Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އަދިވެސް އިތުރަށް އެހީވެދެއްވޭނެ- ޒެލެންސްކީ

ޖޯ ބައިޑަން އަށް އަދިވެސް އިތުރު އެހީ ވެދެއްވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 8 މާރިޗު 2022 | އަންގާރަ 09:24
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ޔޫކްރެއިނަށް އެހީވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އަދިވެސް އިތުރު ކަންތައްތައް ކޮށްދެއްވޭނެ ކަމަށް ވިދާޅުވެ މިނިވަންކަމަކީ ކޮބާކަމާމެދު ވިސްނާލުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އޭބީސީ ވަރލްޑް ނިއުސް ޓުނައިޓް އަށް ދެއްވި އިންޓަރވިއުއެއްގައި، އެމެރިކާގެ ރައްޔިތުންނަށް ވިދާޅުވާނީ ކީކޭތޯ ދެންނެވުމުން ޒެލެންސްކީ ވިދާޅުވީ، މިނިވަން ކަމެއް ނެތި ޔޫކްރެއިންގެ ރައްޔިތުން މިވަގުތު ތަހައްމަލްކުރަމުންދާ ވޭނުގެ މަތިން ހަނދާން ކޮށްލުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. އަދި މިފަދަ އިހުސާސްތައްކޮށް، ހަމައެކަނި ބަސްތަކަކުން ނޫންގޮތަކަށް ޔޫކްރެއިންގެ ރައްޔިތުނަށް އެމެރިކާއިން އެހީވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދުނިޔޭގެ އެހީތެރިކަމާއި އެއްބާރުލުމާއެކު މިހަނގުރާމައިގައި ޔޫކްރެއިނުން ފަތަހަ ހޯދާނެ ކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޔޫކްރެއިންގެ މަތިން އުދުހުން މަނާ ޒޯނެއް ގާއިމުކޮށް ހަމަލާތައް ހުއްޓާލުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ކިބައިން ޒެލެންސްކީ އަނެއްކާވެސް އެދިވަޑައިގެންނެވިއެވެ.

ރަޝިޔާގެ މިސައިލްތަކާއި ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ޔޫކްރެއިން މަތިން ދަތުރު ކުރިޔަ ނުދިނުމަށް އެހީތެރިކަމަށްއެދި ގޮވާލާ ގޮވާލުންތަކަށް އަދި ނޭޓޯ ޖަމާއަތުން އަމަލީ ސިފަ ގެނެސްފައެއް ނުވެއެވެ.

ރަޝިޔާ އިން ޔޫކްރޭން އާއި ދެކޮޅަށް ކުރަމުން މިދާ ހަނގުރާމައިގައި އެމެރިކާގެ އެއްގަމުގެ ފައުޖުތައްވެސް އަދި ވައިގެ ސިފައިންގެ ފައުޖުތައްވެސް ބައިވެރިނުވާނެކަމުގައި އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް ގްރީންފީލްޑް ކުރިން ވިދާޅުވެފައި ވެއެވެ. އޭނާ މިމޭރުމުން ވާހަކަދައްކަވާފައިވަނީ ރަޝިޔާ އާއި ދެކޮޅަށް މިހާރު އަޅާފައިވާ ވަރަށްވުރެވެސް އިތުރު ފިޔަވަޅުތައް އަޅާދިނުމަށް ހުޅަނގުގެ ގައުމުތަކުގެ ކިބައިން ޔޫކްރޭނުން ގޮވާލުމާއި ގުޅިގެންނެވެ. އިތުރު ހަތިޔާރާއި އިތުރު ބޯޓުތައް ފޯރުކޮށް ދިނުމަށް އެދިފައިވާތީ ގްރީންފީލްޑް ވިދާޅުވީ އެހެން ހަދައިފިނަމަ ހަނގުރާމަ އިތުރަށް ގޯހުން ގޯހަށް ދާނެ ކަމަށާއި އޭރުންވާނީ އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމަޔަކަށް ކަމުގައެވެ.

ހަތިޔާރުގެ ގޮތުން ފިޔަވައި އެހެން ހުރިހާ ގޮތަކުން އެމެރިކާއިން ޔޫކްރެއިނަށް އެހީވާނެކަން ވަރަށް ސާފުކޮން އަންގާފައިވާނެ ކަމަށާއި ހަފްތާއެއްހާ ދުވަހުގެތެރޭ ބިލިއަނެއްހާ ޑޮލަރުގެ ސަޕޯޓް ދީފައިވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގްރީންފީލްޑް ވިދާޅުވީ ރަޝިއަން ފެޑަރޭޝަންގެ މަތިންދާބޯޓެއް ވައްޓާލާ ހަމައިން ކަންތައްތައް ވަރަށް ގޯސްވެގެން ދާނެ ކަމަށާއި އެހާހަމައިން އުސޫލެއްގެ ގޮތުން ތިންވަނަ ބޮޑު ހަނގުރާމަ ފެށުނީ ކަމުގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު