Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިހަވަންދިއްޕޮޅު ޕްރޮޖެކްޓު

އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވީ އޭރުގެ މިނިސްޓަރު ޔާމީން: ގާސިމް

އެ ޕްރޮޖެކްޓް ހުއްޓުވާނުލެއްވި ނަމަ ލަންކާގެ ޓްރާންސްޝިޕްމެންޓް ބަނދަރަށްވުރެ ކުރިން ރާއްޖެއަށް އެކަން ވާނެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2022 | އަންގާރަ 08:17
އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވާލީ ސަރުކާރުގައި އޭރު ތިއްބެވި ބޭފުޅުން

އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ހުއްޓުވާލީ ސަރުކާރުގައި އޭރު ތިއްބެވި ބޭފުޅުން

ރައީސް މައުމޫންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު، އިހަވަންދިއްޕޮޅުގެ ޕްރޮޖެކްޓް ގެންނެވި ކަމަށާއި، ނަމަވެސް އެކަން ވިޔަނުދީ ހުއްޓުވާލީ އޭރުގެ މިނިސްޓަރު އަބްދުﷲ ޔާމީން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، އޭރު ފިނޭންސް މިނިސްޓަރުކަން ކުރެއްވި ގާސިމް އިބްރާހިމް ވިދާޅުވީ، އެ ޕްރޮޖެކްޓް ހުއްޓުވާނުލެއްވި ނަމަ ލަންކާގެ ޓްރާންސްޝިޕްމެންޓް ބަނދަރަށްވުރެ ކުރިން ރާއްޖެއަށް އެކަން ވާނެ ކަމަށެވެ. އަދި އެކަން ކުރާނެ މީހުން އެމަނިކުފާނު ހޯއްދެވި ކަމަށެވެ.

Advertisement - newsAdvertisement

ގާސިމް ވިދާޅުވީ، ހޯރަފުއްޓާ ޖެހިގެން އޮތް ރަށް ގުޅުވާލުމަށްފަހު، އިންޓަރނޭޝަނަލް އެއަރޕޯޓެއް ހެދުމާއި، ބަނދަރު ހެދުމާއި، ތެޔޮ ސަޕްލައި ކޮށްދިނުމާއި އެތަނުންދާ ބޯޓު ފަހަރަށް ބަންކަރީ ކޮށްދިނުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު އެ ޕްރޮޖެކްޓްގެ ތެރެއިން ފަހިވެގެން ދިޔަ ކަމަށެވެ.

ނަމަވެސް ސަރުކާރުގައި އޭރު ތިއްބެވި ބޭފުޅުން އެކަން ހުއްޓުވާލެއްވި ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީގައި ހުންނަވައިގެން އެ ޕްރޮޖެކްޓް ހޯއްދެވީ އެމަނިކުފާނު ކަމަށާއި، ނަމަވެސް ސަރުކާރުގެ ކަންތައްތައް ބެހިފައި އޮންނަ ގޮތުން އެކަން ދާންޖެހެނީ އިކޮނޮމިކް މިނިސްޓަރީ އަށް ކަމަށް ބުނެ އެ މިނިސްޓްރީއަށް އެކަން ހަވާލުކުރެއްވީ ކަމަށެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ ދެކުނަށް ވެސް އިންވެސްޓްމަންޓް ގެންނެވި ކަމަށެވެ. އެގޮތުން 300 ބިލިއަންގެ އެސެޓް ހުރި ކުންފުނިތަކުން އައި ކަމަށާއި، އުތުރާއި ދެކުނުގެ ތަރައްޤީއަށް ގެނައި ޕްރޮޖެކްޓްތައް އެޖެންޑާ ކުރެވި އޭގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގައި ކުރެވިފައި ހުންނާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނެވިނަމަ އެކަން އޮންނާނީ ކުރައްވާފައި ކަމަށެވެ. އަދި އޭރު ގެނައި ޕްރޮޖެކްޓާ އެކު ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުނު ނަމަ ފަތުރުވެރިކަމަށްވުރެ ބޮޑު ނަފާއެއް ނެރެވިދާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް އެޅުމަށް ވަނީ ރާވާފައެވެ. އަދި މުޅި މަޝްރޫޢަށް 4 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާ ކުރެއެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއިހަވަންދިއްޕޮޅުގެ އިގްތިސާދުފަށާއިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު