Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓޫރިޒަމް

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

ކުންފުނީގެ ކެޕިޓަލަކީ ހިއްސާއެއް 10 ރުފިޔާއަށް ވާ ގޮތަށް، 100 މިލިޔަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިޔަން ރުފިޔާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2017 | ބުރާސްފަތި 18:52
ރައީސް ޔާމީން: ފަތުރުވެރިކަން އިޝްތިހާރުކުރަން ކުރިން އުފެއްދި ކުންފުނިން ވަނީ ދައުލަތުގެ ފައިސާ ނަގައި ހުސްކޮށްލާފައި.

ރައީސް ޔާމީން: ފަތުރުވެރިކަން އިޝްތިހާރުކުރަން ކުރިން އުފެއްދި ކުންފުނިން ވަނީ ދައުލަތުގެ ފައިސާ ނަގައި ހުސްކޮށްލާފައި.

ބޭރު ދުނިޔޭގައި ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކޮށް އިޝްތިހާރު ކުރުމަށްޓަކައި އެއް ބިލިއަން ރުފިޔާގެ ރައުސުލްމާލަކާއެކު އިތުރު ކުންފުންޏެއް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބުރާސްފަތި ދުވަހު އުފައްދަވައިފިއެވެ

ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދި އާ ކުންފުންޏަށް ކިޔަނީ މޯލްޑިވްސް ޓޫއަރިޒަމް ޕްރޮމޯޝަން ބޯޑު ލިމިޓެޑެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސޮއިކުރައްވައި ބުރާސްފަތި ދުވަހު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އެކުންފުނި އުފެއްދެވީ ބޭރު ދުނިޔޭގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ދިވެހި މުޖުތަމަޢަށް ކުރާ ހެޔޮ ލާބައާއި މަންފާ އިތުރަށް ފުޅާކުރުމުގެ ގޮތުން، އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބާޒާރަށް ނެރެވެމުންދާ ގޮތާއި އެދާއިރާގެ ކަންތައްތައް ވަމުންދާ ދިރާސާކޮށް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަމަށެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ އެކުންފުންޏަށް ހުއްދަކުރެވިފައިވާ ކެޕިޓަލަކީ ހިއްސާއެއް 10 ރުފިޔާއަށް ވާ ގޮތަށް، 100 މިލިޔަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިޔަން ރުފިޔާ ކަމަށެވެ. މީގެ ކުރީގައި ވެސް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުގެ ނަމުގައި އިދާރާއެއް އޮތެވެ. ރައީސް މައުމޫނުގެ ދުވަސްވަރު އުފައްދަވާފައިވާ އެ ބޯޑު އުވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އުފެއްދެވި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން އެކުންފުނިން ވަނީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގައިފައެވެ. އެޚިޔާނާތުގައިގެ ބައެއް މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހުކުމްކޮށްފައިވާއިރު، އެ ހިޔާނާތުގައި ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ތުހްމަތުކުރެ އެވެ. އެ ތަހްގީގުތައް ހުއްޓިފައިވާއިރު، ރައީސް ޔާމީން ވިދާޅުވެފައިވަނި އެމްއެމްޕީއާރުސީގެ ހިޔާނާތް ހުއްޓެނީ އަދީބާ ހަމައިން އެކަނި ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ފަޅައި އެރުމުގެ ކުރިން، އެކަން އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ރައީސް ޔާމީނަށް ހިއްސާކުރެއްވި އެވެ. ނަމަވެސް އެކަމަށް ބެއްލެވުމެއް ނެތި، ނިޔާޒު މަގާމުން ވަކިކުރެއްވެވި އެވެ. ނިޔާޒުގެ އިތުރުން އަދީބުގެ ހިޔާނާތުގެ މައްސަލަތައް ސަރުކާރުގެ ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވެސް ރައީސް ޔާމީނާ ހިއްސާ ކުރެއްވިއިރު، އެ މަނިކުފާނު ގެންދެވީ ފާޅުގައި އަދީބަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ނައިބު ރައީސް ކަމަށް ވެސް އައްޔަން ކުރެއްވެވި އެވެ.

މިކުންފުނި އުފެއްދެވިއިރު ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައި މިހާރު އޮތް ކުންފުނި އެމްއެމްޕީއާރުސީ އުވާލި ކަމަކަށް ނިންމަވާފައެއް ނުވެއެވެ. އެމްއެމްޕީއާރުސީގެ ނަން ކިލަނބުކޮށް، އެ ކުންފުނިން ދިވެހި ރައްޔިތުންގެ ފައިސާ ވަގަށް ނެގުމަށް ފަހު، އާ ކުންފުންޏެއް އުފައްދި ނަމަވެސް، އެމްއެމްޕީއާރުސީން ގެއްލިގެން ދިޔަ ފައިސާ ހޯދިފައެއް ނެތެވެ. އެކަމަށް ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި އެންމެ ލަފްޒެއް ވެސް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު