Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން އެމެރިކާއަށް ސައިބަރ އެޓޭކެއް ދީފާނެކަމުގެ އިންޒާރު

ރަޝިޔާއިން އެމެރިކާއަށް ސައިބަރ އެޓޭކެއް ދޭން އުޅޭކަމުގެ އިންޓެލިޖެންސް ވަނީ ލިބިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 މާރިޗު 2022 | އަންގާރަ 01:14
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރަޝިޔާއިން އެމެރިކާއަށް ސައިބަރ އެޓޭކްތަކެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވައިފިއެވެ.

ހޯމަ ދުވަހު ބައިޑެން ދެއްވި ސްޓޭޓްމެންޓެއްގައި ވަނީ އެމެރިކާއަށް ސައިބަރ އެޓޭކެއް ދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ރަޝިޔާ ސަރުކާރުން ކުރަމުންދާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ. ބައިޑެން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުން ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މިފަދަ ސައިބަރ ހަމަލާއެއް ލިބުން އެކަށީގެންވާ ކަމަށެވެ.

އެމެރިކާގެ "ކްރިޓިކަލް އިންފްރާސްޓްރަކްޗަރ" ތައް ބަލަހައްޓަނީ އަމިއްލަ ކުންފުނިތަކުން ކަމަށްވާތީ ބައިޑެން ވަނީ އެގައުމުގެ ސައިބަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ޕާޓްނަރުންނަށް ގޮވާލައްވާފައެވެ. މި ނުރައްކާތަކުން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހޭކަންވެސް ވަނީ ފާހަގަކުރައްވާފަައެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ ސައިބަރ އެންޑް އެމާރޖިން ޓެކްނޮލޮޖީގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އޭން ނިއުބާގު ވިދާޅުވީ މިފަދަ ސައިބަރ އެޓޭކެއް މިވަގުތު އައިސްދާނެ ކަމުގެ ސިގުނަލެއް ލިބިފައިނުވާކަމަށެވެ. އެހެންނަމަވެސް ބައިޑެންގެ ސްޓޭޓްމެންޓުން ގޮވާލާފައިވަނީ މިފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިޑެންގެ ސްޓޭޓްމެންޓާއި ގުޅިގެން ސެންޓަރ ފޮރ ސްޓްރެޓެޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ސްޓްރެޓެޖިކް ޓެކްނޮލޮޖީސް ޕްރޮގްރާމުގެ ޑިރެކްޓަރު ޖޭމްސް ލުވިސް ވިދާޅުވީ މިއީ މި މިފަދަ ހަމަލާއަކަށް ސަމާލުވެ ތިބުމަށް ލިބުނު "ވޭކް-އަޕް ކޯލް"އެއް ކަމަށެވެ.

ރަޝިއާއެމެރިކާރަޝިޔާ-ޔޫކްރެއިން ހަނގުރާމަޖޯ ބައިޑަން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު