Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

އިންޓަރނޭޝަނަލް ބަންކަރިން ޚިދުމަތް ފަށަން ކަމަށް ވިދާޅުވެ އިހަވަންދިއްޕޮޅުގެ ރަށްތަކަށް ވަޑައިގެން އެންމެ ކުރީ ސަފުގައި ހުންނަވާ ރައްޔިތުންނަށް ފޮނި ހުވަފެން ދައްކަވަން އުޅުއްވި ސައީދަށް މިއަދު ބަންކަރިންނާ ބެހޭ ގޮތުން އެނގޭ އެކައްޗެއް ވެސް ނެތެވެ.

ބަންކަރިންގ ޚިދުމަތުން ޓެކުހުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ލިބިފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2025 | އަންގާރަ 11:58
މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންކަރިން

މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންކަރިން

ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ނޭނގުނު އިރު އެ ޚިދުމަތުގެ ސަބަބުން އުފެދުނު ވަޒީފާތަކުގެ އަދަދު ވެސް ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެ ޚިދުމަތާއެކު އުފެދުނީ ކިތައް ވަޒީވާކަން އެނގޭނީ އެސްޓީއޯ އަށް ކަމަށެވެ.

Advertisement - businessAdvertisement

އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ ފެށި ބަންކަރިންގެ ޚިދުމަތުން އިއްޔެއާ ހަމައަށް ލިބުނީ 12.46 މިލިއަން ޑޮލަރު ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެ ޚިދުމަތުން 1.1 މިލިއަން ޑޮލަރު ލިބުނު ކަމަށެވެ.

އޭގެ ސަބަބުން އުފެދުނީ ކިތައް ވަޒީފާކަމާއި އޭގެ ސަބަބުން ކިތައް ބޯޓު އައިސްފިކަމާއި މި ހުރިހާ އެއްޗެއް، އަޅުގަނޑު ވާހަކަ ފަށަމުން ވެސް މި ދެންނެވީ މި ހިދުމަތް ދިނުމަށް އެސްޓީއޯއަށޭ އެއޮތީ ހަވާލުކޮށްފައި، އެ ބޭފުޅުން އަތްޕުުޅުގައި ހުންނާނެ ތި ހުރިހާ ތަފުސީލެއް،
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އަންގާރަ ދުވަހުގެ ޖަލްސާގައި ސައީދުގެ ވާހަކަތައް ބައްޓަން ކުރައްވާފައި ވަނި ހަގީގަތް އޮޅުވާލުމަށް ކަން ފާހަގަ ކުރެވުނެވެ. އެގޮތުން ވަޒީރުގެ ވާހަކަ އިން އިންޓަރނޭޝަނަލް ބަންކަރިން ފެށީ މި ސަރުކާރުން ކަމަށް ދޭހަވި ނަމަވެސް ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދޭތާ އެތައް ޒަމާނެއް ވަނީ ވެފައެވެ.

އެކަމުގައި އެސްޓީއޯގެ އިތުރުން އަމިއްލަ ކުންފުނިތައް ވެސް ބައިވެރިވެއެވެ. މިނިސްޓަރ މަޖިލީހުގައި ހާމަކުރެއްވި އަދަދުތަކަކީ ބަންކަރިންގެ ޚިދުމަތުން ލިބިފައިވާ ޖުމްލަ އަދަދު ކަމަށް ވެދާނެއެވެ. އެހެން ކަމަށްވާ ނަމަ އޭގެ ބޮޑު ބައެއް ލިބިފައި އޮންނާނީ ބަންކަރިން ޚިދުމަތް ޒަމާނުއް ސުރެ އެންމެ ބޮޑަށް ދެމުން އަންނަ މާލޭ ސަރަހައްދަށެވެ. މެމްބަރު އަމީން ސުވާލުކުރައްވާފައި ވަނީ އިހަވަންދިއްޕޮޅުގެ ބަންކަރިން އިން ލިބުނު އާމްދަނީ އާ ބެހޭ ގޮތުންނެވެ.

އިންޓަރނޭޝަނަލް ބަންކަރިން ޚިދުމަތް ފަށަން ކަމަށް ވިދާޅުވެ އިހަވަންދިއްޕޮޅުގެ ރަށްތަކަށް ވަޑައިގެން އެންމެ ކުރީ ސަފުގައި ހުންނަވާ ރައްޔިތުންނަށް ފޮނި ހުވަފެން ދައްކަވަން އުޅުއްވި ސައީދަށް މިއަދު ބަންކަރިންނާ ބެހޭ ގޮތުން އެނގޭ އެކައްޗެއް ވެސް ނެތެވެ. އޭރު ހުރިހާ ކަމެއް ވެސް އެނގިވަޑައިގަންނަވަނީ މި މަނިކުފާނަށެވެ. މިހާރު ވިދާޅުވަނީ ކަންކަން އެނގޭނީ އެސްޓީއޯ އަށް ކަމަށެވެ.

އަމީން ފައިސަލްބަންކަރިންގއެސްޓީއޯމަޖިލީސްރައްޔިތުންގެ މަޖިލިސްމިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު