Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖައިލަމްގެ މަރުގެ މައްސަލަ

ޖައިލަމްގެ މަރުގެ މައްސަލަ: ދައުވާލިބޭ އެންމެން ދައުވާއިން ސަލާމަތްވެއްޖެ

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ޝަފީއު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މާރިޗު 2022 | ބުރާސްފަތި 11:34
ޖައިލަމްގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

ޖައިލަމްގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

ހ. ހަންޑްރެޑް ފްލާވަރސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެ ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ޖައިލަމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ ނަސީބު ސައީދު، އިސްމާއިލް އަނީގު، އަލީ އިރުފާން އަދި މުހައްމަދު ހުމައިދުއެވެ.

މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށައެޅި ބައެއް ހެކިވެރިންނަށް ބަލާއިރު، ދައުލަތުން ހުށައަޅާފައިވާ ހެކިވެރިޔާ އިބްރާހިމް ރަމީޒަކީ ހާދިސާ ހިނގިއިރު ފުލުހުންގެ އިދާރާގައި މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އޭނާ ހެކިވެރިއެއްގެ ގޮތުގައި ހުށައަޅާފައިވަނީ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރި އޮފިސަރުގެ ހައިސިއްޔަތުން, ޖައިލަމްއަށް ލިބިފައިވާ އަނިޔާތައް ކިޔައިދިނުމާއި އެ ރިޕޯޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުންކަން ދައުލަތުން ފާހަގަކުރިއެވެ.

ހެކިވެރިޔާ ވަނީ އެ ދުވަހުގެ ބައެއް ހާދިސާތައް ކިޔައިދީފައެވެ. އެގޮތުން ކޮމާންޑު ސެންޓަރުން އެންގީ ހޮސްޕިޓަލަށް ދިއުމަށް ކަމަށާއި، ހޮސްޕިޓަލަށް ދިޔައިރު ޖައިލަމަށް ފަރުވާދެމުން ދިޔަކަމަށް ވިދާޅުވިއެވެ. އަދި އިރުކޮޅަކުން ޑޮކްޓަރު ނުކުތުމަށްފަހު، ވަރަށް ގިނަ އަނިޔާވެފައިވާ ކަމަށާއި، ނިޔާވެއްޖެކަން ބަޔާން ކުރެއްވިކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ބުނީ, ރިޕޯޓުގައި އެކަމާގުޅޭ ތަފްސީލުތައް ހިއްސާ ކޮށްފައި ވާނެކަމަށެވެ. އަދި މިއީ 2015ގެ މައްސަލައެއްކަމުން، މައްސަލައާ ގުޅޭ ބައެއް ކަންކަން މިހާރު ހަނދާނުގައިވެސް ނެތްކަން އޭނާ ފާހަގަ ކުރިއެވެ.

ދެން ހާޒިރުކުރި ލާންސް ކޯޕްރަލް މުހައްމަދު އަރީފް ހާޒިރުކުރީ ހުމައިދުގެ ގެއިން ފެނިފައިވާ މެޑިކަލް ލިއުމަކީ މި ހާދިސާގެ ތެރެއިން ލިބުނު އަނިޔާއެއްކަން ކަށަވަރު ކުރުމަށެވެ. ހެކިބަސް ދެމުން އަރީފް ބުނީ، ސިނަމާލޭ ފްލެޓުގައި ހުރި އެޕާޓްމަންޓު ޗެކްކުރިއިރު ހުމައިދުގެ މެޑިކަލް ލިއެކިއުންތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އަތްތިލަ ކަނޑައިގެން ގޮސްފައިވާކަން އެ ލިއެކިއުންތަކުން ފެންނަކަން ހެކިވެރިޔާ ފާހަގަކުރިއެވެ. އަދި އެތަކެތީގެ ފޮޓޯ ނެގިކަން ފާހަގަކޮށް ހެކިވެރިޔާ ވަނީ އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާކޮށްފައެވެ.

އޭގެ އިތުރުން، ޕޮލިސް ކޯޕްރަލް އަހުމަދު ފަޔާޒްއަކީ ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުން އެ ހާދިސާ ހިނގިއިރު ސީންއަށް ދިޔަ އޮފިސަރެކެވެ. އޭނާ ވަނީ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ކަންކަން ޝަރީއަތުގައި ހިއްސާ ކޮށްފައެވެ.

މި ހެކިވެރިންގެ އިތުރުންވެސް ޝަފަހީ އަދި ކިތާބީ ހެކިން ދައުލަތުން ދައުވާލިބޭ މީހުންނާ ދެކޮޅަށް ހުށައެޅިއެވެ.

އޭގެ ތެރޭގައި ހިމެނޭ ސިއްރު ހެކިވެރިއަކު ވަނީ ހާދިސާ ހިނގި ސަރަހައްދުގައި އޭނާ ހުރިއިރު ފެނިފައިވާ މަންޒަރުތައްވެސް ހިއްސާކޮށްފައެވެ. ބައެއް ސިއްރު ހެކިން ހެކިބަސް ދިނުމަށް ހާޒިރުވެފައެއްވެސް ނުވެއެވެ. ވުމާއެކު، އެ ފަރާތްތަކުގެ ތަހުގީގަށް ދީފައިވާ ބަޔާނަށް ޝަރީއަތުން ރިއާޔަތް ކޮށްފައެއްނުވެއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ހުށައަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ނެތްކަންވެސް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ. ވުމާއެކު އެ ފުޓޭޖްތަކަށް ރިއާޔަތްކޮށް ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓަށް ބުރަދަން ނުދެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ސީންއިން ނެގުނު ސާމްޕަލްތަކާއި ފިންގަރ ޕްރިންޓްތަކުންވެސް އެކަން ސާބިތު ނުކުރެވޭކަމަށް ގާޒީ ވިދާޅުވިއެވެ.

ޖައިލަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. އޭނާއަށް ހަމަލާދިނީ ދަރުބާރުގެ ކައިރީގައި ހުންނަ އޭނާގެ ގެ, ހ. ހަންޑްރެޑްފްލާވަރސް ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު