Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިޓީ ކައުންސިލްގެ އަމާޒު ބުރިޖުގެ މަސައްކަތަށް ހުރަސް އެޅުމަށް!

ޕްލޭނިންގ މިނިސްޓްރީން ބިން ބޭނުންނުވާ ކަމަށް ވިދާޅުވެ ނަރީޝް ވަނީ އިތުރުފުޅު ހައްދަވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 މާރިޗު 2022 | އަންގާރަ 01:39
މާލެ ސިޓީ ކައުންސިލްގެ މެމްބަރުން

މާލެ ސިޓީ ކައުންސިލްގެ މެމްބަރުން

ތޮއްޖެހިފައިވާ މާލެއަށް ލުއިކަމެއް އަންނާނެކަމަށް ގިނަ ބަޔަކަ ގަބޫލުކުރަނީ މާލެ ތެރޭގައި ހުރި ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތައް އާންމުން ނޫޅޭ އެހެން ހިސާބަކަށް ބަދަލުކޮށްގެންނެވެ. އަދި އެ ތަންތަން އެހެން ތަނަކަށް ބަދަލުކުރުމަކީ ތޮއްޖިހެގެން ދިރިއުޅެމުން އަންނަ މީހުންނަށް އޮތް ރައްކާތެރި މަގު ކަމުގައިވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަ ރަށެއް އޮވެއެވެ. ނަމަވެސް ކަނޑު ހުރަސްކޮށްފައި ގުދަންތަކާއި ބަރު މަސައްކަތް ކުރާ ތަންތަން ތިލަފުއްޓަށް ބަދަލު ކުރެވޭކަށް ވެސް ނެތެވެ. ކޮށްފިނަމަވެސް އެކަމުގެ ސަބަބުން އެކި ހިދުމަތާއި މުދަލުގެ އަގުތައް އުފުލިވެސް ދާނެއެވެ. އެއީ ހަރަދެއް ހިނގާ ކަމަކަށްވާތީއެވެ.

މިކަމަށް އޮތް ހައްލަކީ ވެސް މާލެއާއި ވިލިމާލެއާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަދޭ، ގްރޭޓަރ މާލެ ކަނެޓްކިޓިވީ ބްރިޖެވެ. އާންމު ނަމުން ނަމަ ތިލަ މާލެ ބުރިޖެވެ. ކޮންމެ ގޮތެއް ވިޔަސް މި މަސައްކަތް ވަކި މުއްދަތެއްގައި ކުރުމަށް ސަރުކާރުން މަސައްކަތް އެބަކުރެއެވެ. ދައުލަތުގެ ހުރިހާ އިދާރާއެއްގެ އެހީތެރިކަން ބޭނުންވެއެވެ. ނަމަވެސް މާލޭގެ ރައްޔިތުންނަށް ލުޔެއް ލިބެން އޮތް ކަމެއްގައި މާލެ ރައްޔިތުންގެ ބެލެނިވެރި ފަރާތުން ހުރަސް އަޅާފާނެ ކަމަށް ބަޔަކު ގަބޫލުވެސް ނުކޮށްފާނެއެވެ.

ނަމަވެސް ހިތާމަ ހުރި ކަމަކީ، އެ ބެލެނިވެރި ފަރާތުން ސަރުކާރުން ކުރާ ކަންކަމުގައި ހުރަސް އެޅުމުގެ ނިޔަތުގައި، ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ކަންކަން ނިންމާ ޖެއްސުން ކުރުމުގެ ރާގުގައި ކަންކަން ކުރައްވާތީއެވެ. އިދިކޮޅުގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ސަރުކާރުގެ މަސައްކަތަށް ހުރަސް އެޅި ނަމަވެސް ވެރިކަން ކުރާ މައި ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުން ވެސް ވަކި އަތަކަށް ޖެހި ސަރުކާރު ގޯސްކުރާ ހިސާބަށް ގޮސްދާނެކަމަށް އެ ކައުންސިލަރުން އިންތިހާބު ކުރި ރައްޔިތުން ގަބޫލުވެސް ނުކޮށްފާނެއެވެ.

ބުރިޖުގެ ވާހަކައަށް ޖެހިލާނަމެވެ. ނިމިގެން ދިޔަ ކައުންސިލަށް ބުރިޖަށް ވިލިމާލޭގެ ސިނާއީ ބިމުން ބައެއް ބޭނުންވާ ކަމަށް ސިޓީއެއް ޕްލޭނިންގ މިނިސްޓްރީން ފޮނުވިއެވެ. އަދި އެކަންކަން ހަމަޖައްސައި ދިނުމަށް ވެސް އެދިފައިވެއެވެ.

ބަދަލު ކުރެވުނު ސިޓީތަކުގައިވާ ވާހަކައާއި، ސިޓީ ކައުންސިލުން ސިޔާސީ ވަކި ފިކުރެއްގައި ރައްޔިތުންގެ ލާބައަށްޓަކައި ކުރާ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަންކަން ކޮންމެވެސް ވަރަކަށް ތިލަކޮށްލާނަމެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ސިނާއީ ސަރަހައްދު ބޭނުންނުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން އެންގިކަމަށް ވިދާޅުވެ, މާލެ ސިޓީ ކައުންސިލްގެ 44 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި, ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެއްދެވީ އިތުރުފުޅެކެވެ. އެކަންކަން ހާމަވާ 2 ސިޓީއެއް ޕްލޭނިންގ މިނިސްޓްރީން މީޑިއާތަކަށް ހިއްސާކޮށްފައިވެއެވެ.

ނަރީޝް ވިދާޅުވެފައިވަނީ, މާލެއާއި ވިލިމާލޭގެ "ލޭންޑް ޔޫސް ޕްލޭން" ހެދިއިރު، ވިލިމާލޭގެ ސިނާއީ ސަރަހައްދަކީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާނެ ތަނެއް ނޫންކަމަށް ޕްލޭނިންގ މިނިސްޓްރީން އެންގިކަމަށާއި، ތިލަމާލެ ބްރިޖުގެ މަސައްކަތާއި ގުޅިގެން ވިލިމާލެއިން ބޭނުންވާ ސަރަހައްދު ކަނޑައެޅުމަށްޓަކައި ޕްލޭނިންގ މިނިސްޓްރީން މީގެ 4 މަސް ކުރިން ސިޓީ ފޮނުވި ކަމަށެވެ. ސިޓީއާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ވިލިމާލެއަށް ގޮސް އެތަން ބަލައި, މިނިސްޓްރީން ބޭނުންވާ ސަރަހައްދު ކަނޑައަޅުއްވައިދެއްވި ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ނަމަވެސް ޕްލޭނިންގ މިނިސްޓްރީން ސިޓީ ކައުންސިލަށް މި މައްސަލާގައި ފޮނުވާފައިވާ 2 ސިޓީއެއް ވަނީ ލިބިފައެވެ. މީގެ ތެރެއިން 2020 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު, މާލެ ސިޓީގެ އޭރުގެ މޭޔަރު ސިފާ މުހައްމަދަށް ފޮނުވި ސިޓީގައި ބުނެފައިވަނީ, މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި، ތިލަފުށި ގުޅުވާލުމަށްޓަކައި ގާއިމުކުރާ ބުރިޖުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް އެ މިނިސްޓްރީގެ ފަރާތުން ވަމުންދާ ކަމަށެވެ. އަދި ބުރިޖު ގުޅިފަޅާއި، ވިލިމާލެއާއި ދެމެދު ގުޅުވާލުމަށް ހަމަޖެހިފައިވަނީ ވިލިމާލޭ ސިނާއީ ސަރަހައްދާ ދިމާއިން ކަމަށެވެ.

އެހެންކަމުން ވިލިމާލޭ ސިނާއީ ސަރަހައްދުން އަލަށް ބިން ދޫނުކުރުމަށާއި، މިހާތަނަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު އިތުރުކޮށްދޭނަމަ އެ މިނިސްޓްރީއާއި މަޝްވަރާކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމުމަށް އެދޭ ކަމަށް 30 ޖޫން 2020ގައި ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ސިޓީއާއި ހަވާލާދީ މި މަހުގެ 13 ވަނަ ދުވަހު މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ބުނެފައިވަނީ 30 ޖޫން 2020 ގައި ފޮނުވި ސިޓީއާއި ހަވާލާދީ، ވިލިމާލޭ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ބިންތައް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ.

އަދި އެ ސަރަހައްދުން ބިން ދޫކުރުމުގެ ކަންކަން ސިޓީ ކައުންސިލުން ކުރިއަށް ގެންދަންވާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 56-2ގެ (ބ) ގައިވާ ގޮތަށް "ލޭންޑް ޔޫސް ޕްލޭން" މިނިސްޓްރީއަށް ހުށަހަޅައިގެން އެ ޕްލޭން ފާސްވުމުންކަމަށެވެ.

ކައުންސިލް ބައްދަލުވުމުގައި ނަރީޝް ވިދާޅުވީ, ވިލިމާލެއިން ބިން ދޫކުރަން ނިންމެވީ، ލޭންޑް ޔޫސް ޕްލޭން ހަދާނިންމައި އެ އަވަށުގެ މީހުންނާއި މަޝްވަރާކުރުމަށްފަހު ކަމަށާއި، ބްރިޖުގެ މަސައްކަތަށް އެ ތަނުން ބިން ބޭނުންނުވާކަން މިނިސްޓްރީގެ ފަރާތުން ޔަގީންކުރެއްވުމަށްފަހުކަމަށެވެ. ދައުލަތުން މުސާރަ ނަންގަވައިގެން އިންނަވައި މިވަރުގެ ދޮގު ހައްދަވަން ހެޔޮވެސް ނުވާނެއެވެ. މި ދެ ސިޓީން އެކަނި ވެސް ނަރީޝް ފަދަ ތަސައްރަފު ފުދިފައި ތިއްބެވި ބޮޑެތި ފިރިހެންވެރިން ރޯމާ ދުވާލު ހައްދަވާ އިތުރުފުޅު ނިކަން ސާފެވެ.

ޕްލޭނިންގ މިނިސްޓްރީން މި ކަންކަން ހަމަޖައްސައިދިނުމަށް ވެސް ސިޓީން އެދިފައިވަނީ ސީދާ ލާމަރުކަޒީ ގާނޫނުގައި ބުނާ ފަދައިން ކައުންސިލްގައި އެދިގެންނެވެ. ގަދަބާރަކުން ނޫނެވެ. އަދި ފުލުހުންނާއި ސިފައިން ފޮނުވައިގެން ވެސް ނޫނެވެ. ސިޓީ ކައުންސިލްގައި ބޮޑު ތަޅު އަޅުވައިގެން ވެސް ނޫނެވެ. މިނިސްޓްރީއާއި މިނިސްޓްރީގައި ތިބީ ލާމަރުކަޒީ ނިޒާމަށް ތަސައްރަފު ފުދިފައި ތިބި މީހުންނެވެ.

ނަމަވެސް ސިޓީ ކައުންސިލްގައި ތިއްބެވި އެމްޑީޕީ މެންބަރުންނަށް ވެސް އޮޅުނީ ލާމަރުކަޒީ ނިޒާމެވެ. ސަރުކާރަށް ރަތްމަހަކަށް ނުގޮވާހާ ހިސާބަށް ކަންކަން ދިޔައެވެ. އިހައްދުވަހަކު ހުންނެވި މިނިސްޓްރީ މިއަދު ގޯސްވެސް ވެއްޖެއެވެ. އިހައްދުވަހަކު ދިފާއުކުރި ކަންކަން މިއަދު ހުތުރު ކަމަކަށް ވެސް ވެއްޖެއެވެ.

44 ވަނަ ބައްދަލުވުމުގައި ސައިފް ވިދާޅުވީ އަލަށް އުފެދިގެން އައި ލާމަރުކަޒީ ނިޒާމު ތަަސައްވަރުކުރާ އުސޫލަކީ ސިޓީއެއްގައި ނުވަތަ ރަށެއްގައި ކުޑަ ނުވަތަ ބޮޑު މަޝްރޫޢެއް ހިންގި ނަމަވެސް، އެ ސިޓީއެއްގައި ނުވަތަ އެ އަވަށެއްގައި ދިރިއުޅޭ އެތަނަކަށް ވޯޓު ހައްގުވާ އެތަނުގެ އަހުލުވެރިން ކުރެން ޚިޔާލު ހޯދުން ކަމަށާއި، ލޯކަލް ކައުންސިލުތައް އެކަށެއެޅިފައިވާ ސަބަބަކީ ރަށްތަކާއި ސިޓީތަކުގެ އަހުލުވެރިންގެ ވިސްނުމާއި މަޝްވަރާ އެ ސަރަޙައްދެއްގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ހޯދުން ފަސޭހަކުރުން ކަމަށެވެ.

ރަނގަޅެވެ. އެކަންކަން އޮތީ އެހެންނެވެ. ނަމަވެސް ޕާޓީތެރޭގައި ތަފާތުވާ ހިޔާލަކާއި ޕްރޮފެޝަނަލް މަސައްކަތާއި އަޅުވާ ކަންކަން ގޯސް ކުރުން އެއީ އެންމެ ޒިންމާދާރު ގޮތެއް ނޫނެވެ. ބްރިޖަށް ބިން ބޭނުންވާ ކަމުގައި ދެ ސިޓީއަކުން އެ ވާހަކަ ކައުންސިލްގައި އެދިފައިވެއެވެ. ކުރިން އޮތް ކައުންސިލާއި އެ ވާހަކަތައް ވެސް އޭރު ދެކެވުނެވެ. މަޝްވަރާ ވެސް ކުރިއެވެ. ޔައުމިއްޔާ ހުޅުވައިފިނަމަ އެ ފެންނަންވެސް ހުންނާނެއެވެ.

ބޮޑެތި މަގާމުތަކާއި ހަވާލުވާން ވާނީ ވާހަކަ ދައްކަން ކުޅަދާނަ ވެގެން ވެސް ނޫނެވެ. އެކަންކަމާއި ހަވާލުވާންވީ ޒިންމާދާރުކަމާއެކު ހިދުމަތް ކުރެވޭނެކަމުގެ ޔަގީންކަން އޮވެގެންނެވެ. ސިޓީ ކައުންސިލުން ގަސްދުގައި ކުރަމުން ގެންދަނީ ސަރުކާރުގެ ބުރިޖް މަޝްރޫއަށް ހުރަސް އެޅުމުގެ މަސައްކަތެވެ. މިއީ ސަރުކާރަށް ކުރެވޭ ޖެއްސުމެއް ވެސް ނޫނެވެ. މިއީ ސީދާ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރާ ޖެއްސުމެކެވެ.

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒުތިލަމާލެ ބްރިޖްމިނިސްޓްރީ އޮފް ހައުސިން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު