Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެއިރޯފްލޮޓްގެ ދަތުރުތައް ހުއްޓާލުން

ރަޝިޔާގެ ބައިނަލްއަގުވާމީ އެއާލައިންގެ ދަތުރުތައް ހުއްޓުމަކަށް، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ

ހޯމަ ދުވަހު 7349 ފަސިންޖަރުން ރާއްޖެއިން ފުރާފައިވޭ، މީގެ ތެރޭގައި ގިނައީ ރަޝިޔާގެ ފަސިންޖަރުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 މާރިޗު 2022 | އަންގާރަ 07:00
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގައި އެއިރޯފްލޮޓްގެ ފްލައިޓްތައް

ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގައި އެއިރޯފްލޮޓްގެ ފްލައިޓްތައް

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާގެ ބައިނަލްއަގުވާމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް ހުއްޓާލައިފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ހުސެއިން ވިދާޅުވީ ޔޫކްރެއިނާއި ރަޝިޔާ ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން އޭވިއޭޝަންގެ ދައިރާގައި ރަޝިޔާއަށް ވަރަށް ގިނަ ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ކަމަށާއި، އެކަމާއި ގުޅިގެން އަންގާރަ ދުވަހުން ފެށިގެން އެއިރޯފްލޮޓްގެ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.

Advertisement - businessAdvertisement

ރަޝިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރުކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ރަޝިޔާގެ ޗެކިންގ ސިސްޓަމްވެސް ވަނީ ފްރީޒްކޮށްފައެވެ.

އިބްރާހިމް ވިދާޅުވީ މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާގެ ފަތުރުވެރިން ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ދެފްލައިޓްގައި ޖުމްލަ 800 ރަޝިޔާގެ ފަސިންޖަރުން ރާއްޖެ އަންނަމުން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދަތުރުކުރުން ހުއްޓާލުމާއެކު މިއަދަދުތައް ދަށްވާނެ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް ވިދާޅުވީ ހޯމަ ދުވަހު 5918 ފަސިންޖަރުން ރާއްޖެއަށް ދަތުރުކޮށްފައިވާ ކަމަށާއި، 7349 ފަސިންޖަރުން ރާއްޖެއިން ފުރާފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ ރަޝިޔާގެ ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ ހޯމަ ދުވަހު ރަޝިޔާގެ ފަސިންޖަރުން ބަލައި ހުސްކޮށް ދަތުރުކުރި ދެ ފްލައިޓެއް ރާއްޖެއަށް އައިސްފައިވާ ކަމަށާއި، އެ ދެ ފްލައިޓުން ވެސް ގާތްގަނޑަކަށް 400 ފަސިންޖަރުން ފުރާފައިވާ ކަމަށެވެ.

ޖެޓްގެ ދަތުރުތަކަށް އިޝާރަތްކުރައްވައި އިބްރާހިމް ވިދާޅުވީ ރަޝިޔާއިން ގިނަ އަދަދެއްގެ ޖެޓް ރާއްޖެއަށް ދަތުރުކުރާ ކަމަށެވެ. އެގޮތުން ހޯމަ ދުވަހު އެކަނި ވެސް ރަޝިޔާއަށް ތިން ޖެޓް ފުރާފައިވާކަން އިބްރާހިމް ފާހަގަކުރެއްވިއެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ރަޝިޔާއިން ރާއްޖެއަށް ކުރަމުންދާ ޖެޓުގެ ދަތުރުތައް ވެސް ހުއްޓުމަކަށް އައިސް، އިންކަމް ގެއްލި ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް ވިދާޅުވީ ޔޫކްރެއިންއަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް ކަމަށެވެ. ނަމަވެސް ހަނގުރާމަ އާއި ގުޅިގެން އެ މާކެޓް ވެސް ގެއްލިފައިވާ ކަމަށާއި، މިކަމުގެ ނޭދެވޭ އަސަރު ފެންނަ ކަމަށެވެ.

ރަޝިޔާ އަކީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ގައުމުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިހާތަނަށް 33،000 އަށް ވުރެ ގިނަ ރަޝިޔާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އެއިރޯފްލޮޓުން އެވްރެޖްކޮށް ހަފުތާއަކު 14 ފްލައިޓް ބާއްވާއިރު، އެވްރެޖްކޮށް ހަފުތާއަކު 5000 ފަތުރުވެރިން އެފްލައިޓްތަކުން އުފުލައެވެ. އަދި ރަޝިޔާ އިން ރާއްޖެއަށް ޗާރޓާ ފްލައިޓް ބާއްވާ އަޒޫރް އެއަރއިން ހަފްތާއަކު ދެ ފްލައިޓް ބާއްވާއިރު، ގާތްގަނޑަކަށް 500 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މީގެ އިތުރުން ނޯޑްވިންޑް އެއަރލައިންސުން ހަފުތާއަކު އެއް ފްލައިޓް ބާއްވާއިރު، ގާތްގަނޑަކަށް 200 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދީފައިވެއެވެ.

އެމްއޭސީއެލްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު