Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ - އުތުރު ކޮރެއާ

އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް ކިމް ޖޮން-އުން ރަޝިއާއަށް ވަޑައިގެންފި

13 ސެޕްޓެމްބަރު 2023 | ބުދަ 02:54

ކޮވިޑްގެ ޕެންޑަމިކްގެ ފަހުން ކިމް ގައުމުން ބޭރަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 13 ސެޕްޓެމްބަރު 2023 | ބުދަ 02:54
އުތުރު ކޮރެއާގެ އެންމެ ފަހުގެ މިސައިލް ޓެސްޓު ކިމް ބައްލަވާލައްވަނީ

އުތުރު ކޮރެއާގެ އެންމެ ފަހުގެ މިސައިލް ޓެސްޓު ކިމް ބައްލަވާލައްވަނީ

ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް ޕޫޓިންއާ އެކު މަޝްވަރާ ކުރެއްވުމަށް ކިމް ޖޮން-އުން ރަޝިއާއަށް ވަޑައިގެންފިއެވެ.

އުތުރު ކޮރެއާގެ އިސް ލީޑަރު ކިމް ޖޮން-އުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށް ރަޝިއާއަށް މި ވަޑައިގެންނެވީ އޭނާ މީގެ ކުރިން ނުކުރައްވާ ޒާތުގެ ވަރަށް ނާދިރު ދަތުރުފުޅެއްގަ އެވެ.

ކަޅު ކުލައިގެ ސޫޓެއް ލައިގެން، ޔުނީފޯމް އަޅައިގެން ތިބި ދިފާއީ އޮފިޝަލުންނާއެކު އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާގެ ފޮޓޯތަކުން ފެންނަ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ޕިޔޮންގްޔާން ސްޓޭޝަނުން ފުރައިގެން ވަޑައިގެންނެވިއިރު، ކިމް އޭނާގެ ހަރުކަށި ހަތިޔާރު އެޅި ޕްރައިވެޓް ރޭލުގެ ދޮރާށިން އަތް ދިއްކޮށްލައްވަ އެވެ.

ރަޝިއާގެ ދައުލަތުގެ ނިއުސް އެޖެންސީ ރިއާ ނޮވޮސްތީ ވަނީ ކިމްގެ ރޭލު ބޯޑަރު ހުރަސްކޮށް ޕްރިމޯސްކީ ސަރަހައްދަށް ވަދެފައިވާކަން ކަށަވަރުކޮށްދީފައެވެ. ކިމްގެ ރޭލް ދަތުރުކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތައްވެސް ވަނީ އެ އެޖެންސީން ހިއްސާކޮށްފައެވެ.  

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ކިމް މި ހަފުތާގެ ފަހުކޮޅު ދުރުއިރުމަތީގައި ޕުޓިންއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

އުތުރު ކޮރެއާ-ރަޝިއާ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ދުރުއިރުމަތީގެ ސިޓީއެއް ކަމަށްވާ ވްލަޑިވޮސްޓޮކްގައި ކުރިއަށްދާ އީސްޓަން އިކޮނޮމިކް ފޯރަމްގެ ހަވާސާގައި މި ދެ ބޭފުޅުން ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. މި ފޯރަމް ކުރިއަށްދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ރަޝިއާގެ މީޑިއާތަކަށް ވިދާޅުވީ ދެ ލީޑަރުން މަޝްވަރާ ކުރައްވާނީ "ނާޒުކު" މައުޟޫއުތަކާ ބެހޭގޮތުން ކަމަށެވެ.

ޕެސްކޯވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަޝްވަރާތަކާ ގުޅިގެން އެމެރިކާގެ "އިންޒާރުތަކަށް" ލީޑަރުން އިހުމާލުވާނެ ކަމަށެވެ.

ތަޖުރިބާކާރުން ބުނަނީ އޭގެ ބަދަލުގައި އެޑްވާންސް ސެޓެލައިޓާއި ނިއުކްލިއާ ހަކަތަ ބޭނުންކުރާ ސަބްމެރިން ޓެކްނޮލޮޖީ ބޭނުންވާ އުތުރު ކޮރެއާއިން އާޓިލަރީ ހަތިޔާރުތަކާއި އެންޓި ޓޭންކް މިސައިލްތައް މޮސްކޯއިން ހޯދާނެ ކަމަށެވެ.

އުތުރު ކޮރެއާގެ އަސްކަރީ އިސް އޮފިޝަލުންނާއެކު، ހަތިޔާރު އުފެއްދުމާއި ޖައްވީ ޓެކްނޮލޮޖީއާ ހަވާލުވެ ހުންނެވި އޮފިޝަލުންނާއެކު ކިމް "ރަޝިއާ ފެޑެރޭޝަނަށް ޒިޔާރަތް ކުރެއްވުމަށް އާދީއްތަ ދުވަހުގެ މެންދުރު ފަހު އޭނާގެ ރޭލުން ފުރާވަޑައިގެންނެވި،" ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުންޏެވެ.

ކޭސީއެންއޭގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކިމް އަށް ޕިއޮންޔޮންގް ސްޓޭޝަންގައި ރެޑް ކާޕެޓާއި އޮނަރ ގާޑާއެކު ފުރިހަމަ "ހޫނު ސެންޑް އޮފް" އެއް އަރުވާފައިވެ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފެށުނު ފަހުން ކިމް އުތުރުން ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ. ޕުޓިންއާ ބައްދަލުކުރެއްވުމަށް ރަޝިއާއަށް މީގެ ކުރިން ދަތުރުފުޅެއް ކުރެއްވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. 

ޕިޔޮންގްޔަންގްގެ ތާރީޚީ އެކުވެރިއެއް ކަމުގައިވާ މޮސްކޯއަކީ ޒަމާނުއްސުރެ އެކަހެރިވެފައިވާ ޤައުމަށް ވަރަށް ބޮޑަށް ތާއީދުކުރާ ޤައުމަކަށްވާއިރު، މީގެ 75 އަހަރު ކުރިން އުތުރު ކޮރެއާ އުފެދުމާ ހަމައަށް އެ ޤައުމުގެ ގުޅުން ވަނީ ބަދަހިވެފައެވެ.

ވައިޓް ހައުސްއިން ދާދި ފަހުން ވަނީ ޔޫކްރެއިންގައި މޮސްކޯ އިން ކުރާ ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދީފިނަމަ ޕިޔޮންގްޔަންގް އިން "އަގެއް ދައްކާންޖެހޭނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އުތުރު ކޮރެއާއުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
24 ޖުލައި 2024

އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް

24 ޖުލައި 2024
އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް
15 ސެޕްޓެމްބަރު 2023

އެމެރިކާއިން އުޅެނީ އުތުރު ކޮރެއާއާ ވާހަކަ ދައްކަން ނުކެރިގެން؟

15 ސެޕްޓެމްބަރު 2023
އެމެރިކާއިން އުޅެނީ އުތުރު ކޮރެއާއާ ވާހަކަ ދައްކަން ނުކެރިގެން؟
13 ސެޕްޓެމްބަރު 2023

ބޮޑު ދެ ލީޑަރުންގެ ބައްދަލުވުމާއެކު އެމެރިކާއާއި ހުޅަނގު ހީކަރުވާފައި

13 ސެޕްޓެމްބަރު 2023
ބޮޑު ދެ ލީޑަރުންގެ ބައްދަލުވުމާއެކު އެމެރިކާއާއި ހުޅަނގު ހީކަރުވާފައި
25 މާރިޗު 2023

ކަނޑުއަޑިން ނިޔުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި

25 މާރިޗު 2023
ކަނޑުއަޑިން ނިޔުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި
20 ޑިސެމްބަރު 2022

ދަތިކުރުމުގެ ފިޔަވަޅަކުން މިސައިލެއް ނުހުއްޓުވޭނެ - އުތުރު ކޮރެއާ

20 ޑިސެމްބަރު 2022
ދަތިކުރުމުގެ ފިޔަވަޅަކުން މިސައިލެއް ނުހުއްޓުވޭނެ - އުތުރު ކޮރެއާ
19 ނޮވެމްބަރު 2022

އުތުރުކޮރެޔާގެ ލީޑަރުގެ ދަރިކަނބަލުން ދުނިޔެއަށް ދައްކަވާލައްވައިފި

19 ނޮވެމްބަރު 2022
އުތުރުކޮރެޔާގެ ލީޑަރުގެ ދަރިކަނބަލުން ދުނިޔެއަށް ދައްކަވާލައްވައިފި
02 ނޮވެމްބަރު 2022

ދެ ކޮރެޔާ ދެމެދު މަސްރަހު ހޫނުވެއްޖެ

02 ނޮވެމްބަރު 2022
ދެ ކޮރެޔާ ދެމެދު މަސްރަހު ހޫނުވެއްޖެ
05 އޮކްޓޯބަރު 2022

އުތުރު ކޮރެއާގެ މިސައިލުގެ ޖަވާބުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން މިސައިލްތަކެއް ފޮނުވައިފި

05 އޮކްޓޯބަރު 2022
އުތުރު ކޮރެއާގެ މިސައިލުގެ ޖަވާބުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން މިސައިލްތަކެއް ފޮނުވައިފި
04 އޮކްޓޯބަރު 2022

އުތުރު ކޮރިއާއިން މިހާތަނަށް އުފެއްދި އެންމެ ދިގުރާސްތާ މިސައިލް ޓެސްޓްކޮށްފި

04 އޮކްޓޯބަރު 2022
އުތުރު ކޮރިއާއިން މިހާތަނަށް އުފެއްދި އެންމެ ދިގުރާސްތާ މިސައިލް ޓެސްޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް