Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހަވަންދިއްޕޮޅު ޕޯޓް

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް މަޖިލީހުން ފާސްކޮށްފި

23 މާރިޗު 2022 | ބުދަ 09:53

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކުރުމަކީ އެތައް އަހަރެއްގެ އިޤްތިސާދީ ހިފެހެއްޓުމަކުން މިންޖުވާނެ ކަމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 23 މާރިޗު 2022 | ބުދަ 09:53
އިހަވަންދިއްޕޮޅު ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ޔޮޓު ފަހަރު ދަތުރުކުރޭ

އިހަވަންދިއްޕޮޅު ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ޔޮޓު ފަހަރު ދަތުރުކުރޭ

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް އިޤްތިސާދީ ކޮމިޓީން ނިންމި ނިންމުން ތަޅުމުން ފާސްކޮށްފިއެވެ.

ރިޕޯޓް ފާސްކުރީ 32 މެމްބަރުންގެ ވޯޓުންނެވެ. މިއީ އިހަވަންދިއްޕޮޅު ބަނދަރުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހޯރަފުށީ ދައިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ގަރާރެކެވެ. ކޮމިޓީން ނިންމާފައިވަނީ އިތުރު ދިރާސާއެއް ކުރުމަކާއި ނުލައި، ބޭރު ބަޔަކަށް މަސައްކަތް ދިނުމުގެ ބަދަލުގައި ދިވެހި ކުންފުންޏަކާއި ހަވާލުކޮށްގެން ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

Advertisement - newsAdvertisement

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސް ކުރުމަކީ އެތައް އަހަރެއްގެ އިޤްތިސާދީ ހިފެހެއްޓުމަކުން މިންޖުވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއެވެ.

މެމްބަރުން ވަނީ މިއީ މިހާރުން މިހާރަށްވެސް ފަށައިގެން ކުރިއަށް ގެންދެވިދާނެ އަދި، ދައުލަތަށްވެސް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެންވެސް ފަސޭހައިން ބައެއް ކަންކަން ހަމަޖަައްސައިގެން މިހާރުން މިހާރަށްވެސް މި މަސައްކަތް ފެށިދާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރުތަކަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮމިޓީން ކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

އެ ސަރަޙައްދު ހުރަސްކޮށް ދުވާލެއްގެ މައްޗައް އެތައް އާގު ބޯޓް ފަހަރު ދަތުރުކުރަމުންދާއިރު، ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވެންދެން އެ ސަރަޙައްދުގައި ފެށިދާނެ ޙަރަކާތްތަކެއް ބަޔާންކުރައްވައި، ހއ.ހޯރަފުއްޓާއި، ތުރާކުނާއި، އުލިގަމުގެ ކައުންސިލު މެމްބަރުން ސޮއިކުރައްވާ ނެރުއްވާފައިވާޤަރާރެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވާފައެވެ. 

އެ ޤަރާރާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ރައީސްވެސް މިހާރު ވަނީ ކަމާއި ގުޅުންހުރި އިދާރާތަކަށް އަންގަވާފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކައުންސިލުން ފާހަގަކޮށްފައިވާ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުން މުހިއްމުކަމަށް ފެންނަކަމަށް ރައީސް އޮފީހުން ދެކެއެވެ. ވުމާއެކު، އެކަންކަން ތަންފީޒު ކުރުމަށް ޤަރާރުގައި ހުށައަޅާފައިވާ ކަންކަން ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިސް ނަގައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ރައީސް ސާލިޙު ވަނީ އިކޮނޮމިކް މިނިސްޓްރީއަށް އަންގަވާފައެވެ.

ރައީސް ސާލިޙު ވަނީ އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ޑިފެންސް މިނިސްޓްރީއާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށް، އެކަންކަން ކުރިއަށް ގެންދިޔުމަށްވެސް އަންގަވާފައެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް