Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނގުރާމައިގެ ބިރުވެރިކަން

ޒާހިދާގެ ވާހަކަ: ހަޔާތް ރެފިއުޖީއެއްގެ ގޮތުގައި

ޒާހިދާއަކީ ކްރައިމިޔަރގެއަށް ނިސްބަތްވާ މީހެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 މާރިޗު 2022 | ހޮނިހިރު 14:08
ޒާހިދާގެ އަންހެން ދަރިފުޅާއި، އޭނާގެ މަންމަ

ޒާހިދާގެ އަންހެން ދަރިފުޅާއި، އޭނާގެ މަންމަ

ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގައި އެންމެ ބޮޑު ނިކަމެތިކަން ލިބިގެންދަނީ އެގައުމެއްގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށެވެ. އެއީ އަމިއްލަ ފުރާނަ ސަލާމަތްކުރުމަށް ގެދޮރާއި ގައުމު ދޫކޮށް، އެހެން ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ދަތުރުކުރަން މަޖުބޫރުވާތީއެވެ.

އެފަދައިން މިހާރު އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވަނީ ޔޫކްރެއިންގެ ރައްޔިތުންނަށެވެ. ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ހިންގަމުންދާ ހަނގުރާމަ ވަރުގަދަ ކުރަމުންދާއިރު، އަމާން އައްސޭރިއަކަށް އެތައް ބަޔަކު ދަނީ ދަތުރުކުރަމުންނެވެ. މުޅި ދުނިޔެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، މަސްރަހުގެ ކަންކަން ގާތުން ބަލަމުން ދިޔަނަމަވެސް, އެ މާހައުލުގެ ބިރުވެރިކަމާއި ހިތްދަތިކަން އިހުސާސް ނުކުރެވޭނެކަމަށް އެ ގައުމުގެ ރައްޔިތުން ބުނެއެވެ. އެގޮތުން މި ހިތްދަތި ދަތުރުގެ ވާހަކަ އަސަރާއެކު ހާމަކުރި އެކަކީ 35 އަހަރުގެ ޒާހިދާ އަދީލޯވާއެވެ. އޭނާއަކީ މީގެ ކުރިން ވެސް އުފަން ގައުމު ދޫކޮށް ދާން މަޖުބޫރި މީހެކެވެ.

ޒާހިދާއަކީ ޔޫކްރެއިންގެ ކައިރީގައި އޮންނަ ކްރައިމިޔަރއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ އާއިލާ ނިސްބަތްވަނީ ކްރައިމިޔަރގައި އޮންނަ މުސްލިމް ކުޑަ އާބާދީއަކަށެވެ. ނަމަވެސް 1944 ގައި ކްރައިމިޔަރ ހިނގި ހަމަނުޖެހުމުގައި އުޒްބަކިސްތާނަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވިއެވެ. ދުވަސްތަކެއް ވަންދެން އުޒްބަކިސްތާނުގައި ދިރިއުޅުމަށްފަހު 1993 ވަނަ އަހަރު އާއިލާއާއެކު އަނެއްކާ ވެސް ކްރައިމިޔަރއަށް ދިރިއުޅުން ބަދަލުކުރިއެވެ. ނަމަވެސް 2014 ވަނަ އަހަރު ރަޝިޔާއިން ކްރައިމިޔަރ އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ޒާހިދާއާއި އޭނާގެ މަންމަ, އަދި އަންހެން ދަރިފުޅު ވަނީ އުފަން ގައުމު ދޫކޮށް ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެގޮތުން ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ ފެށެންދެން އެ އާއިލާ ދިރިއުޅެމުން ދިޔައީ އެސިޓީގައެވެ.

ޒާހިދާއަކީ ލެންގުއޭޖް ޓީޗަރެއްގެ އިތުރުން ޕޮލިޓަލް ޓޯކް ޝޯއެއްގެ ޕްރޮޑިއުސަރެކެވެ. އެހެންކަމުން ކޮންމެ ދުވަހެއް ވެސް ފާއިތުވަނީ ވަރަށް ބިޒީ ޝެޑިއުލެއްގައެވެ. އަމާން އުފާވެރި ދިރިއުޅުމެއް އާރާސްތުކުރަމުން ދިޔައިރު، ހަނގުރާމަ ފެށި އަނެއްކާ ވެސް އެހެން ސަރަހައްދަކަށް ދަތުރުކުރަން ޖެހިދާނެ ކަމަކަށް އޭނާއަށް ލަފާވެސް ކޮށްލެވިފައެއް ނެތެވެ. ނަމަވެސް އުފާވެރި ދިރިއުޅުން ބިރުވެރިކަމަށް ވެއްޓިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް ޒާހިދާގެ ޑައިރީގައި ބުނެފައިވެއެވެ.

ޒާހިދާގެ ޑައިރީގައި އޭނާގެ އިހުސާސްތައް ކިޔައިދެމުން ބުނެފައިވަނީ, މާޗް މަހުގެ 5 ދުވަހު ހެނދުނު 5:45ގައި ހޭލީ އެދުވަހު އޮތް އިންޓަވިއުއަކަށް ތައްޔާރުވުމަށެވެ. ނަމަވެސް އެދުވަހު މުޅި ކީވްގެ އެކި ހިސާބުތަކުން އިވެނީ ސައިރަންގެ އަޑުތައް ކަމަށެވެ. އެހިސާބުން މުޅި މަސްރަހު ބަދަލުވެ، ހާލަތު ގޯސްވަމުންދާކަން އިހުސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. ވެގެން އުޅޭ ގޮތެއް ބެލުމަށް އޭނާ ޚަބަރުތައް ބެލިއެވެ. އަދި އާއިލާއާއި ގާތް ރައްޓެހިންނަށް ގުޅައި، ހާލު ބެލިއެވެ. އަދި ސަލާމަތް ހޯދުމަށް އެހެން ސަރަހައްދަކަށް ދަތުރުކުރަންޖެހޭކަމަށް އެންމެން ބުނި ކަމަށާއި، ދަތުރަށް ތައްޔާރުވުމަށް އެދުނުކަމަށް ބުނެފައިވެއެވެ.

ދަތުރުފެށުމަށްޓަކައި ގިނަ ތައްޔާރީތައް ވާންޖެހޭއިރު، ދަތުރުމަތީގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތަކަށް ބޭސް ވެސް ގެންދަން ޖެހެއެވެ. ނަމަވެސް ގެއާ ކައިރި ހުރިހާ ސަރަހައްދެއްގެ ފިހާރަތައް ވަނީ ބަންދުކޮށްފައެވެ. ބޭސް ފިހާރަތަކުން ބޭސް ލިބޭނެ ގޮތެއް ނުވިއެވެ. ޒާހިދާއަށް އިތުރު ހާސްކަމެއް ލިބުނީ އެހިސާބުންނެވެ. އެއީ 75 އަހަރުގެ މަންމަ ގޮވައިގެން ދަތުރުފަށަން ޖެހޭތީއެވެ. މަންމައަށް ކޮންމެ ހާލަތެއްގައި ބޭސް ހޯދަން ޖެހިދާނެކަމުގެ ބިރު ހިތުތެރޭގައި އޮތީމައެވެ. ޒާހިދާ ކިޔައިދިން ގޮތުގައި އެހިސާބުން އޭނާ ގޮތް ހުސްވުމުގެ އިހުސާސް ކުރެވެންފެށުނެވެ. ދަތުރުފަށާނެ ގޮތެއް ނޭނގި ބިރުވެރިކަމާއި ނާމާންކަމުގައި މުޅި ދުވަސް ހޭދަކުރިއެވެ.

ޒާހިދާ ކިޔައިދިން ގޮތުގައި އޭރު ވެސް އޭނާއަށް މާގިނަ އިޚްތިޔާރުތަކެއް ނެތްކަން އެނގެއެވެ. އެހެންކަމުން, ސައިކޮލަޖިސްޓަކާއި ވާހަކަދައްކައި، ހިތްވަރު ލިބިގެން ދަތުރު ފެށުމަށް ނިންމިއެވެ.

މާޗް މަހުގެ 6 ވަނަ ދުވަހު ޒާހިދާއަށް ހޭލެވުނީ އޭނާގެ މަންމަގެ ހިތްދަތި ރުއިމުގެ އަޑާއެކުއެވެ. ހިތްދަތިވި ނަމަވެސް މަންމަގެ ކުރިމަތީގައި އޭނާގެ ހިތްވަރު ދެއްކިއެވެ. އަދި މަންމަގާތުގައި ވެގެން އުޅޭގޮތް ސާފުކޮށްދިނެވެ. އަމިއްލަ ފުރާނައިގެ ސަލާމަތަށްޓަކައި އެހެން ސަރަހައްދަކަށް ހިޖުރަކުރަންޖެހޭކަން ވިސްނައިދިނެއެވެ. ނަމަވެސް މަންމަ ދާން ބޭނުން ނުވާނަމަ ގަދަކަމުން ނުގެންދާނެ ކަމަށާއި، ނަމަވެސް ޒާހިދާގެ 11 އަހަރުގެ އަންހެން ދަރިފުޅުގެ ހައްގުގައި ޔޫކްރެއިން ދޫކޮށް ދާންޖެހޭކަމަށް މަންމަ ގާތުގައި ބުންޏެވެ.

ޒާހިދާގެ ނިންމުމަށް އޭނާގެ މަންމަ ވެސް އެއްބަސްވިއެވެ. އަދި ދޮޅުގަޑިއިރުގެ ތެރޭގައި ފުރަން ތައްޔާރުވިއެވެ. އަދި ޒާހިދާގެ ބޭބެ މެދުވެރިވެގެން ކާރެއް ހޯދައި, ޕޮލެންޑްގެ ރެއިލް ސްޓޭޝަނަށް ދަތުރު ފެށީ ހަމަލާގެ އަޑުތަކާއެކުއެވެ. 15 މިނެޓުން ދެވޭ ރެއިލް ސްޓޭޝަނެއް ނަމަވެސް އެދުވަހު އެ އާއިލާއަށް ސްޓޭޝަނަށް ދެވުނީ ދެގަޑިއިރު ފަހުންނެވެ. އެއީ ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ކަމަށް ޒާހިދާ ބުންޏެވެ.

ރެއިލްވޭ ސްޓޭޝަންގެ ހާލަތާގުޅޭގޮތުން ޒާހިދާ ބުނެފައިވަނީ, އެތަނަށް ދިޔަ ނަމަވެސް ފުރަތަމަ ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށާއި، ފުރޭނެ ކަމުގެ އުންމީދެއް ނެތި މަޑުކުރިކަމަށެވެ. މީހުން ބޯވެ ތޮއްޖެހިފައިވާއިރު، އާއިލާ ވަކިވާން ބޭނުންނުވާތީ ދުރުގައި މަޑުކޮށްގެން ތިބީ ކަމަށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން މަޑުކޮށްގެން ތިބި ޕޮއިންޓުން އިތުރު ރޭލެއް ދަތުރުކުރާނެ ކަމަށް އިއުލާން ކުރުމާއެކު, އެ ރޭލަށް އެރުމުގެ ފުރުސަތު ލިބުނީއެވެ. އޭރު ވެސް ބައެއް އާއިލާތަކުގެ މެމްބަރުން ވިއްސިވިހާލިވެގެން އެހިތްދަތިކަމުގައި އުޅުނު ކިތަންމެ މީހަކު ފެނުނު ކަމަށް ޒާހިދާ ބުންޏެވެ. އެދުވަހުގެ ދަތުރު މެންދުރުފަހު 3:40ގައި ފެށުނުއިރުވެސް ހިތުގައި އޮތީ ބިރުވެރިކަމެވެ. ދެން ވާނެ ގޮތެއް ނޭނގޭތީއެވެ. ދިރިއުޅުމުގައި ވާނެ ގޮތް އެއްވެސް އިންސާނަކަށް ނޭނގޭނެކަން އަމިއްލަ ސިކުނޑިން ވިސްނައި ދަތުރުފެށީ, ނެތް ހިތްވަރާއެކު ކަމަށް ޒާހިދާ ބުންޏެވެ.

ޒާހިދާއަށް މިހާރު ވަނީ ޑެންމާކަށް ދިރިއުޅުން ބަދަލު ކުރުމުގެ ފުރުސަތުވެސް ލިބިފައެވެ. ނަމަވެސް މިދަނޑިވަޅުގައި ވިސްނުން ހުރީ ޕޮލޭންޑްގައި މަޑު ކުރުމަށެވެ. އެގައުމުގައި މަޑު ކުރުމަށްފަހު ހަމަޖެހިގެން އެހެން ގޮތަކަށް ވިސްނާނެ ކަމަށް އޭނާ ބުނެފައިވެއެވެ. މިއަދު ޒާހިދާގެ އާއިލާއަށް ރެފިއުޖީންގެ ގޮތުގައި ދަތުރުކުރުމަކީ އައު ކަމަކަަށްނުވި ނަމަވެސް, ސަލާމަތްވުމުގެ ދަތުރު ފެށީ އެއްވެސް އުންމީދެއް އޮވެގެން ނޫނެއެވެ. ބިރުވެރިކަމާއި ހާސްކަމުގެ ތެރެއިންނެވެ. އަލަށް މިކަހަލަ ކަމެއް ތަޖުރިބާކުރާ މީހަކަށް ދުނިޔޭގެ ބިރުވެރިކަން ވިސްނޭނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ދިރިއުޅުމުގައި މިއަދާ ހަމައަށް އައިއިރު ދަސްވި އެންމެ ބޮޑު ފިލާވަޅަކީ ހިތްވަރުކަމަށް ޒާހިދާ ބުނެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު