Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންކަރިންގެ ހިދުމަތް ދިނުން

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރު ކުރީކޮޅު ދޭން ފެށޭނެ – ޝަރީފް

ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ބަޖެޓް ދަނީ ހަމަޖައްސަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖުލައި 2022 | އާދީއްތަ 00:08
އިހަވަންދިއްޕޮޅު ސަރަޙައްދުން ދަތުރުކުރަމުންދާ އާގު ބޯޓެއް

އިހަވަންދިއްޕޮޅު ސަރަޙައްދުން ދަތުރުކުރަމުންދާ އާގު ބޯޓެއް

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ބޭނުންވާ ބަންކަރިންގެ ހިދުމަތް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ދޭން ފަށާނެ ކަމަށް އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ގާއިމްކޮށް ހިދުމަތް ދޭނީ އެމްޕީއެލްއިން ކަމަށާއި، އެކަން ކުރާނީ އެސްޓީއޯއާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެމްޕީއެލް އިން މެނޭޖް ކުރިޔަސް މި މަސައްކަތުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އޮންނަންޖެހޭ ކަމަށާއި، މުއައްސަސާތަކުގެ އެއްބާރުލުމާ އެއްކޮށް މި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި މިއަހަރުގެ ފަހުކޮޅުގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައި ހިދުމަތް ފެށޭތޯ އެމްޕީއެލްއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި ކަމަށް ދާނެ ހަރަދުގެ ހިސާބު ހެދިފައިވާ ކަމަށެވެ. އަދި އެކަމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށާއި، މިކަމަށް ބޭނުންވާ ފަންޑު އެމްޕީއެލްއިން ހަމަޖައްސާނެ ކަމަށެވެ. މީގެ އިތުރުން މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގެ ސާވޭއެއް ހަދާނެ ކަމަށާއި، އެ ސަރވޭގެ މަސައްކަތް ވެސް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބަންކަރިން ދިނުމުގެ ވިސްނުން ގެންގުޅެނީ، ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން، ބޮޑެތި އާގު ބޯޓު ފަހަރަށް މިވަގުތަށް ރާއްޖެއިން އެންމެ ފަސޭހައިން ދެވޭނީ ބަންކަރިންގެ ހިދުމަތް ކަމަށެވެ. ސަބަބަކީ މުދާ އުފުލާ އާގު ބޯޓު ފަހަރަށް ރާއްޖެއިން ބަންކަރިންގެ ހިދުމަތް ދޭނަމަ، އެ އުޅަނދުތަކުގައި އުފުލޭނެ ކާގޯ އިތުރު ކުރެވޭނެ ކަމަށާއި، ބަންކަރިންގެ ހިދުމަތް ރާއްޖެއިން ހޯދާނަމަ ބޯޓު އޮޕަރޭޓް ކުރާ ފަރާތްތަކަށް ފައިދާ ވެސް ލިބޭނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ދެވިދާނެ ހިދުމަތްތައް ފާހަގަކޮށް، ހއ. ހޯރަފުށި، ތުރާކުނު އަދި އުލިގަމު ކައުންސިލުން ހުށަހަޅާފައިވާ ގަރާރުގައިވާ ކަންކަން ވީ އެންމެ އަވަހަށް އެ ސަރަހައްދުގައި ފެށުމަށްޓަކައި، އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތަށް ވޯކިންގ ގްރޫޕެއް އެކުލަވާލެވި މަސައްކަތް ކުރެވެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އަދި ވޯރކިންގ ގްރޫޕުން ކުރެވުނު މަޝްވަރާތަކަށްފަހު އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފެށިދާނެ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖްގެ ހިދުމަތާއި، ޝިޕް ސްޓޯރ އަދި ސަޕްލައި ފޯރުކޮށްދިނުމުގެ ހިދުމަތް ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ކަންކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ގާއިމްކޮށް، ވާންޖެހޭ އެހެނިހެން ތައްޔާރީތައް ވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އިން ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި އެ މިނިސްޓްރީގެ އަމާޒަކީ ލަސްވެގެން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި މި ހިދުމަތްތައް ތައާރަފަކުރެވިގެން ދިއުންކަމުގައި ވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވެއެވެ.

ބަންކަރިންގއިހަވަންދިއްޕޮޅުގެ އިގްތިސާދުމޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ވަޒީރަށް ބުނެ ނުދެވުނު، އުޅުއްވީ އޮޅުވާލައްވަން!

ބަންކަރިން އިން އިހަވަންދިއްޕޮޅަށް ލިބުނު އާމްދަނީ ވަޒީރަށް ބުނެ ނުދެވުނު، އުޅުއްވީ އޮޅުވާލައްވަން!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

އަހަރެއްވީއިރު ބަންކަރިންގެ ހިދުމަތުން ލިބުނީ، ރައީސް މުއިއްޒު އަންދާޒާކުރެއްވި އަދަދުގެ 3 އިންސައްތަ

16 އޮކްޓޯބަރު 2025
ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

ސައީދެވެ. މަނިކުފާނަށް އެނގޭނީ ފޮނިބައިސާ ކަނޑަައި ފިނިފެންމަލުން ހުޝާމަދުކުރާށެވެ.

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު