Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯމަން އަބްރަމޯވިޗް އަދި ވްލެޑްމިއަރ ޕުޓިން

ރޯމަން އަބްރަމޯވިޗްއާއި ވްލެޑްމިއަރ ޕުޓިންގެ ގުޅުން

2012 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރަކު ވަނީ ރަޝިއާގެ ރައީސް އާއި އަބްރަމޯވިޗް އާއި ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 14 މާރިޗު 2022 | ހޯމަ 08:29
ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޯވިޗް އަދި ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޯވިޗް އަދި ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ހުޅަނގުގެ ގައުމުތަކުން ވަނީ އެކަން ކުއްވެރިކޮށް އެގައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އަދި ރަޝިއާގެ ސަރުކާރަށް ވާގިވެރިވާކަމަށް ތުހުމަތުކުރެވޭ އެގައުމުގެ ބިލިއަނަރުންނަށްވެސް ހުޅަނގުގެ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ސަރުކާރުން ވަނީ ރަޝިއާގެ ހަ ބިލިއަނަރަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ފުޓުބޯޅަ ކްލަބް، ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޯވިޗްވެސް ހިމެނެއެވެ.   

އިނގިރޭސިވިލާތުގައި ހުރި އަބްރަމޯވިޗްގެ ހުރިހާ އެސެޓެއް ފްރީޒްކޮށްފައިވާއިރު، އޭނާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީ ކުޅޭ މެޗުތަކުގެ ޓިކެޓް އެކްލަބަށް ނުވިއްކޭއިރު، އެކްލަބްގެ މާރޗެންޑައިޒް ވިއްކުންވެސް ވަނީ މަނާކުރެވިފައެވެ. ކްލަބުން ޓްރާންސްފަރ މާކެޓުގައި ބައިވެރިވުންވެސް ވަނީ މަނާ ކުރެވިފައެވެ.

އަދި މީގެ ހަފުތާއެއްހާ ދުވަސްކުރިން ޗެލްސީ ވިއްކާލަން އަބްރަމޯވިޗް ނިންމި ނަމަވެސް އެކަންވެސް ކުރެވޭނެކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

އަބްރަމޯވިޗްއާއި ދެކޮޅަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅުމާއެކު އޭނާއާއި ޕުޓިން އާއި ދެމެދު އޮތް ގުޅުމަކީ ކޮބައިތޯއާއި އަބްރަމޯވިޗްއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބޭނުމަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލުއުފެއްދިއެވެ.

އިނގިރޭސި ސަރުކާރުން ބުނާގޮތުން އެގައުމުން ޗެލްސީގެ ވެރިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ނިންމީ އޭނާއާއި ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންއާއި ދެމެދު ގާތް ގުޅުމެއް އޮންނަ ކަމުގެ ހެކިތައް ފެންނަން ހުރުމުންނެވެ. އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ޕުޓިންގެ ވެރިކަމާއި ގުޅުން ހުރި މީހުންގެ ސާފު ހެކި އެބަހުރި ކަމަށާއި ފިޔަވަޅުތައް އަޅަނީ ފެންނަން ހުރި ހެކިތަކަށް ރިއާޔަތްކޮށް ކަމަށެވެ.

އެގޮތުން މިއިން ކޮންމެ މީހަކު ކުރާ ކަންތައްތަކުގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެހެން ނަމަވެސް އެއިން ކޮންމެ މީހަކާއި ޕުޓިންގެ ވެރިކަމާއި އޮތް ގުޅުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް ބޮޑުވަޒީރު ޖޯންސަން ވިދާޅުވިއެވެ.

އަބްރަމޯވިޗް އަދި ޕުޓިންގެ ގުޅުމާމެދު ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. 2012 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރަކު ވަނީ ރަޝިއާގެ ރައީސް އާއި އަބްރަމޯވިޗް އާއި ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އޭނާ އަކީ ކޮންމެ ވަގުތަކުވެސް ފަސޭހައިން ރައީސާއި ބައްދަލުކުރެވޭނެ މީހެއް ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ނޫސްވެރިއެއް އަދި ޕުޓިންގެ ބަޔޮގްރަފީ ލިޔުނު ކްރިސް ހަޗިންސް ވަނީ ޕުޓިންއާއި އަބްރަމޯވިޗްގެ ގުޅުން ސިފަކޮށްފައި ވަނީ ބައްޕައަކާއި އޭނާ އެންމެ ލޯބިވާ ދަރިފުޅާއި ދެމެދު އޮންނަ ގުޅުންފަދަ ގުޅުމެއްގެ ގޮތުގައެވެ.

އޮލިގާކަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ ފައިސާވެރި ވިޔަފާރިވެރިންނަށް ބުނެއުޅޭ ބަހެކެވެ. މި މާނައަށް ބަލާނަމަ ރޯމަން އަބްރަމޯވިޗަކީ އޮލިގާކެއް ނޫންކަމަށް ބުނަން އުނދަގުލެވެ.

ފޯރބްސް އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އަބްރަމޯވިޗަކީ ދުނިޔޭގައި 131 ވަނައަށް އެންމެ މުއްސަދި ބިލިއަނަރެވެ. އަދި ރަޝިއާގެ ސިޔާސީ މަޝްރަހާއި އަބްރަމޯވިޗާއި ގުޅުން އޮންނަތާވެސް ދުވަސްތަކެއް ވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ.

1999 ވަނަ އަހަރު އަބްރަމޯވިޗް ވަނީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ސްޓޭޓް ޑޫމާއަށް އެގައުމުގެ އެންމެ އިރުމަތީގައި އޮންނަ ޗޫކޯކާ އޮޓޮނަމަސް އޮކްރުގެ މެމްބަރުގެ ގޮތުގައި އައްޔަނުކުރެވިފައެވެ. އަދި 2000 ވަނަ އަހަރުން 2008 ވަނަ އަހަރަށް އޭނާ ވަނީ ޗޫކޯކާގެ ގަވަރުނަރުގެ މަގާމުވެސް ފުރައްވާފައެވެ. މިމުއްދަތުގައި އެ ސަރަހައްދުގައި ގިނަ އިންވެސްޓްމެންޓަތަކެއްވެސް އަބްރަމޯވިޗް ކުރައްވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުންވެސް އަބްރަމޯވިޗަކީ ރަޝިއާގެ ސިޔާސީ މައިދާނުގެ ފަރުދާގެ ފުރަގަހުގައި ވަރަށް ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ. އެގޮތުން 2011 ވަނަ އަހަރު ރިޗާރޑް ސަކްވާ ނެރުނު، 'ދަ ކްރައިސިސް އޮފް ރަޝިއަން ޑިމޮކްރަސީ: ދަ ޑުއަލް ސްޓޭޓް، ފެކްޝަނަލިޒްމް އެންޑް މެޑްވެޑެވް ސަކްސެޝަން' ފޮތުގައި އޭނާ ވަނީ ރަޝިއާގެ ވެރިކަމަށް ޕުޓިން އައުމަށް އެންމެ ފުރަތަމަ ވަކާލާތުކުރި މީހުންގެ ތެރޭގައި އަބްރަމޯވިޗް ހިމެނޭކަމަށް ބުނެފައެވެ.

ރިޗާރޑް ސަކްވާގެ ފޮތުގައި އޭނާ ވަނީ ރަޝިއާގެ ކުރީގެ ރައީސް ބޮރިސް ޔެލްސިން އަށް ފަހު އެގައުމުގެ ވެރިކަމާއި ހަވާލުވުމަށް ވްލެޑްމިއަރ ޕުޓިންގެ ނަންފުޅު ހުށަހެޅި އެއް ފަރާތަކީ ރޯމަން އަބްރަމޯވިޗް ކަމަށެވެ. އަދި އަބްރަމޯވިޗަކީ މީހާރުވެސް ޕުޓިންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވޮޝިންގޓަން އެގްޒަމިނަރުން ވަނީ އެމެރިކާއަށް ހޯދުނު އިންޓެލިޖަންސް މައުލޫމާތުތަކަށް ބަލައި އަބްރަމޯވިޗަކީ ޕުޓިން އަށް ފައިސާގެ މުއާމަލާތްތައް އަދާކޮށްދިނުމަށް މެދުވެރިއެއްގެ ރޯލު އަދާކޮށްދޭ މީހެއް ކަމަށް ރިޕޯޓުކޮށްފައެވެ.

އަބްރަމޯވިޗްގެ ލީގަލް ޓީމުން ވަނީ އަބްރަމޯވިޗަކީ ޕުޓިންގެ 'ވިލިން ޓޫލް' އެއް ނުވަތަ ޕުޓިން އަންގާ މުއާމަލާތްތައް ކުރަން ހުންނަ މީހެއް ކަމަށް ބުނެފައިވާ ބުނުންތައް ދޮގުކޮށް ފިޔަވަޅުއަޅާފައެވެ.

އެގޮތުން 2020 ވަނަ އަހަރު ކެތަރިން ބެލްޓަން ނެރުނު ފޮތް، 'ޕުޓިންސް ޕީޕަލް' ގައި 2003 ވަނަ އަހަރު ޗެލްސީ ގަތުމަށް ޕުޓިން ލަފާދެއްވިކަމަށް ދޭހަވާ މޭރުމުން ލިޔެފައިވާ ހުރިހާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އަބްރަމޯވިޗްގެ ލޯޔަރުން ވަނީ ބުނެފައެވެ.

އެފޮތުގައި އަބްރަމޯވިޗްއާއި ގުޅުވައި ލިޔެފައިވާ ވާހަކަތަކާއި ގުޅިގެން ކޯޓުގައި އޭނާ ތަމްސީލުކުރި ލޯޔަރު، ބެރިސްޓަރ ހިއު ޓޮމްލިންސަން ވަނީ އަބްރަމޯވިޗަކީ ޕުޓިން އަދި ކްރެމްލިންގެ 'ކޭޝިއަރު'ގެ ގޮތުގައި ސިފަކޮށް އޭނާ އަކީ ރަޝިއާގެ ސަރުކާރުން ކުރަން ބޭނުންވާ ކަޅުފައިސާގެ މުއާމަލާތްތައް ކޮށްދޭ މީހެއްގެ ގޮތުގައި ސިފަކޮށް ކެތެރިން ބެލްޓަން އަބްރަމޯވިޗްގެ އަބުރަށް އަރައިގެނެފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ކޯޓު އަޑުއެހުންތަކަށް ފަހު ބެލްޓަންގެ ފޮތް ޗާޕުކޮށް މާކެޓަށް ނެރުނު ހަރޕަރ ކޮލިންސް އިން ވަނީ އަބްރަމޯވިޗް އާއި ގުޅުއްވާ އެފޮތުގައި ލިޔެފައިވާ މިފަދަ ވާހަކަތައް ފޮތުން އުނިކޮށްފައެވެ.

މީގެ އިތުރުން 2003 ވަނަ އަހަރު ފައިނޭންޝަލް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އަބްރަމޯވިޗް ވަނީ އޭނާ އާއި ޕުޓިންއާއި ދެމެދު ހާއްސަ ގުޅުމެއް ނޯންނާނެ ކަމަށް ބުނެފައެވެ. އޭރު އޭނާއާއި ޕުޓިންއާއި އޮތް ގުޅުމަކީ އޭނާ ސްޓޭޓް ގަވަރުނަރުގެ ގޮތުގައި ހުރުމުން އޮތް ގުޅުކަމަށްވެސް ބުނެފައެވެ. އަދި ރަޝިއާގެ ކުރީގެ ރައީސް، ޔެލްސިންއާއި ދިމާވީވެސް އޭނާ ރައީސް ކަމުން އިސްތިއުފާ ދެއްވި ފަހުން ކަމަށް އަބްރަމޯވިޗް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

15 ޖެނުއަރީ 2018
ސައޫދީން ބުނާއިރަށް ގަތަރާއި ގުޅުން ކަނޑާލި ސަބަބު މިހަމާވަނީ؟!

ސައޫދީން ބުނާއިރަށް ގަތަރާއި ގުޅުން ކަނޑާލި ސަބަބު މިހަމާވަނީ؟!

26 އޮކްޓޯބަރު 2017
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

ކޮންޒަވޭޓިވް ޕާޓީއާއި ގުޅެން ނޫޅެ، ކޮމިއުނިސްޓް ޕާޓީއާއި އޮންނަ ގުޅުން ދަމަހައްޓާށެވެ.

08 އޮކްޓޯބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު