Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާޒް

ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް

އިތުރު ފުރުސަތު ދޭނީ ތުހުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާކަން ހާމަކޮށްގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 6 ޖޫން 2017 | އަންގާރަ 11:39
ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ކޯޓަށް ވަޑައިގަންނަވަނީ

ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް ކޯޓަށް ވަޑައިގަންނަވަނީ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިއުމާ މެދު ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ގޮތެއް ނުނިމި ވަނީ ފުލުހުންގެ ފަރާތުން ބޭނުންވާ ބައެއް މައުލޫމާތު ނުލިބިގެން ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ރިޔާޒްގެ މައްސަލަ އަނބުރާ ގެންދިއުމާ މެދު ޕީޖީ އޮފީހުން އަދި ގޮތެއް ނިނިމޭ ކަމަށެވެ. އެގޮތުން ރިޔާޒް އަށް ދެ ވަނަ އަށް ފުރުސަތު ދިނުމުގެ ކުރިން ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ސާފް ކުރުމަށް ޕީޖީ އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އަދި ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ ރިޔާޒް އަށް ދެ ވަނަ ފުރުސަތު ދިނުމުގެ މައްސަލަ މިހާރު ވަނީ ކޮމެޓީގައި ކަމަށާއި ކޮމެޓީން ގޮތެއް ނިންމާނީ ފުލުހުންގެ ފަރާތުން ލިބެން ޖެހޭ ރެކޯޑް ލިބުމުން ކަމަށެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހަކީ ހުލާސާ ބަޔާން އިއްވައި އެ މައްސަލައިގައި ބޭއްވި އެންމެ ފަހު އަޑުއެހުމެވެ. ދެން އޮންނަނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

ޚުލާސާ ބަޔާން އިއްވުމަށް ފަހު ރިޔާޒްގެ ވަކީލް އަލީ ޒާހިރު ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އޮންނަ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުގައި އެދިފައި ވާނެ ކަމަށާއި އަދި އެ ފުރުސަތަށް އެދުނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށް ރިޔާޒްގެ ވަކީލް ވިދާޅުވިއެވެ. އަދި ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް ރިޔާޒް އެދިފައިވާ ކަމުގެ ފޯމް ރިޔާޒްގެ ފަރާތުން ވަނީ ޝަރީޢަތަށް ހުށަހަޅާފައެވެ.

އެހެން ކަމުން ޕީޖީ އޮފީހުން ރިޔާޒަށް އިތުރު ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމަންދެން ޙުކުމް ކުރުން މަޑުޖައްސާލަން ރިޔާޒްގެ ވަކީލުން އެދިވަޑައިގަތެވެ.

ރިޔާޒް ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް އެދިފައި ވާތީ އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޙުކުމާ ހިސާބުގައި އޮންނަ މައްސަލަތަކުގައި އިތުރު ފުރުސަތަށް އެދިއްޖެ ނަމަ އިތުރު ފުރުސަތު ދިނުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިމެންދެން ޙުކުމް ކުރުން މަޑުޖައްސާލަން ދައުލަތުން ކޯޓުގައި އެދޭނެ ކަމަށާއި ނަމަވެސް ޙުކުމް ކުރުން މަޑުޖައްސާލަން ކޯޓުން ދެކޮޅު ހަދައިފި ނަމަ އެ މައްސަލައެއް ވަގުތީ ގޮތުން އަނބުރާ ގެންދާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ އިތުރު ފުރުސަތު ދޭނީ ވަކި ޝަރުތުތަކެއް ހަމަވާ ނަމަ ކަމަށާއި އަދި ޝަރުތު ހަމަވިޔަސް އެ ފުރުސަތު ދޭނީ ތުޙުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން ކަމަށެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލާގައި ޚުލާސާ ބަޔާން އިއްވަމުން ރިޔާޒްގެ ޤާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ޖެހުމަށް ޝަރީއަތަށް ފޯނު ގެނެސް ފުރަތަމަ ރިޔާޒަށް ޕިން ކޯޑް ޖެހުނީ ނުބައިކޮށް ކަމަށެވެ. ނުބައި ޕިން ކޯޑެއް ޖެހުމުން ފޯނު 10 މިނެޓަށް ޑިސްއޭބަލްވިކަމަށް ވަކީލް ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވެފައި ވަނީ އައިފޯނެއް ޑިސްއޭބަލް ވާނީ ނުބައި ޕިން ކޯޑް ފަސް ފަހަރަށް ޖެހުމުން ކަމަށް އެނގޭ ކަމަށާއި އަދި ފަސް ފަހަރަށް ނުބައި ޕިން ކޯޑް ޖެހުމުން ފޯނު ޑިސްއޭބަލް ވާނީ އެއް މިނަޓަށް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ރިޔާޒުގެ ފޯނު ހުޅުވަން ވަރަށް ގިނަ ޕިން ކޯޑްތަކެއް ފުލުހުން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތް މެދުވެރިކޮށް ފުލުހުންނަށް ރިޔާޒް އޭނާގެ ފޯނުގެ ޕިން ކޯޑް ދީފައިވާ ކަމަށާއި އެހެންކަމުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަންޖެހޭ ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ރިޔާޒުގެ ފޯނު ބޭނުންކޮށްގެން ފުލުހުން ހިންގަން ބޭނުންވި ތަހުގީގު ވެސް މިހާރު ނިމިފައިވާކަން އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ޕިން ކޯޑް ނުދިނުމުގައި ރިޔާޒުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އެ ޕިން ކޯޑް ފުލުހުންނަށް ރިޔާޒު ނުދިނީ، ކޯޓު އަމުރުގައި އެކަމަށް ބުނެފައިނުވާތީ ކަމަށެވެ. އަދި އެކަމަށް ވަކި ކޯޓު އަމުރެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ބުނުމުން ކަމަށެވެ. ކޯޓު އަމުރު ތަންފީޒުކުރުމުގައި ހަނު ނުހުރެވޭނެ ކަމަށް ބުނުމުން ރިޔާޒު ވާނީ އޭނާގެ ހަނދާނުގައި ހުރި ތިން ޕިން ކޯޑެއް ވެސް ދީފަ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ކޯޓު އަމުރުގައި ސީދާކޮށް ބުނެފައިވާ ކަމެއް ނޭނގޭ ކަމަށް ބުނެ އެކަމަށް ދެކޮޅު ހެދުމަކީ ވާޖިބަށް ހުރަސް އެޅުން ކަމަށެވެ. އަދި އެއްވެސް މަރުހަލާއެއްގައި ރިޔާޒު ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިނުވާ ކަމަށާއި އެހެންކަމުން ޕިން ކޯޑް ދިނުމަކީ ހަނު ހުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދިފާއުގައި ބުނި ނަމަވެސް އެކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ރިޔާޒުގެ ފޯނުގައި ޕިން ކޯޑް ނުޖެހީ އެ ނިޔަތް އޮވެގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެއީ، އެ އަމުރުގައި ޕިން ކޯޑް ދިނުމަށް ޖަހާފައި ނެތް ކަމާއި އެހެން އޮތް ނަމަވެސް ޕިން ކޯޑް ދޭންޖެހޭ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ދިފާއުގައި ބުނެފައިވާތީ ކަމަށެވެ.

ފޮރެންސިކް ރިޕޯޓްގައި ފޯނުގެ މޮޑެލް ނުބައިކޮށް ޖެހިފައިވާ މައްސަލާގައި ދައުލަތުގެ ވަކީލް ވިދާޅުވީ، އެއީ މުޅި ރިޕޯޓަށް އަސަރުކުރާނެ ކަމެއް ކަމުގައި ދައުލަތުން ނުދެކޭ ކަމަށެވެ. އެއީ އެ ފޯނުގެ މުއާމަލާތްތަކެއް ޝަރީއަތުގެ މަޖިލީހުގައި ވެސް ކުރެވިފައިވާ ކަމަށާއި އަދި ފޯނުގެ އައިއެމްއީއައި ނަންބަރު ފޮރެންސިކް ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީގައި އޮތީ އެއްގޮތަށް ކަމަށްވާތީ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ދިފާއުގައި ހުށަހެޅި ފުލުހެއް ހެކި ބަސް ނުދިނުމަށް ނިންމުމުން އޭނާއަށް ހެކި ބަސް ދިނުން ލާޒިމްކޮށްގެން ހެކި ބަސް ނުނެގޭނެ ކަމަށް ދައުލަތުން ޤަބޫލު ކުރާ ކަމަށެވެ. އަދި ހެކި ބަސް ލާޒިމުކޮށްގެން ނެގުމަށް ޤާނޫނީ އަދި ޝަރުއީ އެއްވެސް އަސާސެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު