްސެއްގެ ތެރެއިންކަމަށް މާއްދީ ހެކި ނެގި ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ޙާދިސާގެ ސީންއިން ނެގި ސާމްޕަލްތަކާއި ސުމޮން މިއާގެ ފިންގަރ ޕްރިންޓާއި ދިމާވާކަމަށް ބުނެފައެވެ.

ދައުލަތުން ބުނެފައިވަނީ މިއީ ސީދާ ސުމޮން މިއާ ކޮށްފައިވާ ކަމެއްކަމަށް ހެކިތަކާއި، ޙާދިސާއަށް ބަލާއިރު ސާފުވާކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

ހެކިބަސް ނެގުމުގެ މަރުޙަލާއަށްފަހު ސުމޮން ވަނީ އޭނާ އިއުތިރާފުވީ އޭނާއަށް ފުލުހުން އަނިޔާކުރުމުންކަމުގައި ބުނެފައެވެ. ނަމަވެސް އޭނާ ފުރަތަމަ ކުށަށް އިއުތިރާފުވީ ހދ.ކުޅުދުއްފުށީގައެވެ. އަދި އޭނާ ތުހުމަތު ކުރި ފުލުސް އޮފިސަރުންނާއި އޭނާ އާއި ދިމާވެފައިވަނީ އޭގެ ފަހުގެ މަރުޙަލާއެއްގައިކަމާއި، އޭނާއަށް އަނިޔާކޮށްފައިވާކަމަށް އެ ދުވަހާއި ހަމައަށްވެސް އެއްވެސް ވާހަކައެއް އޭނާ ދައްކާފައިނުވާކަން ދައުލަތުން ފާހަގަކުރިއެވެ.

އޭނާ ދެފަހަރެއްގެ މަތިން ޝަރީއަތުގައިވެސް އިއުތިރާފުވެފައިވާއިރު، އެ އިއުތިރާފަށް ބާރު ލިބިދޭ އެތައް ހެއްކެއް ހުރިކަންވެސް ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ޚުލާސާ ބަޔާން އިއްވި އިރުވެސް ވަނީ މި މައްސަލަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑަައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ.

ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު