Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

ޓޫރިޒަމް ރިކަވަރީގެ މައިގަނޑު އެއް ސަބަބަކީ ގައުމުތަކާއެކު އޮތް ގާތް ގުޅުން: މިނިސްޓަރު މައުސޫމް

ކޮވިޑްގެ ހާލަތުގައި ފަތުރުވެރިކަމަށް ބަރޯސަވާ ގައުމުތަކަށް އޭގެ އަސަރު ކުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 03:39
ޓޫރިޒަމް މިނިސްޓަރު މައުސޫމް

ޓޫރިޒަމް މިނިސްޓަރު މައުސޫމް

ކޮވިޑް-19ގެ ހާލަތަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަނބުރާ ކޮޅަށް ޖެހުނީ ބޭރު ގައުމުތަކާއެކު ގެންގުޅުނު ގާތް ގުޅުމުގެ ސަބަބުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު މިފަދައިން ވިދާޅުވީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ގަވަރުނަރުންގެ 55 ވަނަ އަހަރީ ބޯޑް މީޓިންގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ހާލަތާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރާއި ދިމާވި ގޮންޖެހުންތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކަށް ކޮވިޑް-19 ފަދަ އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިކުރުވާ ކާރިސާތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އިގްތިސާދާއި، މީހުންގެ ދިރިއުޅުން އެންމެ ބޮޑަށް ބަރޯސާވަނީ ފަތުރުވެރިކަމަށް ކަމަށާއި، ހަމައެކަނި ފަތުރުވެރިކަން ރާއްޖޭގެ ޖީޑީޕީގެ 47 އިންސައްތަ ހިއްސާކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީގެ 46 އިންސައްތަ ހިއްސާކުރަނީ ހަމައެކަނި ފަތުރުވެރިކަމުންނެވެ.

މި ހާލަތުގައި ރާއްޖޭޭގެ ބޯޑަރު ބަންދުކޮށްފައި އޮތް މުއްދަތުގައި އެތައް ގޮންޖެހުމަކާ ކުރިމަތިވި ކަމަށާއި، އެހެންނަަމަވެސް 2020 ވަނަ އަހަރުގެ ޖުލައި 15 ގައި ބޯޑަރު ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވި ނިންމެވުމަކީ ފާހަގަކޮށްލެވޭ ނިންމެވުމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަޑުމަޑުން ފަތުރުވެރިކަން ރަނގަޅުވަމުން ގޮސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި މުއްދަތުގައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކޮށްދީފައިވާކަމަށާއި، ދުނިޔޭގެ ބާޒާރުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން 2021 ގެ ކުރީކޮޅު ރާއްޖޭގެ ފަތުރުވެރިކަން ރިކަވަރީއާ ދިމާލަށް މިސްރާބު ޖަހާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް ކަމަށެވެ. ސަރުކާރާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން ފަތުރުވެރިން އަންނަ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަން ކުރިއަރައިދިއުމަށް ގައުމުތަކާއެކު ގާތް، ވަރުގަދަ ގުޅުމެއް އޮތުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ރިކަވަރުވުމުގެ މައިގަނޑު އެއް ސަބަބަކީވެސް މިއީ ކަމަށް ވިދާޅުވިއެވެ. މި ގުޅުންތަކުގެ ސަބަބުން ކޮވިޑް-19ގެ ހާލަތުން އަރައިގަނެވި، ފަތުރުވެރިކަން ކުރިއަރައިދިއުމަށް މަގުފަހިވިއެވެ. އަދި ގުޅިގެން މިކަން ވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަންމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު