Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދިއްޕޮޅުގެ ބަނދަރު ތަރައްގީކުރުން

އިހަވަންދިއްޕޮޅުގެ ބަނދަރު: ހުރަސްތައް ނައްތާލައި ފިޔަވަހި ތަކަކަށް ބަހާލައިގެން އެ މަސައްކަތް ފެށުމަށް ނިންމައިފި

ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި އެންމެ ބޮޑު ފާއިދާއެއްކޮށް، ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ ދެވަނަ އިންޑަސްޓްރީއަށްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 މާރިޗު 2022 | އަންގާރަ 11:11
އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

އިހަވަންދިއްޕޮޅުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ހުރި ހުރަސްތައް ނައްތާލައި ފިޔަވަހި ތަކަކަށް ބަހާލައިގެން އެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީން ނިންމައިފިއެވެ.

އިހަވަންދިއްޕޮޅު ބަނދަރުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހޯރަފުށީ ދައިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ގަރާރު ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ އިތުރު ދިރާސާއެއް ކުރުމަކާ ނުލައި، ބޭރު ބަޔަކަށް މަސައްކަތް ދިނުމުގެބަދަލުގައި ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

މި ކޮމެޓީގައި ވާހަކަދައްކަވަމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އިހަވަންދިއްޕޮޅުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ލަސްވެފައިވާކަން އެންމެންވެސް ގަބޫލުކުރާ ކަމަށާއި، މި މަސައްކަތް ފެށުމަށްޓަކައި މިހާރު ކަމާގުޅުން ހުރި ހުރިހާ އިދާރާއަކާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކުން މި މަސައްކަތް ކުރުމަށް ގަވާއިދަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގަވާއިދަށް ބަދަލު ނުގެނެސް މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކަކާ މިނިސްޓްރީން ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން ގަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަންޖެހޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.

އިހަވަންދިއްޕޮޅުގައި ގާއިމްކުރެވޭ ބަނދަރުން އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެކަން ފާހަގަކުރައްވައި މެމްބަރު ރިޒާ ވިދާޅުވީ ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި އެންމެ ބޮޑު ފާއިދާއެއްކޮށް، ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ ދެވަނަ އިންޑަސްޓްރީއަށްވާނެ ކަމަށެވެ.

ގަރާރާއި ގުޅޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިއީ މުޅި ރާއްޖެއަށް އިގްތިސާދީ ގޮތުން ހެޔޮ ބަދަލެއް ގެންނާނެ ފަދަ މަސައްކަތެއް ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދެއްކެވިއެވެ.

މެމްބަރުގެ ރިޒާގެ ވާހަކަތަކަށް އެހެން މެމްބަރުން ވެސް ވަނީ ތާއީދު ކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން މެމްބަރުން ފާހަގަކުރެއްވި ކަންކަމުގައި މި މަސައްކަތް ކުރުމަށް ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި ފޭސްތަކަކަށް ބަހާލައިގެން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނިންމިއެވެ.

މީގެ އިތުރުން މިބަނދަރު ތަރައްގީ ކުރުމަށްޓަކައި މީގެ ކުރިން ހަދާފައިވާ ދިރާސާތައް ހެދީ ކޮންބައެއްކަން ހާމަކޮށްދިނުމަށް އެދިފަވެއެވެ. އަދި ސަރވޭއަށް ރިޔާއަތްކޮށް އެންމެ ގާބިލް ދިވެހި ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދިއުމުގެ ހުއްދަ ދިނުމަށް ފާސްކޮށްފައިވެއެވެ.

ގަރާރުގައި ބުނެފައިވަނީ، ރާއްޖެއަކީ ހުޅަނގާއި އިރުން މުދާ ހިފައިގެންދާ އާގުބޯޓު ފަހަރު، ދަތުރުކުރާ މަގުގައި އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ހުރަސްކުރާ ޗެނަލަކަށްވާތީ، މިކަމުން ހޯދެން އޮތް ނަފާ ހޯދުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އަމާޒު ހިފިދާނެ ސިނާއަތެއް ކަމަށެވެ. ބޭރުގެ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ސިނާއަތެއް މިހިނދުން މިހިނދަށް ގާއިމުކުރުމަކީ، ބޭނުންތެރިކަމެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެ ހުރަސްކޮށް ގައުމުތަކަށް ގެންދާ މުދަލުގެ އަގު އިތުރުވެފައިވާ ކަމަށާއި، ރާއްޖެ ހުރަސްކޮށްދާ ބޯޓުފަހަރު ކޮންމެ އަހަރަކު ހާހުން އިތުރުވަމުން އަންނައިރު، އެ ބޯޓުފަހަރުން ގެންދާ މުދަލުގެ އަގު ބިލިއަނުން ގުނާލެވެއެވެ. އެހެންކަމުން އެ ސިނާއަތުގެ މަންފާ ހޯދުން މުހިއްމު ކަމަށް ގަރާރުގައި ވެއެވެ. އެ މަންފާ ލިބޭނެ ޓްރާންސްޝިޕްމެންޓް ޕޯޓެއް، މިދިޔަ ދިގު މާޒީގައި ގާއިމުވެފައި ނެތް ކަމަށާއި، ރާއްޖެއަކީ މި ސިނާއަތުން އެންމެ ފައިދާ ވާނެ ގައުމު ކަމުގައި ގަރާރުގައި ވެއެވެ.

މިފަދަ ބަނދަރެއް ގާއިމުކުރުމަކީ ބިލިއަނުން އިންވެސްޓްމަންޓް ބޭނުންވާނެކަމެއް ކަމަށާއި، އެހެންނަމަވެސް އެވަރުގެ ފައިނޭންސާ ނުލާ ވެސް މިހާރުވެސް ކުރެވިދާނެ ކަންކަން އެބަހުރިކަން ފާހަގަކޮށް ގަރާރުގައި ބުނނެފައިވަނީ، ބޯޓުތައް ބަނދަރުކުރެވި، ކޮންޓެއިނަރުތައް ބާލައި، ކަންކަން ނުކުރެވުނަމަވެސް އިހަވަންދިއްޕޮޅަކީ، ފަޅުވެރިންނަށް ޚިދުމަތްތަކެއް ދެވޭނެ ޕޮއިންޓަކަށް ހެދިދާނެ ކަމަށެވެ.

އެހެންކަމުން މިހާރުން މިހާރަށް އުލިގަމުގައި ބޯޓު ފަހަރަށް ކޮންމެވެސް ޚިދުމަތެއް ދެވޭނެ މަގު ފަހިކުރުމާއި، ސެކިއުރިޓީ ފޯރުކޮށްދިނުން މިހާރުވެސް ހަމަޖެހިގެންދާނެ ގޮތެއް ބައްލަވައިދެއްވުމަށް ގަރާރުގައި ވަނީ އެދިފައެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

12 މެއި 2024
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ

އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ

27 މާރިޗު 2023
އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް

އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް

13 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު