Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ގްރީންއަށްވުރެ ކުރިއަށް ޓީސީ

ގްރީން އަތުން އަންގާރަ ދުވަހުގެ ރޭ ޓީސީ މޮޅުވީ 1-0

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 މާރިޗު 2022 | އަންގާރަ 21:23
ޓީސީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު

ޓީސީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު

ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް, ދިވެހި ޕްރިމިއަރ ލީގު ތާވަލްގައި ޓީސީން ގްރީންގެ ކުރިއަށް ޖެހިލައިފިއެވެ.

ޕްރެޒިޑެންޓްކަޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދާ, ހަނިގޮތަކަށް ފައިނަލްގެ ފުރުޞަތު ގެއްލުނު ގްރީން އަތުން އަންގާރަ ދުވަހުގެ ރޭ ޓީސީ މޮޅުވީ 1-0ން އެވެ.

މެޗުގެ ހަމައެކަނި ލަނޑު އަދި މެޗުން ޓީސީ މޮޅުކޮށްދިން ލަނޑު 12 ވަނަ މިނިޓްގައި ޖެހީ އޮމަރުއެވެ. މެޗުން ގްރީން ބަލިވިޔަސް އެޓީމުން ލަނޑު ޖަހާނެ ފުރުޞަތުތައް ހޯދާ އެޓޭކް ކުރިއެވެ. ފުރަތަމަ ހާފްގައި ޑިފެންޑަރ އަލީ ޝާމިސް (ތޮއްޕެ) ފޮނުވާލި ބާރު ބޯޅައާއި, ދެވަނަ ހާފްގައި އަންސަރު އިބްރާހީމް ގޯލްގެ ދުރުކަނަށް ފޮނުވާލި ބޯޅަވެސް ސަލާމަތްކުރީ ލަންކާ ޤައުމީ ޓީމްގެ އެއްވަނަ ކީޕަރު ސުޖަންއެވެ.

މިމޮޅާއެކު ޓީސީން ވަނީ 4 މެޗުން 6 ޕޮއިންޓް ހޯދާފައެވެ. ތާވަލްގައި އެޓީމް މިހާރު އޮތީ 5 ވަނާގައެވެ. ގްރީން ސްޓްރީޓްސް އޮތީ 4 މެޗުން 4 ޕޮއިންޓާއެކު 6 ވަނާގައެވެ. އެއްވަނާގައި މާޒިޔާ އޮތީ 4 މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. މާޒިޔާގެ ފަސްވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއެވެ. މިވަގުތު ދެވަނާގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާއެކު ވެލެންސިޔާއެވެ. ޔޫވީ އޮތީ ތިންވަނާގައެވެ. އެއީ 4 މެޗުން 7 ޕޮއިންޓާއެކުއެވެ.

ދިވެހި ޕްރިމިއާ ލީގުޓީސީ ސްޕޯޓްސް ކުލަބުކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
10 ނޮވެމްބަރު 2025

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު