Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން ކުރިއެރުވުން

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

ކާމިޔާބު ގިނަ މަސައްކަތްތައް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2023 | ހޮނިހިރު 09:26
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެއްރަށުން އަނެއް ރަށާއި، އެއް އަތޮޅުން އަނެއް އަތޮޅާ ވާދަކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ މުޅި ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިގެންދާ ކަމަށާއި، މިހާތަނަށް ކާމިޔާބު ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގައި ރާއްޖެއަކީ ބްރޭންޑެއް ކަމަށެވެ. މި ބްރޭންޑްގެ ދަށުން ރަށްތައް ވަކިވަކިން މިދާއިރާއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށާއި، މިހާރު ވެސް އެމަންޒަރުތައް ފެންނަމުންދާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ އެންމެ މޮޅު ސިޓީ ނުވަތަ ރަށުގެ ލަގަބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މިދާއިރާގައި މަސައްކަތް ކުރާ ގާބިލް މުވައްޒަފުން ހޯދުމަށް އެކި ރަށްރަށުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވާދަވެރިކަމާއެކު އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ ބައެއް ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެރަށްރަށުގެ ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތް ކުރާ ކަމަށާއި، ބައެއް ރަށްރަށުގައި ޚާއްސަ ކޮންސެޕްޓްތައް ހަދައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ޕްރޮގްރާމްތަކެއް އެކުލަވާލައިރާވާފައިވާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގައި މިހާރު ޑޮމެސްޓިކް ޓޫރިޒަމް ވެސް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެސް ރާއްޖޭގެ ރީތިކަން ބަލައިލުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ. ރާއްޖޭގެ ރަށްތައް އެއްގޮތަަކަށް އުފެދިފައި އޮތް ނަމަވެސް ރަށްތަކަކީ ވަރަށް ތަފާތު ރަށްތަކެއް ކަމަށާއި، ކޮންމެ ރަށެއްގައި ވެސް ޚާއްސަ ކަންތައްތަކެއް ހުންނަ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަށު ފަތުރުވެރިކަމާއެކު ވެސް ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެއް ކަމަށެވެ. އަދި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމުގެ އިތުރުން ގައުމުގެ ޓެކްސް ނިޒާމަށް ވެސް އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މިދާއިރާ ކުރިއެރުވުމަށް އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު