Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ ޕީޕަލްސް ޗޮއިސް

އެއް ފުރާޅެއްގެ ދަށުން ހުރިހާ އެއްޗެއް ލިބޭގޮތަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ ރޯދައަށް ހުޅުވަނީ

12 މާރިޗު 2022 | ހޮނިހިރު 08:49

މިއީ ކަސްޓަމަރުންނަށް ވިޔަފާރިކޮށްލަން ފަސޭހަވެގެންދާނެ ކަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 މާރިޗު 2022 | ހޮނިހިރު 08:49
އެސްޓީއޯ ޕީޕަލްސް ޗޮއިސް

އެސްޓީއޯ ޕީޕަލްސް ޗޮއިސް

ކުރިއަށްއޮތް ރަމަޟާން މަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސް ފިހާރަ ހުޅުވަން ނިންމައިފިއެވެ.

އެތަން ހުޅުވަން ނިންމާފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރު މިހާރުވެސް ހުރި އިމާރާތުގައެވެ. އެތަނުގެ މަސައްކަތްތައް މިވަގުތުވެސް ދަނީ ކުރިއަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ ސޭލްސް އެސޯސިއޭޓް އައިޝަތު ނަޒާހަތު ވިދާޅުވީ މި ފިހާރަ ހުޅުވިގެންދާނީ ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައި ކަމަށެވެ. ނަޒާހަތު ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅިވިގެންދިއުމާއެކު މިހާރު ހޯމް އިމްޕްރޫވްމެންޓުގައި ވިއްކާ އިލެކްޓްރޯނިކް ސާމާނާއި ސުޕަރމާޓުން ލިބެން ހުންނަ ތަކެތި އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން ވިޔަފާރި ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ނަޒާހަތު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އެހެން ވިޔަފާރިވެރިންގެ މުދާވެސް އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށް ނަޒާހަތު ވިދާޅުވިއެވެ.

ނަޒާހަތު އިތުރަށް ވިދާޅުވީ އެސްޓީއޯއިން ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ފާއިތުވި 3 އަހަރުތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އޭގެތެރެއިން ކާޑު އެޖެންޓުންނާއި، ކޮންސްޓްރަކްޝަން އެޖެންޓުން އަދި ޕީޕަލްސް ޗޮއިސް އެޖެންޓުން ތައާރަފް ކުރެވިގެން ގޮސްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިކަންކަމަށްވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންގޮސްފައިވާކަމަށް ނަޒާހަތު ވިދާޅުވިއެވެ. އަދި އެފަރާތްތަކާ އެކު ވިޔަފާރީގެ މުއާލަމާތްތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒާހަތު ވިދާޅުވީ މިއީ އެސްޓީއޯގެ ޕްރޮޑަކްޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހައިން ފޯރުކޮށްދިނުމަށް މަގުފަހިވި ކަމެއް ކަމަށެވެ. މާލޭގައި ބޮޑު ފިހާރައެއް ހުޅުވުނު ކަމުގައިވިޔަސް އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ހަމަ އެތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެ ކަމަށް ނަޒާހަތު ވިދާޅުވިއެވެ.

އެސްޓީއޯ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
10 އޮކްޓޯބަރު 2025

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
22 ސެޕްޓެމްބަރު 2025

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި
21 ސެޕްޓެމްބަރު 2025

އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު

21 ސެޕްޓެމްބަރު 2025
އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު
19 ސެޕްޓެމްބަރު 2025

އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2025
އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް