Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިހަވަންދިއްޕޮޅު ބަނދަރު

އެސްޓީއޯއިން އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، އިންޓަރނޭޝަނަލް ބަންކަރިންގ ދެނީ

އިހަވަންދިއްޕޮޅުގައި ފްލޯޓިންގ ސްޓޯރޭޖެއް ގާއިމްކުރެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 31 މެއި 2022 | އަންގާރަ 11:31
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފަށަން ނިންމައިފިއެވެ.

މިކަން އިއުލާނުކުރެއްވީ ހޯމަ ދުވަހުގެރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ރަޝާދެވެ.

އެސްޓީއޯގެ ފިއުލް ޓަރމިނަލް މިހާރު ގާއިމްކޮށްފައިވަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. އަމްރު ވިދާޅުވީ އެރަށުގައި ފިއުލް ޓަރމިނަލް ގާއިމުކޮށްފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާކަމަށެވެ. މިހާރު ރާއްޖޭގެ ރިސޯޓުތައް 3 ގުނަ އިތުރުވެ، ތެޔޮ ބޭނުންކުރަންޖެހޭ މިންވަރު އިތުރުވެފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އެހެންނަމަވެސް، އެރަށް އިތުރަށް ބޮޑު ކުރެވޭކަށް ނެތް ކަމަށާއި، މި ހާލަތުގައި ތެލަށް ސްޓްރެޓެޖިކް ސްޓޯރޭޖެއް ގާއިމްކުރުން ވަރަށް މުހިންމު ކަމުގައި އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މި މަސައްކަތާ ދިމާއަށް ދާއިރު، ރާއްޖެ އޮންނަނީ ވަރަށް ތަފާތު ސަރަހައްދެއްގައިކަން ފާހަގަވާކަމަށެވެ. ދުވާލަކު 300އަށްވުރެ ގިނަ އާގުބޯޓު މި ސަރަހައްދުން ދަތުރުކުރާކަމަށާއި، އެހެންނަމަވެސް، އެ ސަރަހައްދުގައި އެއަށް ސަރވިސް ދެވޭނެ ގޮތެއް ނެތްކަމަށް އަމްރު ވިދާޅުވިއެވެ. އެހެންކަމުން އެސްޓީއޯގެ ވިސްނުމަކީ ސްޓްރެޖެޓިކް ސްޓޯރޭޖާ އެކުގައި އިންޓަރނޭޝަނަލް ބަންކަރިންގއަށް ދިއުން ކަމުގައި އަމްރު ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތުގެ ތެރެއިން އިހަވަންދިއްޕޮޅުގައި ފްލޯޓިންގ ސްޓޯރޭޖެއް ގާއިމްކުރަން ޕްލޭންކޮށްފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ މިއީ ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް ލަސްނުކޮށް ފެށުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހޯރަފުށީ ދައިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރު، ކޮމިޓީން ފާސްކޮށްފައިވާއިރު، ކޮމިޓީން ނިންމާފައިވަނީ އިތުރު ދިރާސާއެއް ކުރުމަކާއި ނުލައި، ބޭރު ބަޔަކަށް މަސައްކަތް ދިނުމުގެ ބަދަލުގައި ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިޔުމަށެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކުރުމަކީ އެތައް އަހަރެއްގެ އިގުތިސާދީ ހިފެހެއްޓުމަކުން މިންޖުވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މެމްބަރުން ވިދާޅުވެއެވެ.

މެމްބަރުން ވަނީ މިއީ މިހާރުން މިހާރަށްވެސް ފަށައިގެން ކުރިއަށް ގެންދެވިދާނެ އަދި، ދައުލަތަށްވެސް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރެވެންދެންވެސް ފަސޭހައިން ބައެއް ކަންކަން ހަމަޖަައްސައިގެން މިހާރުން މިހާރަށްވެސް މި މަސައްކަތް ފެށިދާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އެކަމަށްޓަކައި، އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރުތަކަށް ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮމިޓީން ކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުއެސްޓީއޯހުސެއިން އަމްރު

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުން، އިމްޕޯޓު ކުރާ ހުރިހާ އެއްޗެއް ޓެސްޓު ކުރެވޭނެ ގޮތަށް ލެބޯޓްރީއެއް ގާއިމް ކުރަންޖެހޭ: އަމްރު

12 ޑިސެމްބަރު 2025
ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

ރައީސް މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެމަނިކުފާނު ކުރައްވާ ކަންކަމުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރަން ޖެހޭ: އަމްރު

29 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

ރައްޔިތުން ބޭނުންވަނީ ރަސްމާލެއެއް ނޫން، ބޭނުންވަނީ ބޯހިޔާވަހިކަމާއި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް: އަމްރު

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު