Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުދައެރުން

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017 | ބުދަ 12:28

ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ވަނީ އިލްތިމާސްކޮށްފައި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 15 ފެބުރުއަރީ 2017 | ބުދަ 12:28
މާލެއަށް އުދަ އަރަނީ - ފައިލް ފޮޓޯ

މާލެއަށް އުދަ އަރަނީ - ފައިލް ފޮޓޯ

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި!

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި އެވެ.

ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްސީ) އިން ބުދަ ދުވަހު ނެރުނު "ރައްކާތެރިވުމުގެ އިރުޝާދު"ގައި ބުނެފައިވަނީ މިހާރު ރާއްޖޭގެ ސަރަހައްދު ތަކުގައި އުސްބާނިތަކެއް އުފެދިފައިވުމާއި ވައިގަދަވުމުގެ ސަބަބުން އުދައަރާފާނެކަމަށް ބެލެވޭ ކަމަށެވެ. އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ކަމަށާއި މިރޭ ވެސް ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް މިއީ ސުނާމީ ނުވަތަ ތޫފާނަކާ ގުޅުން ހުރި ކަމެއްނޫން ކަމަށް ވެސް އެންޑީއެމްސީން ބުނެ އެވެ.

އުދައިން ރައްކާތެރިވުމަށް އެންޑީއެމްސީގެ އިލްތިމާސް:

  • އުދައިގެ އަސަރު ނުވަތަ ލޮނުގަނޑު ރަށުތެރެއަށް ވަދެ ގެދޮރަށް ވަންނަ ކަމުގައި ވާނަމަ ގެއަށް ލޮނުގަނޑުވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކޮށްގެން ލޮނުގަނޑު ގެއަށް ވަނަ ނުދިނުން.
  • ގެއަށް ލޮނުގަނޑު ވަންނަކަމުގައި ވާނަމަ ހިފާގެންގުޅޭ ތަކެއްޗާއި އަދި އިލެކްޓްރޯނިކްސް ސާމާނު ލޮނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރުން.
  • ލިބިދާނެ ގެއްލުން ކުރިޔާލާ ދެނެގަނެ ކުރިޔާލާ އަވަސް ފިޔަވަޅުތަކެއް އެޅުން.
  • އުދަ އަރާ ދިމާލުގައި ހުންނަ އޮޔާދާނެފަދަ ތަކެތި އެހެން ތާކަށް ބަދަލުކުރުން ނުވަތަ އޮޔާ ނުދާނެ ފަދަ ގޮތަކަށް ބަނދެ ހައްޔަރު ކުރުން.
  • ރަށުތެރެއަށް އަރާ އުދަ، ކައުންސިލާއި ގުޅިގެން ކޮންޓްރޯލްކުރުމަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.

"ވީމާ، މަތީގައި އިލްތިމާސް ކުރެވިފައިވާ ކަންކަމަށް ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. އަދި ވައިގަދަވެ ލިބޭ ގެއްލުމެއްގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 115 އާއި ގުޅުއްވުންއެދެމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

މިދުވަސްވަރު މާލެއަށް ވެސް ވަނީ އުދަ އަރަން ފަށައިފަ އެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް