Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޔުނައިޓެޑް ބަލިކޮށް އެތުލެޓިކޯ ކުއާޓަރ ފައިނަލަށް

ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއަކުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 16 މާރިޗު 2022 | ބުދަ 14:47
ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެތުލެޓިކޯ މެޑްރިޑުން ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މި ދެޓީމު ކުޅުނު ގަދަ 16 އިގެ ދެވަނަ ލެގުން އެތުލެޓިކޯ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 41 ވަނަ މިނެޓުގައި އެތުލެޓިކޯގެ ލަނޑު ޖަހާފައިވަނީ ގްރީޒްމަން ނެގި ހުރަހަކުން ރެނާން ލޮޑީއެވެ. އޭގެ ކުރިން މެޗުގެ 33 ވަނަ މިނެޓުގައި އެތުލެޓިކޯގެ ޔާއޯ ފެލިކްސް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

ގަދަ 16 ގެ ފުރަތަމަ ލެގުގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެހެންކަމުން ރޭގެ މެޗު ކާމިޔާބުކުރާ ޓީމަކަށް ކުއާޓަރ ފައިނަލުގެ ޖާގަ ކަށަވަރުވާނެއެވެ.

ޗެމްޕިއަންސް ލީގުން ޔުނައިޓެޑް ކެޓުމާއެކު މި ސީޒަންގައި އެޓީމަށް އޮތް ހަމައެކަނި އުންމީދަކީ އިނގިރޭސި ޕްރިމިއަރ ލީގެވެ. ޕްރިމިއަރ ލީގުގައި ޔުނައިޓެޑް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ލިބުނީ މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރުއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އަޔަކްސް އާއި ބެންފިކާ ވެސް ބުދަ ދުވަހުގެރޭ ބައްދަލުކުރިއެވެ. މި މެޗު ބެންފިކާ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ގަދަ 16 ގެ ފުރަތަމަ މެޗުގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުންނެވެ. އެހެންކަމުން ރޭގެ މެޗުން މޮޅުވި ޓީމު ކުއާޓަރ ފައިނަލަށް ދަތުރުކުރީއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު