Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށު ފަތުރުވެރިކަން

ދަތުރުފަތުރުގެ ތާށިކަން ހުރި ރަށްތަކުގައި ރަށު ފަތުރުވެރިކަން ތައާރަފުކުރަން އުނދަގޫ: ޓޫރިޒަމް މިނިސްޓަރު

29 ޖޫން 2023 | ބުރާސްފަތި 14:30

އާރްޓީއެލް ފެރީގެ ނިޒާމާއި އެއަރޕޯޓްތައް ތަރައްގީވެގެން ދިޔުމާއެކު މި ކަންތައް ހައްލުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖޫން 2023 | ބުރާސްފަތި 14:30
ދިއްގަރު ހޯމް ސްޓޭ ފަތުރުވެރިން

ދިއްގަރު ހޯމް ސްޓޭ ފަތުރުވެރިން

ދަތުރުފަތުރުގެ ތާށިކަން ހުރި ރަށްތަކުގައި ރަށު ފަތުރުވެރިކަން ތައާރަފުކުރަން އުނދަގޫ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް މިނިސްޓަރު ވިދާޅުވީ، އާރްޓީއެލް ފެރީގެ ނިޒާމާއި އެއަރޕޯޓްތައް ތަރައްގީވެގެން ދިޔުމާއެކު މި ކަންތައް ހައްލުވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރަށު ފަތުރުވެރިކަން މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އޭރުން ލިބިގެންދާނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ހަނިމާދޫ އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރެވިގެން ދިޔުމުން ދަތުރުފަތުރުގެ ތާށިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.  

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމްސްޓޭ ޓުއަރިޒަމް ފެށީ މީގެ ދެ އަހަރު ކުރިންނެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގައި، ރަށު ޓޫރިޒަމް ޑެސްކުގެ ދައުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެ ރަށެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހޯމްސްޓޭތަކާއި، ފަތުރުވެރީންނަށް ކެއިންބުއިމާއި، ދަތުރުފަތުރާއި، އެކިއެކި ހަރަކާތްތައް ރާވައި ހިންގުމާއި، މިފަދަ އެހެނިހެން ޚިދުމަތްތައް އެ ރަށެއްގައި ފޯރުކޮށްދޭ ހަރަކާތްތަކާއި، ރަށަށް ފަތުރުވެރީންގެ ގޮތުގައި އައިސް ގޮސް ވާ ފަރާތްތަކުގެ އެންމެހައި ކަންކަން ރަށު ފެންވަރުގައި ބަލަހައްޓާ މަސްއޫލުވެރި ފަރާތުގެ ގޮތުގައެވެ.

ރަށު ޓޫރިޒަމް ޑެސްކުން ކަނޑައަޅާ ތަނެއްގައި ޓޫރިސްޓް އިންފޮމޭޝަން ޑެސްކް ގާއިމުކުރަންވާނެއެވެ. އަދި ޓޫރިސްޓް އިންފޮމޭޝަން ޑެސްކަކީ، ފަތުރުވެރީންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ ފަދަ ތަނެއްގައި ހުންނަ ތަނަކަށް ވެފައި، ރަށުގައި ފަތުރުވެރީން އުޅޭ ހުރިހާ ވަގުތެއްގައި ޚިދުމަތް ދޭންވާނެއެވެ. މިގޮތުން، ސީދާ ޑެސްކުގައި މީހަކު ހުރެގެން ޚިދުމަތްދޭނެ ވަގުތުތަކާއި، ވަރޗުއަލްކޮށް ޚިދުމަތްދޭނެ ވަގުތުތައް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، 24 ގަޑިއިރު ގުޅޭނެ ހޮޓްލައިނެއް އޮންނަންވާނެއެވެ.

ޓޫރިޒަމް ޑެސްކުގެ މަސައްކަތުގެ ތެރެއިން އެ ރަށެއްގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގޭ މިންވަރަކުން، މިކަމާ ގުޅުންހުރި ވަކިވަކި ދާއިރާތަކަށް ފޯކަލް ޕޮއިންޓުންގެ ގޮތުގައި މީހުން ހަމަޖެއްސިދާނެއެވެ. މި އަހަރު ނިމުމުގެ ކުރިން 100 ރަށުގައި ހޯމް ސްޓޭ ތައާރަފުކުރުމަކީ އަމާޒު ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހޯމް ސްޓޭކުރީގެ ޓޫރިޒަމް މިނިސްޓަރ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

22 މާރިޗު 2022

މިއަހަރު ނިމުމުގެ ކުރިން 100 ރަށަކަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފްކުރަނީ

22 މާރިޗު 2022
މިއަހަރު ނިމުމުގެ ކުރިން 100 ރަށަކަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފްކުރަނީ
12 ފެބުރުއަރީ 2022

ހޯމް ސްޓޭއަށް ޚާއްސަކޮށްގެން ޑެސްކެއް ގާއިމުކުރަނީ

12 ފެބުރުއަރީ 2022
ހޯމް ސްޓޭއަށް ޚާއްސަކޮށްގެން ޑެސްކެއް ގާއިމުކުރަނީ
07 ޖެނުއަރީ 2022

ހޯމްސްޓޭއާއެކު ދިވެހި ލިބާހާއި ދިއްގަރު ރިހާކުރާއި ދިވެހި އާދަކާދަތައް ދުނިޔޭގެ ލޯތަކަށް

07 ޖެނުއަރީ 2022
ހޯމްސްޓޭއާއެކު ދިވެހި ލިބާހާއި ދިއްގަރު ރިހާކުރާއި ދިވެހި އާދަކާދަތައް ދުނިޔޭގެ ލޯތަކަށް
05 ޖެނުއަރީ 2022

ހޯމް ސްޓޭއަށް ފަތުރުވެރިން އަންނަނީ އެރަށެއްގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެނގިތިބެ: ޓޫރިޒަމް މިނިސްޓްރީ

05 ޖެނުއަރީ 2022
ހޯމް ސްޓޭއަށް ފަތުރުވެރިން އަންނަނީ އެރަށެއްގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެނގިތިބެ: ޓޫރިޒަމް މިނިސްޓްރީ
04 ޖެނުއަރީ 2022

ހޯމް ސްޓޭއަކީ ދިވެހި ފަތުުރުވެރިކަމުގެ އެންމެ ދޮށީ ވައްތަރު: ޓޫރިޒަމް މިނިސްޓްރީ

04 ޖެނުއަރީ 2022
ހޯމް ސްޓޭއަކީ ދިވެހި ފަތުުރުވެރިކަމުގެ އެންމެ ދޮށީ ވައްތަރު: ޓޫރިޒަމް މިނިސްޓްރީ
02 ޖެނުއަރީ 2022

ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިޔާގެ ތަޖުރިބާ

02 ޖެނުއަރީ 2022
ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިޔާގެ ތަޖުރިބާ
02 ޖެނުއަރީ 2022

ހޯމްސްޓޭ ޓުއަރިޒަމް: ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރުވި ބޮޅެއް!

02 ޖެނުއަރީ 2022
ހޯމްސްޓޭ ޓުއަރިޒަމް: ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރުވި ބޮޅެއް!
01 ޖެނުއަރީ 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭ ޓުއަރިޒަމް ފަށައިފި

01 ޖެނުއަރީ 2022
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭ ޓުއަރިޒަމް ފަށައިފި
01 ޖެނުއަރީ 2022

ހޯމް ސްޓޭގެ ފުރަތަމަ ގެ ބިނާކުރީ މަސްވެރިކަމުން ލިބުނު ފައިސާއިން

01 ޖެނުއަރީ 2022
ހޯމް ސްޓޭގެ ފުރަތަމަ ގެ ބިނާކުރީ މަސްވެރިކަމުން ލިބުނު ފައިސާއިން
31 ޑިސެމްބަރު 2021

ރާއްޖެއިން ބޭރުގެ ފަރާތްތައް ހިއްސާވާ ވިޔަފާރިތަކަށް ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް ނުދެވޭނެ: ގަވާއިދު

31 ޑިސެމްބަރު 2021
ރާއްޖެއިން ބޭރުގެ ފަރާތްތައް ހިއްސާވާ ވިޔަފާރިތަކަށް ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދައެއް ނުދެވޭނެ: ގަވާއިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް