Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް

14 ޖެނުއަރީ 2023 | ހޮނިހިރު 10:18

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭންގެ ފައިނަލް ޑްރާފްޓް މިހާރު ވަނީ ނިމިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖެނުއަރީ 2023 | ހޮނިހިރު 10:18
ޓޫރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗު ކުރެވޭނެ ކަމަށް, ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ, އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާސްޓަރ ޕްލޭން ލޯންޗުކުރުމަށްފަހު އޭގައި ހުރި ކަންތައްތައް ކުރެއްވުމަށް ކަމަށެވެ. އަދި ލޯންޗުކުރުމާ ހަމައަށްވެސް އޭގައި ހުރި މަހްފޫމްތަކުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއަހަރު އެންމެ މުހިންމު ކަމަކަށް މިނިސްޓްރީން ކުރައްވާނެ މަސައްކަތަކީ މީހުން ބިނާކުރުމަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭންގެ ފައިނަލް ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިފްތިތާހު ކޮށްދެއްވީ 2019 ވަނަ އަހަރުގައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ.

އޭރު ޓޫރިޒަމް މިނިސްޓްރީން ބުނީ، އަލަށް އެކުލަވާލާ ޓޫރިޒަމް މާސްޓަރ ޕްލޭނުގެ ބޭނުމަކީ، ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގައި ދިވެހި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމާއި ތަރައްގީކުރުމާއި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އަދި ދިވެހިރާއްޖޭގައި ހެދިފައި ހުރި، ޓޫރިޒަމާބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކުރުން ކަމަށެވެ. އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއި، ފަތުރުވެރިކަމުން ލިބޭ ފައިސާ ދިވެހިރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭނެ ގޮތެއް ހޯދައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ.

އޭގެއިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަންތަން، ފަތުރުވެރިކަމުގެ ތެރެއިން ދިރުވައި އާލާކުރުން ކުރެވެން ހުރި ކަންކަން ދެނެގަނެ، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ބޭނުންވާ ތަމްރީންތައް ދެނެގަތުމާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރުގައި އިޝްތިހާރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުން މި ޕްލޭންގައި ހިމެނިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނިގޮތުގައި ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގެ މައިގަނޑު މަގުސަދަކީ މަޝްވަރާއާއި ދިރާސާގެ މައްޗައް ބިނާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލް ބައްޓަންކުރަން ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމެވެ. މި ސިޔާސަތުތައް ކަނޑައެޅިގެން ދާނީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަހައްމިއްޔަތުކަން ދެމުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އެކުލަވާލި ޓޫރިޒަމްގެ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، 2013 ވަނަ އަހަރުއެވެ. އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ އަހްމަދު އަދީބެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭންމިނިސްޓްރީ އޮފް ޓުއަރިޒަމްމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް