Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާ-އުތުރު ކޮރެއާ

އެމެރިކާއިން އުޅެނީ އުތުރު ކޮރެއާއާ ވާހަކަ ދައްކަން ނުކެރިގެން؟

2022 ވަނަ އަހަރުން ފެށިގެން ކިމް ވަނީ 100ށް ވުރެ ގިނަ މިސައިލް ޓެސްޓުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ސެޕްޓެމްބަރު 2023 | ހުކުރު 03:04
އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގ އުން

އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގ އުން

އެމެރިކާގެ ފިއްތުންތަކާއި ޖެއްސުން ކުރުމާއެކުވެސް އުތުރު ކޮރެއާއިން ގެންދަނީ ތަކުރާރުކޮށް އެމެރިކާ އިތުރަށް ރުޅިގަދަ ކުރަމުންނެވެ.

ކިމް ޖޮންގ އުން ތަކުރާރުކޮށް ގެންދަވަނީ އޭނާއަކީ ހުޅަނގާއި އެމެރިކާ ތުރުތުރު އަޅުވާލުމުގެ ޤާބިލުކަން ލިބިފައިވާ ލީޑަރެއްކަން ދައްކުވައިދެއްވަމުންނެވެ. ހަމައެކަނި އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމުންވެސް އެކަން ހާމަވެއެވެ.

2022 ވަނަ އަހަރުން ފެށިގެން ކިމް ވަނީ 100ށް ވުރެ ގިނަ މިސައިލް ޓެސްޓުކޮށް، ދެފަހަރެއްގެ މަތިން ޖާސޫސީ ސެޓަލައިޓު ފޮނުވުމުގެ ޓެސްޓުތަކެއްވެސް ކޮށްފައެވެ. އެ ދެފަހަރު ފެއިލްވި ނަމަވެސް، އުތުރު ކޮރެއާއިން ދައްކަމުންދާ މަންޒަރަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އުތުރު ކޮރެއާގެ ކަހާތަން ހިރުވާވެސް ނުލާނެ ކަމެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ޓްރަމްޕާއި ކިމްގެ ތާރީޚީ ބައްދަލުވުމުގެ ތެރެއިން ޓްރަމްޕް އޭރު ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދެބައިކުޅަ އެއްބައި މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ބަދަލުގައި އުތުރު ކޮރެއާއިން ޔޮންބިއޯންގައި ހުންނަ މައި ނިއުކްލިއަރ ފެސިލިޓީ ދޫކޮށްލެއްވުމަށް ހުށައަޅުއްވާފައެވެ. ނަމަވެސް އެ ހުށައެޅުއްވުން ކިމް އޭރުވެސް ބަލައިގެންފައެއް ނުވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރަޝިއާއާއި އުތުރުކޮރެއާގެ ބަދަހިވަމުން އަންނަ ގުޅުމަކީ އެމެރިކާއިން ހަތިޔާރު ބަހައްޓައި، އުތުރު ކޮރެއާ އަތުއަޅުވާލުމަށް މަސައްކަތް ފަށަންޖެހިއްޖެކަމުގެ ސިގްނަލެކެވެ. އެގޮތުން އެމެރިކާއިން އުތުރު ކޮރެއާއާއެކު އަވަސް މަޝްވަރާތަކަކާއި އެއްބަސްވުންތަކަކަށް އައުމަށް ޒައިތޫނި ފަތްކޮޅު ދިއްކޮށްލަން ޖެހޭ ދަނޑިވަޅު މިއޮތީ އައިސްފައިކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ވަކިން ޚާއްސަކޮށް ރަޝިއާއިން މިސައިލް ޓެކްނޮލޮޖީގައި އުތުރު ކޮރެއާއަށް އެހީތެރިކަން ދޭނެކަމަށް ބުނެފައި އޮތް އޮތުމަކީ އެމެރިކާއިން ވިސްނާލަން ޖެހިފައިވާ ކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސުވާލަކީ އެމެރިކާއަށް އުތުރު ކޮރެއާއާ ވާހަކަ ދައްކަން ފަށަން ކެރޭނެބާއެވެ. ނުވަތަ، އެމެރިކާއަށް މި މައްސަލަ ޙައްލު ކުރަން ފުރަތަމަ ފުރޮޅާލަންވީ ކޮން ގާކޮޅެއްކަން އެނގޭބާއެވެ. އެމެރިކާ އަދިވެސް އެ ޤައުމުގެ ހައިބަތާއި ބޮޑާކަމުގައި ދުރުގައި މަންޒަރު ބަލަން އޮންނާނީބާއެވެ. މިއީ ހައްތަހާވެސް ތަޖުރިބާކާރުން އުފައްދާ ސުވާލުތަކެވެ.

އުތުރު ކޮރެއާއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު