Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

ބާސެލޯނާއިން އަބަދުވެސް މެސީއަށް ފުރުސަތު އޮންނާނެ: ޒަވީ

މެސީ އާއި ޒަވީ އެކުގައި ބާސާއަށް 400 އަށްވުރެ ގިނަ މެޗު ކުޅެދިން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 21 މާރިޗު 2022 | ހޯމަ 07:16
ލިއޮނެލް މެސީ އާއި ޒަވީ ހެނާންޑޭޒް

ލިއޮނެލް މެސީ އާއި ޒަވީ ހެނާންޑޭޒް

ބާސެލޯނާގައި އަބަދުވެސް ލައިނަލް މެސީއަށް ފުރުސަތު އޮންނާނެކަމަށް އެޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ އާދީއްތަ ދުވަހުގެރޭ ބައްދަލުކުރި މެޗުގެ ކުރިން ދިން އިންޓަރވިއުއެއްގައި ޒަވީ ބުނީ އޭނާއާއި ބައްދަލުކުރަން ވިޔަސް ނުވަތަ ޓީމުގެ ފަރިތަކުރުންތައް ބަލާލަން ވިޔަސް ނުވަތަ ޓީމާއި އަލުން ގުޅެން ވިޔަސް މެސީއަށް އެފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި ޓީމުގެ ސަޕޯޓަރުން އެދެނީ މެސީ އެނބުރި އެޓީމާއި ގުޅުމަށް ކަމަށެވެ.

މި ސީޒަން ފެށުމުގެ ކުރިން މެސީ ޕީއެސްޖީއަށް ބަދަލުވީ ފްރީ ޓްރާންސްފާއެއްގައެވެ. މީގެ ކުރިން ބޮޑު މުސާރައެއް ނަގަމުން އައި މެސީއަށް ޕީއެސްޖީގައި އަހަރެއްގެ މައްޗަށް ލިބޭނީ 35 މިލިއަން ޕައުންޑެވެ.

ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މެސީ ޕީއެސްޖީއަށް ބަދަލުވުމަށްފަހު ކުޅުނު 26 މެޗުން އޭނާއަށް ކާމިޔާބު ކުރެވުނީ އެންމެ ހަތް ގޯލެވެ. އެއީ ޗެމްޕިއަންސް ލީގުގައި ޖެހި ފަސް ގޯލާއި ފްރާންސް ލީގުގައި ޖެހި ދެ ގޯލެވެ. އުމުރުން 34 އަހަރުގެ މެސީއާއި، އެމްބާޕޭ އަދި ނޭމާ ފަދަ މޮޅެތި ކުޅުންތެރިންނާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގަށް ޕީއެސްޖީން ނިކުން ނަމަވެސް އެޓީމަށް ވަނީ މުބާރާތް ނާކާމިޔާބުވެފައެވެ. އެހެން ކަމުން އެޓީމުގެ ގިނަ ސަޕޯޓަރުންތަކެއްގެ ފާޑުކިޔުންތައް ވަނީ މެސީއަށްވެސް އަމާޒުވެފައެވެ. މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، އެންމެ ބޮޑު އެއް އަމާޒަކަށް ވެފައިއޮތީ ޗެމްޕިއަންސް ލީގު އެޓީމަށް ކާމިޔާބުކޮށްދިނުމެވެ.

މެސީ އާއެކު ބާސެލޯނާގައި 400 އަށްވުރެ ގިނަ މެޗު ޒަވީ ވަނީ ކުޅެފައެވެ. ޔޫރަޕުގެ ފުޓްބޯޅަ އޭރު ޑޮމިނޭޓް ކުރީ ބާސެލޯނާއިންނެވެ. ޒަވީ ބުނީ އޭނާގެ އުންމީދަކީ މެސީ އެނބުރި ބާސެލޯނާއަށް ދިޔުން ކަމަށެވެ. ނަމަވެސް މިހާރު އެއީ ޕީއެސްޖީގެ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން ގޮތް ނިންމާނީ މެސީ ކަމަށެވެ.

މެސީ ބާސެލޯނާއިން ވަކިވިއިރު، ޓީމުގެ ފަރާތުން އޭނާއަށް ހައްގުވާ ވަރުގެ ބޮޑު ފެއަރވެލްއެއް ދީފައި ނުވާކަން ފާހަގަކޮށް ޒަވީ ބުނީ މެސީ އެނބުރި އެޓީމަށް ގޮސްފިނަމަ އޭނާއަށް ހައްގުވާ މިންވަރުގެ ފެއަރވެލްއެއް ދިނުމުގެ ފުރުސަަތު އެބައޮތް ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މެސީ ވަނީ ބާސެލޯނާގައި 21 އަހަރު ކުޅެފައެވެ. އަދި 35 އަށްވުރެ ގިނަ ޓްރޮފީ އެޓީމާއެކު ހޯދާފައެވެ.

ބާސެލޯނާލިއޮނެލް މެސީޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު