Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހޯމް ސްޓޭ ޓޫރިޒަމް

މިއަހަރު ނިމުމުގެ ކުރިން 100 ރަށަކަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފްކުރަނީ

ރާއްޖެއަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ 1 ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 މާރިޗު 2022 | އަންގާރަ 01:23
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 100 ރަށަކަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭ ޓޫރިޒަމް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުއެވެ. ހޯމް ސްޓޭ ޓޫރިޒަމް ރާއްޖޭގައި ފަށާފައިވަނީ މ. ދިއްގަރުންނެވެ. އެއަށްފަހު އަދި ރާއްޖޭގައި އިތުރު ހޯމްސްޓޭއެއް ގާއިމްކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ސިޔާސަތުން 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ފަތުރުވެރިކަން ފުޅާވެގެން ދާނެ ކަމަށެވެ.

އަދި މިއަހަރުގެ ނިޔަލަށް މަދުވެގެން 100 ރަށަށް ހޯމް ސްޓޭ މޮޑެލް ތައާރަފުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަކީ އޭގެ ތެރެއިން ކަލްޗަރަލް ޓޫރިޒަމާއި، އިކޯ ޓޫރިޒަމާއި އެޑްވެންޗަރ ސްޕޯޓްސް ޓޫރިޒަމް ފަދަކަންކަންވެސް ކުރިއަރައި ދިޔުމަށް މަގުފަހިވެގެންދާ ކަމެއް ކަމަށެވެ.

މީގެއިތުރުން ޓުއަރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ބަރޯސާނުވެ ހުރިހާ ސަރަހައްދެއްގައިވެސް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އެއްވެސް ދަތިކަމެއް ނެތި ދަތުރުކުރެވޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ތަފާތުނުކޮށް، ހުރިހާ ސަރަހައްދެއްގައިވެސް ބާރު ސްޕީޑުގައި ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްހޯމް ސްޓޭ

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
30 ޖޫން 2023

ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު

30 ޖޫން 2023
ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު
29 ޖޫން 2023

ދަތުރުފަތުރުގެ ތާށިކަން ހުރި ރަށްތަކުގައި ރަށު ފަތުރުވެރިކަން ތައާރަފުކުރަން އުނދަގޫ: ޓޫރިޒަމް މިނިސްޓަރު

29 ޖޫން 2023
ދަތުރުފަތުރުގެ ތާށިކަން ހުރި ރަށްތަކުގައި ރަށު ފަތުރުވެރިކަން ތައާރަފުކުރަން އުނދަގޫ: ޓޫރިޒަމް މިނިސްޓަރު
14 ޖެނުއަރީ 2023

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް

14 ޖެނުއަރީ 2023
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް
02 އޮކްޓޯބަރު 2022

ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް

02 އޮކްޓޯބަރު 2022
ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު