Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާއިން ޑްރޯނެއް ޓެސްޓްކުރުން

ކަނޑުއަޑިން ނިޔުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި

މިޑްރޯން ވަނީ ކަނޑުއަޑީގައި 80 އާއި 150 މީޓަރު އަޑީގައި 59 ގަޑިއިރު ވަންދެން ދަތުރުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 މާރިޗު 2023 | ހޮނިހިރު 01:50
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން

ކަނޑުއަޑިން ނިޔުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންއެއް އުތުރުކޮރެއާއިން ޓެސްޓްކޮށްފައިވާކަމަށް އެގައުމުގެ ދައުލަތުގެ މީޑިޔާއިން ބުނެފިއެވެ.

އުތުރު ކޮރެއާއިން ބުނާގޮތުގައި މިޑްރޯން ވަނީ ކަނޑުއަޑީގައި 80 އާއި 150 މީޓަރު އަޑީގައި 59 ގަޑިއިރު ވަންދެން ދަތުރުކޮށްފައެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވަނީ އެގައުމުގެ އިރުމަތީ އައްސޭރިފަށުގައި ބޮމެއް ގޮއްވާލާފައިކަމަށްވެސް ދައުލަތުގެ މީޑިޔާއިން ބުނެއެވެ.

ކަމާބެހޭ މާހިރުން ބުނާގޮތުގައި އުތުރު ކޮރެއާއިން އަންނަނީ އެގައުމަށް ލިބިފައިވާ ނިޔުކުލިއަރ އެކި ކަހަލަ ގާބިލުކަން އެމެރިކާ އާއި ދެކުނު ކޮރެއާއަށް ދައްކާލަމުންނެވެ. ނަމަވެސް ކަނޑުއަޑީގެ މިއުޅަނދު އަދި އޮތީ ރަނގަޅަށް ބޭނުންކުރެވޭފަދަ ހާލަތެއްގައި ކަމާމެދު ސުވާލު އުފެދޭކަމަށެވެ.

ކާނެގީ އެންޑައުމެންޓް ފޮރ އިންޓަރނޭޝަނަލް ޕީސްގެ އިސް އޮފިޝަލެއް ކަމުގައިވާ އަންކިތު ޕެންޑާ ވިދާޅުވީ އުތުރު ކޮރެއާއިން ނިޔުކުލިއަރ ބޮމެއް އުފުލޭނެ އަދި ނިޔުކުލިއަރ ހަމަލާއެއް ދެވޭނެ ގިނަ ގޮތްތަކެއް ހޯދާފައިވާކަމަށެވެ. އޭގެތެރޭގައި މިސައިލާއި، ސަބްމެރިން އާއި މޯބައިލް މިސައިލް ލޯންޗަރ ހިމެނެއެވެ. އަދި މިހާރު މިވަނީ ކަނޑުއަޑީގައި ދަތުރުކުރާ ޓޯޕީޑޯއެއް ނުވަތަ ޑްރޯންއެއް އުފައްދާފައެވެ.

އަލަށް މިއުފެއްދި ޑްރޯންއަށް އުތުރުކޮރެއާއިން ދީފައިވާ ނަމަކީ "ހައެއިލް" އެވެ. އޭގެ މާނައަކީ ސުނާމީއެވެ. މިޑްރޯން އަކީ އެހެން ގައުމުތަކުގެ އަސްކަރީ މަނަވަރުތަކާއި، އަސްކަރީ ބަނދަރުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއްކަމަށް އުތުރު ކޮރެއާއިން ބުނެއެވެ. އުތުރުކޮރެއާގެ ދައުލަތުގެ މީޑިޔާއިން ބުނާގޮތުގައި މިޑްރޯން ޓެސްޓްކުރިއިރު އެކަން އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގ އުން ވަނީ ބައްލަވާފައެވެ.

މިކަމާއި ގުޅިގެން ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވީ ޑްރޯން ޓެސްޓްކުރިތޯ ދިރާސާކުރަމުންދާކަމަށެވެ.

އުތުރު ކޮރެއާއުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުންދެކުނު ކޮރެއާއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު