Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިނާއީ މައްސަލަތައް

ހުރިހާ ދަށު ކޯޓުތަކަށްވެސް އޮންލައިންކޮށް ޖިނާއީ މައްސަލަތައް ހުށައެޅޭނެ ނިޒާމެއް ޤާއިމުކޮށްފި

މި ނިޒާމަކީ ރައްކާތެރި އަދި ފަސޭހަ ނިޒާމަކުން ލިޔެކިޔުންތައް ފޮނުވޭނެ ނިޒާމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 މާރިޗު 2022 | އަންގާރަ 07:20
ހުރިހާ ދަށު ކޯޓުތަކަށްވެސް އޮންލައިންކޮށް ޖިނާއީ މައްސަލަތައް ހުށައެޅޭނެ ނިޒާމެއް ޤާއިމުކުރުން

ހުރިހާ ދަށު ކޯޓުތަކަށްވެސް އޮންލައިންކޮށް ޖިނާއީ މައްސަލަތައް ހުށައެޅޭނެ ނިޒާމެއް ޤާއިމުކުރުން

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ ދައުވާ އުފުލުމަށް ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވޭނެ އޮންލައިން ޕްލެޓްފޯމެއް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގާއިމުކޮށްފިއެވެ.

މިނިޒާމަކީ ރައްކާތެރި އަދި ފަސޭހަ ނިޒާމަކުން ލިޔެކިޔުންތައް ފޮނުވޭނެ ގޮތް ހެދުމަށްޓަކައި ޑިވަލޮޕްކޮށްފައިވާ ސިސްޓަމެކެވެ. ޑީޖޭއޭއިން ބުނީ މި ސިސްޓަމް މެދުވެރިކޮށް ރާއްޖޭގެ 187 ރަށުގެ މެޖިސްޓްރޭޓް ކޯޓުތައް ގުޅާލާފައިވަނީ ހޯމަ ދުވަހު ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ މި ސިސްޓަމްގެ ސަބަބުން ޝަރީއަތް ހިންގުން އަވަސްވެ، އިދާރީ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.

މި ސިސްޓަމްގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތުގައި ދައުވާ އުފުލުމާއި ލިޔެކިޔުންތައް ފޮނުވުމުގައި ދިމާވާ ބައެއް އިދާރީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ސިސްޓަމް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ވެސް ބޭނުން ކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، މި ބަދަލާއެކު ހުރިހާ ދަށު ކޯޓުތަކަށްވެސް އޮންލައިންކޮށް މައްސަލަތައް ހުށައެޅޭނެ ކަމަށެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ހައިކޯޓާއެކު މި ނިޒާމު ޤާއިމުކުރުމަށްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ދާދި ފަހުން ވަނީ ފުރަތަމަ ފަހަރަށް، ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން ވަނީ ބަލައިގެންފައެވެ. މިއީ ޕީޖީ އޮފީހާއި ކޯޓުގެ ވަގުތު އެތައް ގޮތަކުން ސަލާމަތް ކުރެވޭނެ ކަމެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޑީޖޭއޭ އިން ބުނީ މި ސިސްޓަމް ބޭނުންކުރަމުންދާނީ އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރެވެންދެން ކަމަށެވެ. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ނިމުމާއެކު އިލެކްޓްރޯނިކް ފައިލިންގ ތައާރަފްވެ މައްސަލަ ހުށަހެޅުމުގެ ކަންކަން އޮޓޮމޭޓް ވެގެންދާނެއެވެ.

ކްރިމިނަލް ކޯޓްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
20 ޑިސެމްބަރު 2025

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު