Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން

ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު

ޓޫރިޒަމް މިހާރު ފުޅާވަމުންދާ ރޭޓުގައި އަހަރަކު 12000 މުވައްޒަފުން ބޭނުންވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖޫން 2023 | ހުކުރު 07:42
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ފުޅާވަމުންދާ މިންވަރަށް، ރާއްޖޭގެ އާބާދީ މަދުވުމުން ވަޒީފާތަކަށް ދާނެ މީހުންގެ ގޮންޖެހުން އެބަހުރި ކަމަށެވެ.

ޓޫރިޒަމް މިހާރު ފުޅާވަމުންދާ ރޭޓުގައި އަހަރަކު 12000 މުވައްޒަފުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. ބޭރު މީހުންނާއެކު މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ބޮޑަށް ރަނގަޅީ އެ ޤައުމެއްގެ ބަޔަކު މަތީ މަގާމުތަކުގައި ތިބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހިން އަދާކުރާ ހިތްވާ، ބޮޑު މުސާރަ ލިބޭ ވަޒީފާތަކަށް ދިވެހިން ގެންދިޔުމަކީ އަމާޒު ކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި އެ ދާއިރާއިން ތައުލީމީ އަދި ތަޖުރިބާ ހުރި ދިވެހިން ތަމްރީން ކުރުމަށް ހާއްސަ ޔުނިވަރސިޓީއެއް ހަދަން ނިންމާފައިވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ވައުދުފުޅެއް ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ސަފާރީތަކާއި، ރެސްޓޯރަންޓްތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓްތަކުގެ ހިންގުމުގައި ދިވެހިން ތިބެން ޖެހޭ ކަމަށާއި އަދި އެފުރުޞަތުތައް ދިވެހިންނަށް މަގުފަހިކޮށްދިނުމަށް ބޭނުންފުޅުވެލައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ބައެއް ވަޒީފާތަކަށް ދިވެހިން ނުލިބޭ ކަމަށް މީގެ ކުރިން ވެސް ރިސޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ހާއްސަކޮށް މަތީ ފަންތީގެ ބައެއް ވަޒީފާތަކަށް ކޮލިފައިޑް މީހުން ނުލިބޭކަން އެތަންތަނުން ވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިކަން މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
15 ސެޕްޓެމްބަރު 2023

މާޒީއަށް ބަލާއިރު، ޑރ.މުއިއްޒަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް ކަމެއް ކޮށްދެވޭނެ ކަމަކަށް ނުބެލެވޭ: މެމްބަރު އީސަ

15 ސެޕްޓެމްބަރު 2023
މާޒީއަށް ބަލާއިރު، ޑރ.މުއިއްޒަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް ކަމެއް ކޮށްދެވޭނެ ކަމަކަށް ނުބެލެވޭ: މެމްބަރު އީސަ
14 ސެޕްޓެމްބަރު 2023

އެހެން ގައުމުތަކާ ޖައްސާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބޭ: ފަރުހާދު

14 ސެޕްޓެމްބަރު 2023
އެހެން ގައުމުތަކާ ޖައްސާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ލިބޭ: ފަރުހާދު
14 ޖެނުއަރީ 2023

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް

14 ޖެނުއަރީ 2023
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް
02 އޮކްޓޯބަރު 2022

ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް

02 އޮކްޓޯބަރު 2022
ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް
30 ސެޕްޓެމްބަރު 2022

ޗައިނީޒް ނިއު އިޔަރ އާ ދިމާކޮށް ޗައިނާ ފަތުރުވެރިން އަންނާނެ: މިނިސްޓަރު މައުސޫމް

30 ސެޕްޓެމްބަރު 2022
ޗައިނީޒް ނިއު އިޔަރ އާ ދިމާކޮށް ޗައިނާ ފަތުރުވެރިން އަންނާނެ: މިނިސްޓަރު މައުސޫމް
29 ސެޕްޓެމްބަރު 2022

ޓޫރިޒަމް ރިކަވަރީގެ މައިގަނޑު އެއް ސަބަބަކީ ގައުމުތަކާއެކު އޮތް ގާތް ގުޅުން: މިނިސްޓަރު މައުސޫމް

29 ސެޕްޓެމްބަރު 2022
ޓޫރިޒަމް ރިކަވަރީގެ މައިގަނޑު އެއް ސަބަބަކީ ގައުމުތަކާއެކު އޮތް ގާތް ގުޅުން: މިނިސްޓަރު މައުސޫމް
29 ޖުލައި 2022

ފަތުރުވެރިކަން ފުޅާވެގެންދާނީ ހުރިހާ ފަންތިއަކާއި ގިންތިއަކަށް ފެތޭ ގޮތަށް: މިނިސްޓަރ މައުސޫމް

29 ޖުލައި 2022
ފަތުރުވެރިކަން ފުޅާވެގެންދާނީ ހުރިހާ ފަންތިއަކާއި ގިންތިއަކަށް ފެތޭ ގޮތަށް: މިނިސްޓަރ މައުސޫމް
28 ޖުލައި 2022

ރާއްޖޭގެ އިގްތިސާދު އިގްތިސާދަކަށްވީ ފަތުރުވެރިކަމުން: މައުސޫމް

28 ޖުލައި 2022
ރާއްޖޭގެ އިގްތިސާދު އިގްތިސާދަކަށްވީ ފަތުރުވެރިކަމުން: މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު