Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ އަގު

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:51

ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރަނީ ސަރުކާރުން، މާކެޓުގައި ޑޮލަރު ދައުރެއް ނުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:51
ރައީސް ޑރ.މުހައްމަދު މުއިއްޒު، މި ސަރުކާރުގައި ޑޮލަރުގެ ރޭޓު ވަނީ 20 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައި

ރައީސް ޑރ.މުހައްމަދު މުއިއްޒު، މި ސަރުކާރުގައި ޑޮލަރުގެ ރޭޓު ވަނީ 20 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައި

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ އަގު ދަށް ކުރެވި، 15 ރުފިޔާއަށް ހެދޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަމްރު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރަނީ ސަރުކާރުން ކަމަށާއި، ސަރުކާރުން ބޭނުންވެއްނަމަ މާދަމާ ވެސް ޑޮލަރުގެ އަގު 15 ރުފިޔާއަށް 14 ނުވަތަ 17 ރުފިޔާއަށް ވެސް ހެދޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލައި އަމަލުކުރަން ފެށި ބޭރުފައިސާގެ ގަވާއިދުގެ ދަށުން ޑޮލަރު ވަންނަކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ އެ ޑޮލަރުތައް މާކެޓުގައި ދައުރު ނުކުރާ ކަމަށާއި، ހުރިހާ ޑޮލަރެއް ސަރުކާރުން ކޮންޓްރޯލްކޮށް ހިފަހައްޓަމުންދާ ކަމަށެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޑޮލަރު ރޭޓު ހުރީ 19 ރުފިޔާއަށް ކަމަށާއި، ނަމަވެސް މި ގަވާއިދާއެކު 21 ރުފިޔާއަށް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ބައެއް ރަށްރަށުގެ ކައުންސިލްތަކުން އަދި ބިން ހިއްކާފައިވާ ރަށްތަކުގެ ކައުންސިލްތަކުން ވެސް ފަޅު ތެރޭގައި ގެސްޓުހައުސް އެޅުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ގެސްޓުހައުސް ވިޔަފާރި ހިންގުމުގެ ހުއްދަ ދޫނުކޮށް ހިފަހައްޓާފައިވާ ކަމަށެވެ. މަގުސަދަކީ ރަށުގެ ތެރޭގައި ޑޮލަރު ދައުރުވުން ހުއްޓުވުން ކަމަށް އަމްރު ވިދާޅުވިއެވެ.

އެއީ ސަރުކާރުން ހުރިހާ ޑޮލަރެއް މިގެންދަނީ ގެންގޮސްފައި ސަރުކާރުގައި އެހުރީ. އެ އާއްމުންނަށް އެ ދޫކުރާ ވަރަކުން ތިރިއަށްދާނީ. އެހެންވީމަ ސަރުކާރުން ނޫންތޯ އެ ކޮންޓްރޯލް ކުރަނީ. ޑޮލަރުގެ ގަވާއިދެއް އެ ހެދިއިރު ތި ވިދާޅުވިހެން އަޑަށް ބާރުލައްވާފައި އެވިދާޅުވިއިރު ހުރީ 19 ރުފިޔާއަށް. އެކަން ކުރީމަ މިހާރު 21 ރުފިޔާއަށް. އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ މިސަރުކާރުން ޑޮލަރުގެ އަގު ތިރިކުރަން މަސައްކަތް ކުރާތަނެއް. ވީހާ ވެސް ބޮޑު ކޮށްފައި ބަހައްޓަން ބޭނުންވަނީ. ދެން އިތުރަށް ތި ވިދާޅުވިހެން ޑޮލަރު ލިބޭނެ އިތުރު ގޮތްތައް ބަންދުކުރަން ބޭނުންވަނީ. ރައްޔިތުންގެ ޖީބާ ހިސާބުން. ސަރުކާރަށް ލިބެން ޖެހޭނީ. ހައްގު ކޯޕްރޭޝަނުން އެހެންވީމަ މި ނިކުންނަނީ ގެސްޓުހައުސް އަޅަން. ދެން އެހެން ބަޔަކަށް ގެސްޓްހައުސް އެޅިގެން ނުވާނެ. ކައުންސިލްތަކުން ވެސް ގެސްޓްހައުސްތައް އަޅައިގެންތާ އެމީހުންނަށް ވެސް އާމްދަނީ އެއް މިލިބެނީ. އެކަމަށް ފެސިލިޓޭޓެއް ނުންތޯ ކޮށްދޭންޖެހެނީ. އެކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދޭން ޖެހޭނެއްނުންތޯ. އެކަމަކު އޭގެ ބަދަލުގައި ހުއްދަ ވެސް ނުދީގެން އެއުޅެނީ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އަމްރު ވިދާޅުވީ އަދިވެސް ސަރުކާރުން މަސައްކަތް ކުރަނީ ޑޮލަރުގެ ރޭޓު މަތިކޮށް، ރައްޔިތުންނަށް ޑޮލަރު ލިބޭނެ އިތުރު ގޮތްތައް ބަންދުކުރުމަށް ކަމަށެވެ. އެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ގެސްޓުހައުސް ވިޔަފާރި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯޑޮލަރު އަގުއެމްއެމްއޭގެސްޓްހައުސްކަޅު ބާޒާރުހުސެއިން އަމްރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
29 ނޮވެމްބަރު 2025

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
05 ނޮވެމްބަރު 2025

އޮކްޓޯބަރު މަހު 190.000 ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފި

05 ނޮވެމްބަރު 2025
އޮކްޓޯބަރު މަހު 190.000 ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
25 އޮކްޓޯބަރު 2025

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

25 އޮކްޓޯބަރު 2025
ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް