Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް

މިއަދުވެސް، މާދަމާވެސް ގޮވާލާނީ ޖިންސީ ތަފާތުކުރުންތައް ނައްތާލަން

އެންމެ ފުރަތަމަ އަންހެނުންގެ ދުވަސް ފާހަގަކޮށްފައި ވަނީ 1911 ވަނަ އަހަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 މާރިޗު 2022 | އަންގާރަ 14:00
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީވެސް މުޖުތަމައަކަށް ވަރަށް ބޭނުންތެރި މުހިންމު ބައެކެވެ. އެހެންނަމަވެސް ގިނަ ފަހަރަށް އަންހެނުންނަކީ އެއްވެސް އަގެއް ނެތް ބަޔަކަށް ހަދާލެވެއެވެ. އަންހެނުންނާ ފިރިހެނުންނާ ދެމެދު ޖިންސީ ތަފާތުކުރުންތައް ގެންގުޅެވެއެވެ. މުޖުތަމައުތެރޭގައި އަންހެނުން ހާސިލްކުރާ ކަންކަމަކީ އަގެއް ނެތް ކަންކަމަށް ހަދާލެވެއެވެ. މިއީ މީގެ އެތައް ގަރުނެއް ކުރިންވެސް ކަން ހިނގަމުން އައިގޮތެވެ. އެހެންނަމަވެސް އޭރުވެސް މި ކަންކަމާ ދެކޮޅަށް، އަދި އަންހެނުންނަކީ މުޖުތަމައަށް މުހިންމު ބައެއްކަން ވިސްނައިދޭން އެތައް ބަޔަކު މަސައްކަތްކޮށްފައިވެއެވެ.

މި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން, 1911 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފެށިގެން އަންހެނުންގެ ދުވަހެއް ފާހަގަކުރިއެވެ. އަދި 1975 ވަނަ އަހަރު އދ.ން ވެސް ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ފަށާފައެވެ. 1977 ވަނަ އަހަރު އދ.ން ވަނީ, ކޮންމެ އަހަރެއްގެވެސް މާރޗް 8 ވަނަ ދުވަސް ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް މެމްބަރު ގައުމުތަކަށް ގޮވާލާފައެވެ،

އެއަށްފަހު ކޮންމެ އަހަރެއްގެވެސް މާރޗް 8 ވަނަ ދުވަހަކީ އަންހެނުންގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔެއިންވެސް އަންނަނީ ފާހަގަކުރަމުންނެވެ. ކޮންމެ އަހަރަކުވެސް ގޮވާލަމުންދަނީ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށާއި، ޖިންސީ ހަމަހަމަކަން ގާއިމުކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ. އެގޮތުން މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޖެންޑަރ އީކުއަލިޓީ ޓުޑޭ ފޯރ އަ ސަސްޓެއިނަބަލް ޓުމޯރޯ"އެވެ. މި ޝިއާރުން ގޮވާލަނީ ދެމެހެއްޓެނިވި މާދަމާއެއް ބިނާކުރުމަށް ޖިންސީ ހަމަހަމަކަން ގާއިމްކުރުމަށެވެ. މިއަދު މުޅި ދުނިޔެއިންވެސް ބޭނުންކުރަމުންދަނީ މި ޝިއާރެވެ. އަދި ސޯޝަލް މީޑިއާގައި މި ދުވަހާ ގުޅިގެން ހިއްސާކުރާ ޕޯސްޓުތަކުގައި "ހޭޝްޓެގް ބްރޭކް ދަ ބަޔަސް" ބޭނުންކުރަމުންދެއެވެ.

މަސައްކަތުގެ މާހައުލުގައިވެސް، އަދި އާންމު ދިރިއުޅުމުގައިވެސް އަންހެނުންނަށް ކުރިމަތިވާ ދަތިތަކުގެ ވާހަކަތައް އަބަދުވެސް ދެކެވެއެވެ. ދާއިރާތަކުން ކުރިއަރައި ދިއުމުގައި އަންހެނުންނަށް ކުރިމަތިވާ އުނދަގޫތަކާއި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަވެސް އަބަދުމެ ދެކެވެއެވެ. މިކަންކަން ހައްލުކުރުމުގައި އެކި ފެންވަރުގައި މަސައްކަތްކުރެއެވެ. އެހެންނަމަވެސް އެތައް ޒަމާނެއް ވެގެން އައިއިރުވެސް މި މައްސަލައަށް މާބޮޑު ހައްލެއް ނުލިބިފައި މިވާ ސަބަބާމެދު ސުވާލު އުފައްދަން ޖެހެއެވެ. އަންހެނުންނަކީ ވަރަށް ދަށު ދަރަޖައިގެ ބަޔަކަށް ހަދާލެވޭ ސަބަބާމެދު ވިސްނައި ފިކުރުކުރަންޖެހެއެވެ.

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީވެސް ވަރަށް ގާބިލު ބައެކެވެ. މިހާތަނަށް އައިއިރު ބައެއް ދާއިރާތަކުން އަންހެނުން ހޯދާފައިވާ ކާމިޔާބީއަށް ބަލައިލިނަމަވެސް މިކަން އެނގެއެވެ. މީގެ ކުރިން ހަމައެކަނި ފިރިހެނުންނަށް ކުރިއަށްދެވޭނެ ކަމަށް ބުނެ ވަކި ދާއިރާތަކެއްވެސް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތުން އަންހެނުންނަށްވެސް ހަމަ އެ ބުނާ ދާއިރާތަކުން ކުރިއަށްދެވޭނެކަން މިއަދު ވަނީ ހާމަވެފައެވެ. މިފަދަ ދާއިރާތަކުންވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ދަނީ އެންމެ އުހުގައި ފިޔަ ޖަހަމުންނެވެ. އެހެންނަމަވެސް އެހާ ހިސާބަށް ދިއުމުގައި އަދިވެސް ކުރިމަތިވާ ގޮންޖެހުންތައް ގިނައެވެ.

އަންހެނުންނަކީ މުޖުތަމައުގައި ގަދަރުވެރި ބަޔަކަށް ހެދުމަށް މިހާތަނަށް އައިއިރު އެތައް ބަޔަކު ކުރި މަސައްކަތުން ގިނަ ކާމިޔާބީތަކެއްވެސް ވަނީ ހޯދިފައެވެ. މީގެ ކުރިން އަންހެނުންނަކީ ދަރިން ބަލަން ގޭގައި ތިބެންޖެހޭ ބައެކެވެ. އެމީހުންނަށް ބޭރަށް ނިކުމެ މަސައްކަތް ކުރުމެއް ނޯވެއެވެ. މުޖުތަމައުގައި އެމީހުންގެ ބަހެއް ނުވިކެއެވެ. އެހެންނަމަވެސް އެކަން މިހާރު މިވަނީ ބަދަލުކުރެވިފައެވެ. މިއަދު އަންހެނުން މިވަނީ އެތައް ގޮތަކުން ބާރުވެރިކުރެވިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންކަމުގެ އެންމެ އުހުގައި މިއަދު ތިބީ އަންހެނުންނެވެ. މިއީ ބޮޑު ކުރިއެރުމެކެވެ. އެހެންނަމަވެސް އަދިވެސް ހައްލު ކުރަންޖެހޭ ކަންކަން އިންތިހާއެވެ. ޖިންސީ ތަފާތުކުރުންތައް އަދިވެސް އެބަހުއްޓެވެ.

އަންހެނުންގެ ދުވަސްޖިންސީ ހަމަހަމަކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

13 މާރިޗު 2024
އަންހެން ސަފީރުންގެ މުހިންމު މަސައްކަތްތަކެއް ތާރީޚުން ވަނީ ފޮހެލާފައި، އެކަން ބަދަލުކުރާނަން: ޝާހިދު

އަންހެން ސަފީރުންގެ މުހިންމު މަސައްކަތްތަކެއް ތާރީޚުން ވަނީ ފޮހެލާފައި، އެކަން ބަދަލުކުރާނަން: ޝާހިދު

25 ޖޫން 2022
ސިވިލް ސަރވިސްގެ އޮނިގަނޑަށް ބަދަލު ގެނެސް ކުރިއެރުން ދިނުމުގެ ސިޔާސަތެއް ގާއިމްކުރަންޖެހޭ – މިނިސްޓަރު ޝައުނާ

ސިވިލް ސަރވިސްގެ އޮނިގަނޑަށް ބަދަލު ގެނެސް ކުރިއެރުން ދިނުމުގެ ސިޔާސަތެއް ގާއިމްކުރަންޖެހޭ – މިނިސްޓަރު ޝައުނާ

08 މާރިޗު 2022
މުޖުތަމައުގެ ދިރުމަށް އަންހެނުން ކުރާ މަސައްކަތް ރައީސް ފާހަގަކުރައްވައިފި

މުޖުތަމައުގެ ދިރުމަށް އަންހެނުން ކުރާ މަސައްކަތް ރައީސް ފާހަގަކުރައްވައިފި

08 މާރިޗު 2022
ކުލަ ބަހައި، މާބޮނޑިއާއި ޕީއެސް ދޭންވީ ކޮން ބަޔަކަށްކަން ކަނޑައަޅަނީ މާކުރިންނެވެ.

ކުލަ ބަހައި، މާބޮނޑިއާއި ޕީއެސް ދޭންވީ ކޮން ބަޔަކަށްކަން ކަނޑައަޅަނީ މާކުރިންނެވެ.

07 މާރިޗު 2022

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު