Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

އެމެރިކާގެ އަސްކަރީ ހަރަކާތްތައް ބަލަން އުތުރު ކޮރިއާއިން ސެޓެލައިޓް ލޯންޗްކުރަނީ

10 މާރިޗު 2022 | ބުރާސްފަތި 07:58

ސެޓެލައިޓްތައް ލޯންޗުކުރަން ނިންމާފައިވަނީ ފަސް އަހަރަށް ބަހާލައިގެން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 10 މާރިޗު 2022 | ބުރާސްފަތި 07:58
އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގް އުން އެގައުމުގެ ނެޝަނަލް އެއިރޯސްޕޭސް ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތްތައް ބައްލަވާލައްވަނީ

އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގް އުން އެގައުމުގެ ނެޝަނަލް އެއިރޯސްޕޭސް ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނުގެ މަސައްކަތްތައް ބައްލަވާލައްވަނީ

އެމެރިކާ އާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުން ހިންގާ އަސްކަރީ ހަރަކާތްތަކުގެ މައުލޫމާތު ވަގުތުން ވަގުތައް ހޯދަން ސެޓެލައިޓްތަކެއް ލޯންޗުކުރަން ނިންމާފައިވާކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން އާއި ހަވާލާދީ އެގައުމުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުން މި ސެޓެލައިޓްތައް ލޯންޗުކުރަން ނިންމާފައިވަނީ އަހަރުތަކަކަށް ބަހާލައިގެންނެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން މި ސެޓެލައިޓްތައް ލޯންޗުކުރަން ކިމް ނިންމަވާފައި މިވަނީ އުތުރު ކޮރިއާގެ ނެޝަނަލް އެއިރޯސްޕޭސް ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ބައްލަވާލަން ވަޑައިގަތުމަށްފަހުއެވެ. ކިމް ވަނީ މިދިޔަ އަހަރު އިއުލާނުކުރެވުނު 'ފައިވް އިޔަރ' ޕްލޭނާއި އެއްގޮތަށް ސަން-ސިންކްރޮނަސް ޕޯލަރ އޯރބިޓުގައި މިލިޓަރީ ރިކޮނެސެންސް ސެޓެލައިޓް ބޭނުންކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތަށް ރިކޮނެސެންސް ސެޓެލައިޓް ބޭނުންކުރަން ނިންމީ އެމެރިކާ އާއި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުން ދެކުނު ކޮރިއާ، ޖަޕާން އަދި ޕެސިފިކް ކަނޑުގައި ހިންގާ އަސްކަރީ ހަރަކާތްތަކުގެ މައުލޫމާތު އުތުރު ކޮރިއާއަށް ވަގުތުން ލިބޭނެ ގޮތް ހެދުމަށްކަމަށް ކިމް ވިދާޅުވިއެވެ. އަދި މިއީ އެގައުމުގެ ގައުމީ ސަލާމަތާއި އިސްތިގުލާލަށްޓަކައި ކުރާކަމެއް ކަމަށް ކިމް ވިދާޅުވިއެވެ.

އުތުރު ކޮރިއާއިން ފެބްރުއަރީ 27 އަދި މާރިޗު ފަސް ވަނަ ދުވަހު މި ރިކޮނެސެންސް ސެޓެލައިޓްތައް ޓެސްޓްކޮށްފައިވާއިރު އެމެރިކާ، ދެކުނު ކޮރިއާ އަދި ޖަޕާނުން ވަނީ މިސެޓެލައިޓްތައް ޓެސްޓްކުރުމަކީ ނިއުކްލިއަރ ހަތިޔާރު ޓެސްޓުކުރުން ފަދަ ކަމެއްކަމަށް ބުނެފައެވެ. މި ސެޓެލައިޓްތަކުންވެސް ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކުރާ ކަމަށް އެގައުމުތަކުން ބުނެއެވެ.

މިސެޓެލައިޓް ޓެސްޓުތަކާއެކު ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިގެން ދިޔައިރު، އެމެރިކާއިން ވަނީ ޔެލޯ ސީގައި އެގައުމުގެ ސަވައިލަންސް އިތުރުކޮށް ބެލެސްޓިކް މިސައިލް ޑިފެންސް ވަރުގަދަކޮށްފައިވާކަމަށް ބުނެފައެވެ.

އުތުރު ކޮރިއާއިން އެގައުމުގެ ދުރުރާސްތާ ބެލެސްޓިކް މިސައިލްތައް އެންމެ ފަހުން ޓެސްޓުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އެހެންނަމެވެސް އެމެރިކާއެކު ކުރިއަށްދާ މަޝްވަރާތަކުން ނަތީޖާއެއް ނުފެނި ވާހަކަތައް ދިގުލައިގެން ދާތީ އަލުން މިސައިލް ޓެސްޓުކުރަން ފަށާނެކަމުގެ ވާހަކަތައް އުތުރު ކޮރިއާއިން ދަނީ މިހާރު ދައްކަމުންނެވެ.

އުތުރު ކޮރެއާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
24 ޖުލައި 2024

އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް

24 ޖުލައި 2024
އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް
15 ސެޕްޓެމްބަރު 2023

އެމެރިކާއިން އުޅެނީ އުތުރު ކޮރެއާއާ ވާހަކަ ދައްކަން ނުކެރިގެން؟

15 ސެޕްޓެމްބަރު 2023
އެމެރިކާއިން އުޅެނީ އުތުރު ކޮރެއާއާ ވާހަކަ ދައްކަން ނުކެރިގެން؟
13 ސެޕްޓެމްބަރު 2023

އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް ކިމް ޖޮން-އުން ރަޝިއާއަށް ވަޑައިގެންފި

13 ސެޕްޓެމްބަރު 2023
އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް ކިމް ޖޮން-އުން ރަޝިއާއަށް ވަޑައިގެންފި
25 މާރިޗު 2023

ކަނޑުއަޑިން ނިޔުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި

25 މާރިޗު 2023
ކަނޑުއަޑިން ނިޔުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި
20 ޑިސެމްބަރު 2022

ދަތިކުރުމުގެ ފިޔަވަޅަކުން މިސައިލެއް ނުހުއްޓުވޭނެ - އުތުރު ކޮރެއާ

20 ޑިސެމްބަރު 2022
ދަތިކުރުމުގެ ފިޔަވަޅަކުން މިސައިލެއް ނުހުއްޓުވޭނެ - އުތުރު ކޮރެއާ
19 ނޮވެމްބަރު 2022

އުތުރުކޮރެޔާގެ ލީޑަރުގެ ދަރިކަނބަލުން ދުނިޔެއަށް ދައްކަވާލައްވައިފި

19 ނޮވެމްބަރު 2022
އުތުރުކޮރެޔާގެ ލީޑަރުގެ ދަރިކަނބަލުން ދުނިޔެއަށް ދައްކަވާލައްވައިފި
02 ނޮވެމްބަރު 2022

ދެ ކޮރެޔާ ދެމެދު މަސްރަހު ހޫނުވެއްޖެ

02 ނޮވެމްބަރު 2022
ދެ ކޮރެޔާ ދެމެދު މަސްރަހު ހޫނުވެއްޖެ
05 އޮކްޓޯބަރު 2022

އުތުރު ކޮރެއާގެ މިސައިލުގެ ޖަވާބުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން މިސައިލްތަކެއް ފޮނުވައިފި

05 އޮކްޓޯބަރު 2022
އުތުރު ކޮރެއާގެ މިސައިލުގެ ޖަވާބުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން މިސައިލްތަކެއް ފޮނުވައިފި
04 އޮކްޓޯބަރު 2022

އުތުރު ކޮރިއާއިން މިހާތަނަށް އުފެއްދި އެންމެ ދިގުރާސްތާ މިސައިލް ޓެސްޓްކޮށްފި

04 އޮކްޓޯބަރު 2022
އުތުރު ކޮރިއާއިން މިހާތަނަށް އުފެއްދި އެންމެ ދިގުރާސްތާ މިސައިލް ޓެސްޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް