Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ރަޝިޔާގައި ޕްރިމިއަރ ލީގުގެ މެޗުތައް ދެއްކުންވެސް މެދުކަނޑާލައިފި

8 މާރިޗު 2022 | އަންގާރަ 21:21

މިހަފްތާގައި ކުޅޭ ޕްރިމިއަރ ލީގުގެ މެޗުތައް ރަޝިޔާއަށް ނުފެންނާނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 މާރިޗު 2022 | އަންގާރަ 21:21
ޕްރިމިއަރ ލީގުގެ މެޗެއް ހިނގަމުންދިޔައިރު ސްޓޭޑިއަމް ސްކްރީން

ޕްރިމިއަރ ލީގުގެ މެޗެއް ހިނގަމުންދިޔައިރު ސްޓޭޑިއަމް ސްކްރީން

ރަޝިޔާގައި އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތައް ދެއްކުން, ޕްރިމިއަރ ލީގުން މެދު ކަނޑާލައިފިއެވެ.

މިނިންމުން އަންގާރަ ދުވަހުގެރޭ ނިންމާފައިވަނީ ޕްރިމިއަރ ލީގުގައި ވާދަކުރާ 20 ކްލަބްގެ ބައްދަލުވުމަކުންނެވެ. ލަންޑަންގައި ވިހި ކްލަބުން ބޭއްވި ބައްދަލުވުން ހަތަރު ގަޑިއެއްހާއިރަށް ދެމިގެން ދިޔަޔަސް އެނިންމުން ނިންމަން ހޭދަވީ އެންމެ 15 މިނިޓްކަމަށް ބީބީސީ ސްޕޯރޓްސްއިން ވަނީ ރިޕޯރޓްކޮށްފައެވެ.

ޕްރިމިއަރ ލީގުގެ ނިންމުން އައިސްފައި މިވަނީ ރަޝިޔާއިން ޔުކްރެއިންއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުންނެވެ. ރަޝިޔާ ސިފައިން ޔުކްރެއިންއަށް އަރާ ދެމުންގެންދާ ހަމަލާތަކުގައި މީހުން މަރުވެ, ޒަޚަމްވަމުންދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ރަޝިޔާއަށް ލީގުގެ މެޗުތައް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލުމުގެ ކުރިންވެސް ރަޝިޔާގެ އަމަލުތައް ކުށްވެރިކޮށް, ޔުކްރެއިންއަށް ތާއީދުކުރުމުގެ ގޮތުން ޕްރިމިއަރ ލީގުން ވަނީ ޚާއްޞަ ކަންތައްތަކެއް ކޮށްފައެވެ.

އޭގެތެރޭގައި ލީގުގެ މެޗުތަކުގައި ވާދަކުރާއިރު ޓީމްތަކުގެ ކެޕްޓަނުން އަޅާ ކެޕްޓަން ބޭންޑުން ޔުކްރެއިންގެ ދިދަ ރަމްޒުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ފުޓްބޯޅަ އާއިލާ އެކުގައި ޔުކްރެއިންއާއެކު ތިބިކަން ދޭހަކޮށްދިނުމަށް ސްކްރީނުން ޚާއްޞަ މެސެޖެއްވެސް އަންނަނީ ދައްކަމުންނެވެ.

ޕްރިމިއަރ ލީގުގެ މިނިންމުމާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު ލީގުގައި ކުޅޭ ހަތަރު މެޗުވެސް ރަޝިޔާއަކަށް ނުފެންނާނެއެވެ. ޕްރިމިއަރ ލީގުގެ އިތުރުން އިނގިރޭސި އެފްއޭއިންވެސް މިފިޔަވަޅު އަޅާފައިވާތީ މިމަހު ކުޅޭ އިނގިރޭސި އެފްއޭކަޕްގެ ކްއާޓަރ ފައިނަލް މެޗުތައްވެސް ނުފެންނާނެއެވެ. ރަޝިޔާގައި ލީގުގެ މެޗުތައް ދެއްކުމަށް ބްރޯޑްކާސްޓިންގ ރައިޓްސް ދީފައިވަނީ ރަމްބްލާ ގްރޫޕަށެވެ. ރަޝިޔާއަށް މެޗުތައް ދެއްކުމަށް އެގްރޫޕާއެކު ވެފައިވާ 3 އަހަރުގެ އެއްބަސްވުން މިއަހަރު ނިމޭނެއެވެ.

މެޗުތައް ރަޝިޔާގައި ދެއްކުން މެދުކަނޑާލުމުގެ އިތުރުން ޕްރިމިއަރ ލީގުން ވަނީ ޔުކްރެއިންގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 1 މިލިއަން ޕައުންޑް ދިނުމަށްވެސް ނިންމާފައެވެ.

ޕްރިމިއަރ ލީގު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް