Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައުދުﷲ ހިލްމީ

ދައުލަތުގެ އިދާރާއަކަށް އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއް ފެންމަތިވެއްޖެ

ޕީއެންސީގެ އެމްޕީ ސައުދުﷲ ހިލްމީގެ ކުންފުނި މިމްސް ޕްރައިވެޓް ލިމިޓެޑް އިން އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއް ފެންމަތިވެއްޖެ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 13:22
ސައުދުﷲ ހިލްމީ

ސައުދުﷲ ހިލްމީ

ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެއް ކަމަށްވާ މިމްސް ޕްރައިވެޓް ލިމިޓެޑް އިން އޮޅުވާލައިގެން ފައިސާތަކެއް ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލައިގައި އާންމު ފަރާތަކުން ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޮނުވި ސިޓީގެ ކޮޕީއެއް ރާއްޖެ އެމްވީ އަށް ވަނީ ލިބިފައެވެ. އެ ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ނ. މަނަދޫގައި ބޭއްވި ރަސްމީ ޖަލްސާއެއްގައި ފާހަގަކުރެއްވި ގޮތުގައި އެ ރަށު ސްކޫލުުގެ އިމާރާތް ކުރުމަށް 2021 ވަނަ އަހަރު 360 ދުވަސްތެރޭގައި ނިންމުމަށް ހަވާލު ކުރި މިމްސް ޕްރައިވެޓް ލިމިޓެޑް (ސައުދުﷲ ހިލްމީ / އޯޝަން / ގދ. ތިނަދޫ) ނިމިފައިވަނީ 70 ނުވަތަ 75 އިންސައްތަ މަސައްކަތް ކަމަށެވެ. މިމްސް ކޮންސްޓްރަކްޝަން އިން އެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވަނީ 15،361،325.49 (ފަނަރަ މިލިއަން ތިންލައްކަ ފަސްދޮޅަސް އެއްހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ސާޅީސް ނުވަ ލާރި) އެވެ. އެ ޕްރޮޖެކްޓަށް ނިންމުމަށް ބޭނުންވާ އެންމެހާ ފައިސާ ވެސް އެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ކަމަށް އެ ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިމްސް ކޮންސްޓްރަކްޝަން އިން އެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވަނީ 15،361،325.49 (ފަނަރަ މިލިއަން ތިންލައްކަ ފަސްދޮޅަސް އެއްހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ސާޅީސް ނުވަ ލާރި) އެވެ.

މިކަމުން ހާމަވަނީ ދިވެހި ދައުލަތަށް ސައުދުﷲ ހިލްމީގެ ކުންފުނި މިމްސް ޕްރައިވެޓް ލިމިޓެޑް އިން އޮޅުވާލައިގެން މަކަރާއި ހީލަތުން ނުހައްގުން ފައިސާ ތަކެއް ހޯދާފައިވާ ކަން ކަމަށް އެ ސިޓީގައި ބުނެފައިވާއިރު މި މައްސަލަ އަކީ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމެއް ކަމަށާއި ސަރުކާރުގެ އިދާރާތަކަށް އޮޅުވާލުމަކީ ވަރަށްވެސް ސީރިއަސް މައްސަލައެއް ކަމުގައި ރައްޔިތުން ދެކޭކަމަށް އެ ސިޓީގައި ވެއެވެ.

މިމްސް ޕްރައިވެޓް ލިމިޓޭޑް އަކީ ސައުދުﷲ ހިލްމީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި އަދި ޝެއަރ ހޯލްޑަރުންގެ ގޮތުގައި އަނބިކަނބަލުން މިލްނާ ރަޝީދުއާއި، 2 ދަރިކަނބަލުން ކަމުގައިވާ އިމްތިނާން ސައުދުﷲ އަދި ފާތިމަތު އިމްތިސާލް ސައުދުﷲ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަން ސަރުކާރުގެ ލިޔެކިއުންތަކުން އެނގެއެވެ.

އެ ސިޓީގައި އެދިފައިވަނީ، މިމްސް ކުންފުނީގެ ނަމުގައި ސައުދުﷲ ހިލްމީ ދައުލަތުގެ އިދާރާ ތަކަށް އޮޅުވާލުމަށްޓަކައި ސައްހަނޫން ލިޔެކިއުންތައް ހުށަހަޅައި އޮޅުވާލައިގެން ނާޖާއިޒް ފައިދާ ހޯދި މައްސަލައާއި، ސައްހަނޫން ލިޔެކިއުންތައް ސަރުކާރުގެ އިދާރާތަކަށް ހުށަހެޅި މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށެވެ.

ސައުދުﷲ ހިލްމީމިމްސް ޕްރައިވެޓް ލިމިޓެޑްޑރ. މުހައްމަދު މުއިއްޒުނ. މަނަދޫމަކަރާއި ހީލަތް ހެދުން ސްކޫލް އިމާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު