ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިބޫ
16 މާރިޗު 2022 | ބުދަ 13:17ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމު އަދާކުރެއްވި


މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް ރައީސް އައްޔަންކުރެއްވި އިބްރާހީމް ރަޝީދު (އިބޫ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ބުދަ ދުވަހު މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އދ. މާމިގިލި، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރެވެ.
އިބްރާހީމް ރަޝީދު އަބޫބަކުރު (އިބޫ) ވަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒްގެ ނައިބުގެ މަގާމާއި، މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމު އަދި ޕްރައިވެޓް ސެކްޓަރގެ އެކިއެކި މަގާމުތައް ފުރުއްވާފައެވެ.
އިބްރާހީމް ރަޝީދު އަބޫބަކުރު ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަރސިޓީން އެމް.ބީ.އޭ ހާސިލުކުރައްވާފައެވެ.







