Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއޭސީއެލްއަށް ސިޔާސީ ނުފޫޒު

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

ޒަމާނުއްސުރެ ރަނގަޅަށް ހިންގަމުންދާ ސަރުކާރުގެ ކުންފުނިތައް ވަރަށް މަދު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 08:26
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ހިންގަމުންދިޔައީ ސިޔާސީ ނުފޫޒެއް ނެތި ވަރަށް ރަނގަޅަށް ކަމަށާއި، ނަމަވެސް މިސަރުކާރުގައި އެ ކުންފުނި ފެނަކަ ކޯޕްރޭޝަންއާ އެއްދަރަޖައަކަށް ވައްޓާލާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ރަނގަޅަށް ހިންގަމުންދާ ސަރުކާރުގެ ކުންފުނިތައް ވަރަށް މަދު ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި އެމްއޭސީއެލް އަދި އެސްޓީއޯއަކީ ޒަމާނުއްސުރެ ސިޔާސީ ނުފޫޒެއް ނެތި ވަރަށް ރަނގަޅަށް ހިންގަމުން އައި ދެ ކުންފުނި ކަމަށާއި، ނަތީޖާ އަބަދުވެސް ނެރޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މި ދެ ކުންފުންޏަށް ވެސް ސިޔާސީ ނުފޫޒު ފޯރުވައި، ހަލާކު ކުރަމުންދާ ކަމަށާއި، އެމްއޭސީއެލް ވެސް ފެނަކައަށް ޖައްސާފައިވާ ހާލު ޖައްސަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ނުފޫޒު ނުފޯރާނެ ކަމަށް ބެލި، ބޭންކް އޮފް މޯލްޑިވްސްއަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެމްއޭސީއެލްއަށް ގެއްލުންވާ ގޮތަށް އެއަރޕޯޓުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހަވާލުކުރާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ކައިރި ކައިރީގައި އެއަރޕޯޓުތައް ތަރައްގީ ކުރި ނަމަވެސް އޭގެ ފައިދާއެއް ނުލިބޭނެ ކަމަށާއި، އެމްއޭސީއެލްއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި އެމްއޭސީއެލުން ނަގާ ލޯނު ނުދެއްކޭނެ ކަމަށާއި، އެ ލޯނުގެ ފައިސާ ވެސް ދެއްކުމަށް އެއަރޕޯޓުން ނަގާ ފީތައް ބޮޑު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ ސީދާ ފެނަކައަކަށް އެ ހަދާލަނީ. އެއީ ވަރަށް ނުރައްކާތެރިކަމެއް. އެއީ ބޮޑު ލޯނެއްނަގާފައި އޮތީ. އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ބޮޑު ޓާމިނަލްއެއް އެ ހެދީ. އެޓާމިނަލް ހެދީމައި އެޓާމިނަލުން އެ ފައިސާ ނުނެގޭނެތީވެ ލޯނު ދައްކަން ނުނެރެވޭނެތީ އެނގިވަޑައިގަންނަވާނެ އެއަރޕޯޓުން ފުރާ ކޮންމެ މީހެއްގެ ބޮލަށް ނަގާ އަދަދު ބޮޑު ކޮށްފި މިސަރުކާރުން. އޭރު ވިދާޅުވީ ވެސް އެ ލޯނު ދައްކަން ވެގެންނޭ. އެހެންވީމަ ބޮޑު ލޯނެއް އޮވެ، އެލޯނު ދައްކާނެ ގޮތެއް ނޭނގިގެން އެއަންނަ ފަތުރުވެރިން ވެސް ދިވެހިން ފުރާ މީހުންގެ އަތުން ވެސް އިތުރަށް ފައިސާ ނަގަމުންދަނީ. ދާއިރު ކޮންފައިސާއަކުންތޯ އަނެއްކާ އެއަރޕޯޓެއް އަޅައިގެން އަނެއްކާ އެއަރޕޯޓު ހިންގަން އުޅޭނީ. މިހާރު އެކަހަލަ އެއަރޕޯޓުތަކަކީ އާމްދަނީއެއް ލިބޭނެ އެއަރޕޯޓުތަކެއް ނޫން. ހަމަ ގެއްލުން ލިބޭނީ. ކައިރި ކައިރީގައި އެހުންނަނީ އެއަރޕޯޓުތައް. ފްލައިޓެއް ޖައްސާނީ މަދުން. ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓެއް މި ޖައްސަނީ. އެހެންވީމައެއަކުން ނުލިބޭނެ މާ ބޮޑު އާމްދަނީއެއް. ކުރަންޖެހޭ ހަރަދު އިންތިހާއަށް ބޮޑުވާނެ. އެނެއްކާ މުޅި އަތޮޅު އެންމެން އެތަނަށް ވަޒީފާއަށް ވަންދަން ބޭނުންވާނެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ މި ސަރުކާރުން އަމަލުކުރާ ގޮތުން ދުވަހަކަށްވުރެ ދުވަހެއް އެމްއޭސީއެލް ދާނީ ދަށަށް ކަމަށާއި، ކުންފުނި ހިންގާނީ ގެއްލުމުގައި ކަަމަށެވެ. އަދި ގެއްލުންވާނީ ރައްޔިތުންނަށް ކަަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒުއެމްއޭސީއެލްއެސްޓީއޯފެނަކަ ކޯޕަރޭޝަންހުސެއިން އަމްރު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު