Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބޭސްފަރުވާ

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025 | ހޯމަ 08:43

ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ތަފާތު ތާރީހުތައް ދިން ނަމަވެސް މިއަދާ ހަމައަށް މިމައްސަލައަށް ހައްލެއް ގެނެވިފައިނުވެއެވެ. ބޭސް ގައުމުގެ ކުންފުޏެއް އުފެއްދުން ފިޔަވައި، ރައްޔިތު މީހާގެ ޖީބަށް ރައްޔިތު މީހާ އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ނުލިބެއެވެ. ނުވިތާކަށް ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން ކަޅުބާޒާރުގައި ބޭހުގެ ވިޔަފާރީގެ ޑިމާންޑު ބޮޑުވެ ދަނީ ފުޅާ ވަމުންނެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 20 އޮކްޓޯބަރު 2025 | ހޯމަ 08:43
ސަރުކާރުގައި މައި ހޮސްޕިޓަލް އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ ފާރމަސީތައް.

ސަރުކާރުގައި މައި ހޮސްޕިޓަލް އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ ފާރމަސީތައް.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެންނެވީ ދިވެހި އެންމެހައި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތާއި، ކޮލެޓީ ބޭސް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ވައުދުފުޅާ އެކުއެވެ. ވެރިކަމަށް ވަޑައިގަންނަވާ ވެސް ކޮލެޓީ ބޭހާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވައި، ރައްޔިތުންނަށް އެތައް އުންމީދެއް ގެނެސްދެއްވިއެވެ.

ނަމަވެސް މިސަރުކާރުގައި މިހާތަނަށް އައިރު، ސިއްހީ ޚިދުމަތުގެ ފެންވަރު ދުވަހަކު ވެސް ނުދާ މިންވަރަށް ދަށްވެ، މީގެ ކުރިން ވަރަށް ފަސޭހައިން ލިބެމުންދިޔަ އާސަންދަ ޚިދުމަތް ހޯދުމަށް ރައްޔިތުންނަށް ވަނީ ތުރާލަކަށްވެފައެވެ. ސަރުކާރުގެ ބޮޑުން ގާތުގައި ސަލާން ނުޖަހައި އާސަންދަ ޚިދުމަތެއް ނުލިބެއެވެ. އަދި ރާއްޖެ އިން ބޭރުގެ ހޮސްޕިޓަލަކުން އާސަންދަ ޚިދުމަތް ހޯދަން އުޅުމަކީ އިތުރަށް މީހާ ބަލިކޮށްލާނެ ތަކުލީފު ބޮޑު ކަމެކެވެ.

މީގެ އިތުރުން ފާމަސީތަކުން ފަސޭހައިން ލިބުނު ބޭސްތައް ވެސް ނުލިބޭތާ މިހާރު ވަނީ އެތައް ދުވަހެއް ވެފައެވެ. މާލެ އިން ބޭސް ލިބުން ދަތިވެ، ރާއްޖެ އިން ބޭރުން އަމިއްލަ އަށް ބޭސް ގެނައުމަށް ރައްޔިތުންނަށް ވަނީ މަޖުބޫރުވެފައެވެ. އަދި ރަށްރަށުގެ އެސްޓީއޯ ފާމަސީތަކުން ވެސް ބޭސް ނުލިބޭއިރު، މިހާރު ރަށްރަށުގައި އަމިއްލަ ފަރުދުން އެބޭސް ގެނެސްގެން ބޭސް ވިއްކުމުގެ ވިޔަފާރި ވަނީ ފަށާފައެވެ.

ކޮންމެ މީހަކީ ރާއްޖެ އިން ބޭރުން ބޭސް ގައުމުގެ ގާބިލްކަން ލިބިފައިވާ މީހެއް ނޫނެވެ. މަޖުބޫރީ ހާލަތުގައި އެމީހުން ބޭސް ގަންނަންޖެހެއެވެ. ނަތީޖާއެއް ގޮތުން މިއަދު ރާއްޖޭގައި ވަނީ ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އުސޫލުން، ކަޅު ބާޒާރުގައި ދަނީ ބޭސް ވިއްކަމުންނެވެ. މިހާރު ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑުވެފައިވާ އެއް ވިޔަފާރިއަކީ ވެސް ކަޅުބާޒާރުގައި ބޭހުގެ ވިޔަފާރިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ހާލަތު މިހެން އޮތްއިރު، ވިރަ ފޯމް ހުށަހަޅައިގެން ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބޭސް ގެނައުން އެސްޓީއޯއިން ހުއްޓާލިކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ބަލި މީހުންނަށް ގުޅައި، އެކަން އަންގަމުންދާ ކަމަށާއި، އެހެން ފާމަސީއަކާ ގުޅިގެން ބޭސް ގެނައުމުން ބިލަށް އެންސްޕާއިން ފައިސާ ދޭނެ ކަމަށް އަންގަމުންދާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބަލި މީހުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން އެންސްޕާ އިން ބުނީ، ބައެއް ކޭސްތަކުގައި އެގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެ އެޖެންސީން ދީފައިނުވެއެވެ.

ވިރަ ފޯމް ހުށަހަޅައިގެން ބޭސް ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރަންޖެހިފާއިވާއިރު، މިހާރު އެ ފޯމް ހުށަހެޅި ނަމަވެެސް ފަސޭހަ އިން ބޭސް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެންސްޕާ އިން އެ ފޯމް ބަލައި، ދިރާސާ ކުރުމަށްފަހު ނިންމާ ނިންމުމަށް ބަލި މީހާ އިންތިޒާރު ކުރަން ޖެހެއެވެ. އަދި ފައިސާދޭ ގޮތަށް ނިންމާ ކަމަށް ވާނަމަ، އެހެން ފާމަސީއަކާ ގުޅިގެން ނުވަތަ ބޭސް ގެނެސްދޭ މީހަކާ ގުޅިގެން ބޭސް ގެނައުމަށްފަހު، އެ ބިލު އެންސްޕާ އަށް ހުށަހަޅައިގެން ފައިސާ ހޯދުމަށް ވެސް ރައްޔިތު މީހާއަށް މިއަދު އޮތީ ހާލެއްގައި އުޅެން މަޖުބޫރު ކުރުވާފައެވެ.

ބޭހުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ތަފާތު ތާރީހުތައް ދިން ނަމަވެސް މިއަދާ ހަމައަށް މިމައްސަލަ އަށް ހައްލެއް ގެނެވިފައިނުވެއެވެ. ބޭސް ގައުމުގެ ކުންފުޏެއް އުފެއްދުން ފިޔަވައި، ރައްޔިތު މީހާގެ ޖީބަށް ރައްޔިތު މީހާ އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ނުލިބެއެވެ. ނުވިތާކަށް ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން ކަޅުބާޒާރުގައި ބޭހުގެ ވިޔަފާރީގެ ޑިމާންޑު ބޮޑުވެ ދަނީ ކުރިއަރަމުންނެވެ.

ރައީސް މުއިއްޒުއާސަންދައެސްޓީއޯއެންސްޕާބޭސް ނުލިބޭ މައްސަލަކަޅު ބާޒާރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް

07 ޑިސެމްބަރު 2025
އޮކްސިޖަން މެޝިނެއްގެ އެހީ އާއި ނުލާ ދިރިހުރެވެން ނެތް، ސަރުކާރު ގައި އާދޭސް ކުރާތާ އެތައް ދުވަހެއް
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް