Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގު

ދަ ގްރާންޑޭ ބަލިކޮށް، އީގަލްސްއަށް ތިންވަނާގައި ލީޑެއް!

އީގަލްސް މޮޅުވީ ދަ ގްރާންޑޭއިން ދެ ލަނޑު ޖަހާފައި ވަނިކޮށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 9 މާރިޗު 2022 | ބުދަ 22:20
އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން

އީގަލްސްއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން

ދިވެހި ޕްރިމިއަރ ލީގުގައި ދަ ގްރާންޑޭ ބަލިކޮށް, ކްލަބް އީގަލްސްއިން ތިންވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. އީގަލްސްއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދީ 4-2ން ނެވެ.

މެޗުގެ ފުރަތަމަ ހާފް 2-2ން އެއްވަރުވި ނަމަވެސް, ދެވަނަ ހާފް ފަށައިގެން މިނިޓެއްވެސް ނުވަނީސް އީގަލްސްއިން މެޗުގެ ލީޑް ހޯދިއެވެ. އެލީޑް ދަމަހައްޓާ ފަރަޤު ބޮޑުކުރީ އިތުރު ވަގުތުގައެވެ. މެޗު އީގަލްސްއިން ކާމިޔާބުކުރީ ދަ ގްރާންޑޭއިން ފުރަތަމަ ދެ ލަނޑު ޖަހާ ކުރިހޯދާފައިވަނިކޮށެވެ. ފުރަތަމަ ދެ ލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ ސްރީލަންކާގެ މުޙައްމަދު އާކިބްއާއި, އިސްމާއީލް މަފާޒު އިބްރާހީމްއެވެ. ދަ ގްރާންޑޭއިން ދެ ލަނޑު ޖެހީ ފުރަތަމަ 30 މިނިޓްގެ ތެރޭގައެވެ.

31 ވަނަ މިނިޓްގައި އީގަލްސްގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު ހަސަންއެވެ. އެކަމަކު ދެވަނަ ހާފްގައި މުޅިން ހުހަށް ރިޒޭ ތަނަވަސްކޮށްދިން ފުރުޞަތު އަހުމަދު ހަސަންއަށް ބޭނުމެއް ނުކުރެވުނެވެ. ހާފް ނިމުމުގެ ކުރިން އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އަބުދުﷲ ސަމީހު މޫސާއެވެ, ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި އީގަލްސްއަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިދިނީ ހުމެއިދު ހުސެއިންއެވެ. އަހުމަދު ހަސަންއަށް ހުސްކޮށް ލިބުނު ފުރުޞަތު ބޭނުން ނުކުރެވުނުތާ މިނިޓެއްގެ ތެރޭގައި އޭނާގެ ބަދަލުގައި ކުޅެން ނެރުނީ އަބުދުﷲ ޒިޔާންއެވެ. އިތުރު ވަގުތުގައި އީގަލްސްގެ ހަތަރުވަނަ ގޯލް ޖެހީ ޒިޔާންއެވެ.

އޭގެ ފަހުން ދަ ގްރާންޑޭއިން ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވިއެވެ, އަދި މެޗު ނިމުމުގެ ކުރިން އީގަލްސްއަށްވެސް އިތުރު ފުރުޞަތެއް ލިބުނެވެ. މިމޮޅާއެކު އީގަލްސް ތިންވަނާގައި އޮތީ 10 ޕޮއިންޓާއެކުއެވެ. ދެވަނާގައިވާ ވެލެންސިޔާއާ ދެމެދު އޮތީ 2 ޕޮއިންޓްގެ ފަރަޤެކެވެ. އަދި ހަތަރުވަނާގައި އޮތް ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް 3 ޕޮއިންޓްގެ ލީޑެއް ވަނީ ހޯދާފައެވެ. ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރެވެ. ވާދަކުރާނީ މާޒިޔާއާއި ގްރީން ސްޓްރީޓްސްއެވެ.

ދިވެހި ޕްރިމިއާ ލީގުދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްދަ ގްރާންޑޭ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު