Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްޓީއޯ

އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު

ޑޮލަރު އަގުބޮޑުވެގެންކަމަށް ބުނެ އޮރެންޖާއި އާފަލުގެ އަގު ބޮޑުކުރީ ސިޔާސީ ބޭނުމެއްގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2025 | ހުކުރު 19:32
ރައީސް މުއިއްޒު ވ. ފެލިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން: ވިދާޅުވީ އޮރެންޖާއި އާފަލުގެ އަގު ބޮޑުކުރީ ބަޔަކު ސިޔާސީ ބޭނުމެއްގައި ކަމަށް

ރައީސް މުއިއްޒު ވ. ފެލިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން: ވިދާޅުވީ އޮރެންޖާއި އާފަލުގެ އަގު ބޮޑުކުރީ ބަޔަކު ސިޔާސީ ބޭނުމެއްގައި ކަމަށް

ދާދި އިހަކަށް ދުވަހު ޑޮލަރު އަގުބޮޑުވެގެންކަމަށް ބުނެ އޮރެންޖާއި އާފަލުގެ އަގު ބޮޑުކުރި ކަމަށާއި އެކަން އެގޮތަށް އެ ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަފުޅުގެ ތެރެއިން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ފަލްސަފާ އަކީ ތަރައްގީގެ ފަލްސަފާ ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންނެވި މައިގަނޑު އެއް ވައުދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަކަމާއި އެކު ތަރައްގީ ގެނެސްދިނުން ކަމަށެވެ.

ރައީސް މުއިއްޒު ވިދަޅުވީ މި ސަރުކާރުން ކުރަމުންގެދާ މަސައްކަތަކީ ވީރާނާވެ، ނެތެމުން ދިޔަ ގައުމުގެ އިގްތިސާދު އިތުރަށް ގޯސްވިޔަ ނުދީ، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތް ކުރުމާއި އެކީގައި ފައިސާ ޗާޕުކުރުމަކާއި ނުލައި ރައްޔިތުންނަށް ކަންކަން ކޮށްދިނުން ކަމަށެވެ. އެގޮތުން އެކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެންދާނޭ ކަމަށް ރައީސް ވިދަޅުވި އެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް ސެކްޓަރ އިންނާއި ވަކި އަދަދަކަށް ވުރެ ބޮޑު އާމްދަނީ ލިބޭ ދާއިރާތަކުން، ބޭންކަށް ޑޮލަރު ވަކި އަދަދަކަށް މާރުކުރަން މަޖުބޫރު ކުރުވައި ގާނޫނެއް ހަދާ ތަންފީޒު ކުރީ ވެސް ރައްޔިތުންނަށްޓަކައި އެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އޭގެ ފުރިހަމަ ކަން ވެސް މިހާރު ރައްޔިތުންނަށް ލިބެމުން ދާކަމަށާއި ނަތީޖާ އަކީ ހެޔޮ އަގުގައި ތަކެތި ލިބިގެން ދިޔުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް ފަރާތްތަކުން ރައްޔިތުންނަށް ދަތިކުރުމަށް ސިޔާސީ ގޮތުން ބައެއް ދަތިތަށް ކުރިމަތި ކުރުވާ ކަމަށާއި ސަރުކާރުން އެ ފުރުސަތު އެފަދަ ފަރާތްތަކަށް ނުދޭނޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ދަތި ކުރުމަށް މޭވާޔާ ތަރުކާރީގެ ބާވަތްތައް ވެސް އަގުބޮޑުކުރަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް އެކަމަށް ހައްލު ހޯދުމަށް އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ދިހަ ބާވަތެއް ގެނެސް އަގުހެޔޮކޮށް ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އިހައްދުވަހު ޑޮލަރު ނުލިބިގެން، ބޭންކުން ޑޮލަރު ނުލިބިގެން، ހަމަ އެއްވެސް ގޮތެއް ނެތިގެން އަގުބޮޑުކުރި އޮރެންޖާއި އާފަލުގެ އަގު މިހާރު ތިރިވެގެން ހިނގައްޖެ. އެހެންވީމަ ކޮބައިތޯ އޭގެ މާނައަކީ، މީގެ ދެތިން ދުވަސް ކުރިން ޑޮލަރު، ބޭންކު ރޭޓުގައި ނުލިބިގެން އުޅުނު ޑޮލަރު ބޭންކުން ރަނގަޅުކޮށްދިނީތޯ. ހަމަ އޭރުވެސް ލިބޭ ރަނގަޅަށް. އެވާހަކަ މިދަންނަވަނީ. ސިޔާސީ ބޭނުމެއްގަ. އޯގަނައިޒް ގޮތެއްގަ، ގަސްތުގަ ބަޔަކު ރައްޔިތުންނަށް ދެރަ ދިނުމަށްޓަކައި ބައެއް ކަންތައްތައް އެބަކުރޭ
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ވިދަޅުވީ ސިޔާސީ ގޮތުން ރައްޔިތުންނަށް ދަތިކުރާއިރު، ސަރުކާރުން ލޯމަރާލައިގެން ނުތިބޭނޭ ކަމަށާއި ރައްޔިތުންނަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ވެސް މި ސަރުކާރުން ކުރަމުންގެންދާނެ ކަމަށެވެ.

ވ. ފެލިދޫއެސްޓީއޯޑޮލަރު އަގުއިގްތިސާދުފަތުރުވެރިކަންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއިގްތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު